Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އެމެރިކާ މަޝްވަރާ

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026 | ހުކުރު 14:16

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ގަތަރުން ދަނީ ބާރުއަޅަމުން. މިގޮތުން ދެ ގައުމުގެ ދެމެދުގައިވާ ފަހުމުނާމާތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް ގަތަރުގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 14:16
ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ އެ ޤައުމުގެ ނޭޝަނަލް މިއުޒިއަމް ކައިރީގައި ޤަޠަރުގެ ދިދަތަކެއް ހަރުކޮށްފައިވަނިކޮށް ފެންނަ މަންޒަރެއް.

ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ އެ ޤައުމުގެ ނޭޝަނަލް މިއުޒިއަމް ކައިރީގައި ޤަޠަރުގެ ދިދަތަކެއް ހަރުކޮށްފައިވަނިކޮށް ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމުކުރުމަށް ގަތަރުގެ ވަފުދެއް މިހާރު އީރާނަށް ގޮސް އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރަމުންދާ ކަމަށް މިކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ހުކުރު ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދީފި އެވެ. މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާއާ ވެސް ގުޅިގެން ކަމަށް އެ މަސްދަރުން މައުލޫމާތު ދީފައިވެ އެވެ.

މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދެއްކުމާއި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފަހަކަށް އައިސް ނުތަނަވަސްކަން އިތުރުވާން މެދުވެރިވި ސަބަބުތަކަށް ހައްލެއް ހޯދުމެވެ. މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގައި އުފެދިފައިވާ ދެބަސްވުންތައް ހިމެނޭ ކަމަށް އެ މަސްދަރުން ބުނެފައިވެ އެވެ.

މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، އެމެރިކާއާއި އީރާނުން ވެސް އެ ދެ ގައުމުގެ ދެމެދުގައިވާ ފަހުމުނާމާއަށް އިހުތިރާމްކުރުމަށާއި، މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ގަތަރުން ވަނީ ބާރުއަޅާފަ އެވެ.

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު، ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާޠީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި މިކަމަށް ގޮވާލެއްވި ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބޮޑުވަޒީރު އަލިއަޅުއްވާލެއްވި އެވެ. އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ސަރަހައްދުން އަމާންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވި އެވެ.

އީރާން-އެމެރިކާގަތަރުސްޓްރެއިޓް އޮފް ހޯރްމޫޒްހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

09 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް