Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

10 ޖުލައި 2026 | ހުކުރު 15:25

އީރާނުގެ ނިއުކްލިއާ ގާބިލުކަން ނައްތާލެވިފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ކާމިޔާބުވިކަން އިއުލާން ކުރެއްވި ނަމަވެސް، އޭނާގެ ވާހަކަފުޅުތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި. ހަނގުރާމައިގެ އަސްލު މަގްސަދުތައް ހާސިލުނުވެ، އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލައިގެން ހަނގުރާމައިން ރެކިވަޑައިގަތުމަށް.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 15:25
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާނާއެކު ފެބްރުއަރީ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމައަކަށް ވަޑައިގެންނެވިއިރު، ބަހަނާއަކަށް ދެއްކެވީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް، މި ވާހަކަފުޅުގައި ބޮޑު ފުށުއެރުމެއް އޮތެވެ. އެއީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު މިދިޔަ އަހަރުގެ ތެރޭގައި "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ވިދާޅުވެ، އޭގެ ކުރީގެ އަށް މަސްދުވަހު ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވުމެވެ.

ހަގީގަތުގައި، ހަނގުރާމަ ފެށުމުގެ އެންމެ ދެ ހަފުތާ ކުރިން ވެސް ޓްރަމްޕް ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ގާބިލުކަން އެއްކޮށް ނައްތާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު، އާންމުންގެ މެދުގައި އެއްވެސް ތަރުހީބެއް ނެތް މި ހަނގުރާމައިން ރެކިވަޑައިގަތުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އީރާނުގެ ނިއުކްލިއާ ނުރައްކަލާ ގުޅޭގޮތުން އޭނާ ދެއްވަމުން ގެންދަވަނީ އޮޅުންބޮޅުން ބޮޑު މެސެޖުތަކެކެވެ.

ހަތަރު މަހަށްވުރެ ގިނަ ދުވަހު ކުރި ހަނގުރާމައާއި، އެމެރިކާގެ އިގްތިސާދަށާއި ދުނިޔޭގެ އިގްތިސާދަށް ލިބުނު ބޮޑެތި ގެއްލުންތަކަށްފަހު، ޓްރަމްޕް މިހާރު ވިދާޅުވަނީ އެއީ މާ މުހިންމު ކަމެއް ނޫން ކަމަށެވެ. މި ހަނގުރާމައިގެ މައިގަނޑު މަގްސަދަކީ އީރާނުގެ ނިއުކްލިއާ މާއްދާތައް އަތުލައިގަތުމާއި، ތެހެރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ފަދަ އެއްބަސްވުމަކަށް އައުން ކަމަށްވީ ނަމަވެސް، އެކަން އަދި އޮތީ ހާސިލުނުވެ އެވެ.

އޭނާ މިހާރު ދައްކަވާ ވާހަކަ އަކީ އީރާނަކީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށް މިހާރުވެސް ވެފައިވާތީ، ހަނގުރާމައަކީ ކާމިޔާބެއް ކަމަށެވެ.

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ނިއުކްލިއާ މަޝްރޫއު އަނެއްކާވެސް "ފުނޑުފުނޑުވެފައިވާ" ހާލަތަށް ޖާދޫއެއް ފަދައިން ބަދަލުވީ ކަމަށް ބެލެވެ އެވެ.

ތުރުކީގައި ބޭއްވި ނޭޓޯގެ ސަމިޓުގައި ބުދަ ދުވަހު ޓްރަމްޕް ވަނީ ތަކުރާރުކޮށް މި މޭރުމުން ވާހަކަދައްކަވާފަ އެވެ. މި ހަނގުރާމަ "ސްޓްރެޓީޖިކް ޑެޑްލޮކް" އަކަށް ގޮސްފައިވޭތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ ހަނގުރާމައަކީ މިހާރުވެސް ކާމިޔާބެއް ކަމަށެވެ.

"އަހަރެމެން އެތަނަށް ދިޔައީ އެންމެ ސަބަބަކާ ހުރެ. އެއީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުން. އަހަރެން މި ބުނަނީ އީރާނުގެ ނިއުކްލިއާ ގާބިލުކަން އަހަރެމެން ނައްތާލައިފީމޭ،" ޓްރަމްޕް ވިދާޅުވި އެވެ. "އެކަން މިހާރު އެއޮތީ ވެފައި. އެމީހުންނަކަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ."

ރައީސް ވިދާޅުވީ އީރާނުގެ ނިއުކްލިއާ މާއްދާތައް މިހާރު ހުރީ ފަރުބަދައެއްގެ "އެހާ އަޑީގައި" ކަމަށާއި، އެ ތަކެތި ހޯދުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އަދި އެމެރިކާގެ ފާރަވެރިވުމުގެ ގާބިލުކަމަށް އިޝާރާތް ކުރައްވައި، ކެމެރާތަކުން ނިއުކްލިއާ މަރުކަޒުތައް ފެންނަން ހުރި ކަމަށާއި، އެއްވެސް މީހަކަށް އެތަނަށް ނުވަދެވޭނެކަން ކަށަވަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް ހުންނާނެ އެއްވެސް ގޮތެއް ނެތް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ. އީރާނުގެ ނިއުކްލިއާ މާއްދާތައް އަތުލައިގަންނާނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އަމަލީ ގޮތުން ބަލާއިރު އެ ތަކެތި މިހާރުވެސް ހުރީ އެމެރިކާގެ އަތްދަށުގައި ކަމަށެވެ.

"އަހަރެމެންނަށް މިހާރުވެސް ނިއުކްލިއާ މާއްދާތައް ލިބިއްޖެ، ސަބަބަކީ އެތަކެތި ހުރީ ބިމުގެ ވަރަށް އަޑީގައި،" ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެމެން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެއާ ހަމައަށް ނުދެވޭނެ."

އޭނާ އިތުރަށް ވިދާޅުވީ: "އެމީހުންނަކަށް އެއެއް ނުލިބޭނެ."

"އަހަރެން ދެކޭގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ޓްރަމްޕް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ބައެއް ނުކުތާތައް ފާހަގަކޮށްލަން ޖެހެ އެވެ.

ފުރަތަމަ ކަމަކީ، މިއީ ޓްރަމްޕްގެ މައިގަނޑު މަގްސަދުތައް ހާސިލުނުވަނީސް، އީރާނުގެ މައްސަލައިގައި ޓްރަމްޕް ބަލި ގަބޫލުކުރައްވަން އުޅުއްވާކަމުގެ އެންމެ ފަހުގެ ހެއްކެވެ.

އީރާނުގެ ނިއުކްލިއާ މާއްދާތައް އަތުލައިގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ އެވެ. މީގެ ހަ ހަފުތާ ކުރިން ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި އެއީ އެމެރިކާގެ "ރަތް ރޮނގެކެވެ".

ނަމަވެސް، އެ މާއްދާތަކަކީ އީރާނަށް އަތްނުފޯރާ ފަށުގައި ހުރި އެއްޗަކަށް ވާތީއާއި، ޖައްވުން އެ ސަރަހައްދުތައް މޮނިޓަރު ކުރެވޭތީ، އެ ތަކެތި އަތުލައިގަތުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމުގެ އިޝާރާތެއް ޓްރަމްޕް މިހާރު ވަނީ ދެއްވާފަ އެވެ.

އެންމެ މުހިންމު ކަމަކީ، މި ވާހަކަތަކުގެ ސަބަބުން ހަނގުރާމަ ފެށުމަށް ދެއްކި އަސްލު ބަހަނާތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުމެވެ. އަދި މި ހަނގުރާމަ ފަށައި ކުރިއަށް ގެންދިޔައީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްތޯ ވެސް ސުވާލު އުފެދެ އެވެ.

ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން ވެސް ޓްރަމްޕްގެ ބަހަނާތައް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. ސަރުކާރުން ވަނީ ހަނގުރާމައިގެ ހަތަރު މަގްސަދެއް އެކި ފަހަރު އެކި ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ޖެނުއަރީ މަހު ހަނގުރާމައަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުތައް ބިނާކޮށްފައިވަނީ ނިއުކްލިއާ ނުރައްކަލަށްވުރެ ބޮޑަށް، އީރާނުގެ ވެރިކަން ބަދަލުކުރުމަށެވެ. ބައެއް ލީޑަރުން އަވަހާރަކޮށްލެވުމުން އެ މަގްސަދު ހާސިލުވެއްޖެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެއީ ވެރިކަން ބަދަލުވުން ކަމަކަށް ނުބެލެވެ އެވެ.

އީރާނުގެ ނިއުކްލިއާ ގާބިލުކަން ދާއިމީކޮށް ނައްތާލެވިއްޖެ ކަމަށް ޓްރަމްޕް މިހާރު ކުރައްވާ ދައުވާ ގަބޫލުކުރަން ދަތިވަނީ މި ސަބަބުތަކާ ހުރެ އެވެ.

މި ހަނގުރާމައިގެ ތެރޭގައި ދިން ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ މާއްދާތަކާ ހަމައަށް ވާސިލުވުން އިތުރަށް އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން އެންމެ ބޮޑެތި ހަމަލާތައް ދީފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭރުވެސް ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ މަޝްރޫއު "ފުނޑުފުނޑުކޮށްލައިފި" ކަމަށެވެ. އަދި މި ހަނގުރާމައިގެ ބޮޑެތި އަސްކަރީ ހަރަކާތްތައް ނިމުމަކަށް އައީ މީގެ ތިން މަސް ކުރިން، އޭޕްރިލް 7 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކުރުމުންނެވެ.

އީރާނުގެ ނިއުކްލިއާ މާއްދާތައް މިހާރު ހުރީ ވަޅުލެވިފައި ކަމަށްވާނަމަ، އަދި އެއްބަސްވުމެއް ބޭނުންނުވާނަމަ، މީގެ ތިން މަސް ކުރިން އެކަން އެގޮތަށް ނުވީ ކީއްވެގެން ހެއްޔެވެ؟ ނިއުކްލިއާ އެއްބަސްވުމެއް ހޯދުމަށާއި އެ މާއްދާތައް އަތުލައިގަތުމަށް ސަރުކާރުން މިހާ ގިނަ ދުވަހު މަސައްކަތް ކުރީ ކީއްވެ ހެއްޔެވެ؟ އެ މާއްދާތައް ވަޅުލެވިފައި ހުރުމުން ފުދޭނަމަ، އެ ތަންތަނަށް ހަމަލާދީ އިތުރަށް ވަޅުނުލީ ކީއްވެ ހެއްޔެވެ؟

މިއީ އެއްވެސް ބުއްދިއަކަށް ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

މި ހުރިހާ ކަމަކުން އިޝާރާތް ކުރަނީ ޓްރަމްޕް މިހާރު މިފަދަ ވާހަކަތަކެއް ދައްކަވަނީ ހަނގުރާމައަށް އޮތް ކެތްތެރިކަން ކުޑަވެ، ރަނގަޅު އެއްބަސްވުމެއް ނުލިބޭނެކަން ގަބޫލުކުރެވޭތީ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ތަކުރާރުކޮށް ހިލާފުވަމުންދާ ދިއުމަށް ބަލާއިރު، އެ ގައުމުން އެއްބަސްވުމަކަށް އަންނަން ބޭނުންވާހެނެއް ހީއެއް ވެސް ނުވެއެވެ. އެހެންކަމުން، މަގްސަދުތައް ހާސިލުނުވަނީސް ހަނގުރާމައިން ވަކިވާ ސަބަބު އޮޅުވާލަން ޓްރަމްޕް މިހާރު ވަނީ ފައްޓަވާފަ އެވެ.

ނަމަވެސް، މީގެ ސަބަބުން ހަނގުރާމައިގެ މަގްސަދަށް ވާނެ ގޮތަކާ މެދު ވިސްނާލަން ޖެހެ އެވެ. މިއީ ހަމައެކަނި ޓްރަމްޕްގެ މަގްސަދުތައް ހާސިލުނުވުމެއް ނޫނެވެ. މީގެ މާނައަކީ އެއްވެސް ފައިދާއެއް ނެތް ކަމެއްގައި އެމެރިކާ އިން ބޮޑު ހައިޖާނެއް ހިންގައިފި ކަމެވެ.

މި ހަނގުރާމައިގައި އެމެރިކާގެ 13 ސިފައިން މަރުވުމުގެ އިތުރުން، ފާއިތުވި މަސްތަކުގައި އިގްތިސާދަށް ލިބުނު ލޮޅުމާއި، ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ބާރު އީރާނަށް އޮތްކަން އެންމެންނަށް ސާފުކޮށް އެނގިއްޖެ އެވެ.

ޓްރަމްޕްގެ އެންމެ ފަހުގެ ވާހަކަތަކަށް ބަލާއިރު، މި ހަނގުރާމައިގެ އެންމެ ބޮޑު ނަތީޖާއަކަށް ވާނީ ވެސް މިއީ ކަމަށް ބެލެވެ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި

10 ޖުލައި 2026
ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި
10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

09 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި

09 ޖުލައި 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި
09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް