Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން-އެމެރިކާ

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

9 ޖުލައި 2026 | ބުރާސްފަތި 01:59

މެދުއިރުމަތިން ފޯރުކޮށްދޭ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެކެއް އިންސައްތަ މައްޗަށް ގޮސްފި. މި ބަދަލާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 78.80 ޑޮލަރަށް އުފުލިފައިވާއިރު، މިއީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައި އަގުތައް ހުރި މިންވަރާ ގާތްކުރާ އަދަދެއް.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 01:59
އީރާނުގެ ޚާރްގް އައިލެންޑް' އިން އިންޑިއާއަށް ސާފުނުކުރާ ތެޔޮ އުފުލުމަށް ތައްޔާރުވަމުންދިޔަ 'ޑެވޮން' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގެ ޑެކްމަތީގައި، 'ގަލްފް މެރިން' ގެ ތެޔޮ ފީފާތަކެއް އެ އުޅަނދުގެ ފަޅުވެރިއަކު ރައްކާތެރިކުރަނީ.

އީރާނުގެ ޚާރްގް އައިލެންޑް' އިން އިންޑިއާއަށް ސާފުނުކުރާ ތެޔޮ އުފުލުމަށް ތައްޔާރުވަމުންދިޔަ 'ޑެވޮން' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގެ ޑެކްމަތީގައި، 'ގަލްފް މެރިން' ގެ ތެޔޮ ފީފާތަކެއް އެ އުޅަނދުގެ ފަޅުވެރިއަކު ރައްކާތެރިކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުން "ނިމުމަކަށް އަތުވެއްޖެ" ކަމަށް ބުދަ ދުވަހު ވިދާޅުވުމާ ގުޅިގެން، އޭޝިއާގެ ބާޒާރުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ތެލުގެ އަގު އެކެއް އިންސައްތަ މައްޗަށް ގޮސްފި އެވެ.

ތެލުގެ އަގު އުފުލެން ފަށާފައި މިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ސަބަބުން މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން ވަނީ އަލުން އުފެދިފަ އެވެ.

ބްރެންޓް ކްރޫޑްގެ އަގު އެކެއް އިންސައްތަ އުފުލި، ފީފާއެއްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 78.80 ޑޮލަރު (59.54 ޕައުންޑް) ގައެވެ. އަދި އެމެރިކާގެ ބާޒާރުގައި ވިޔަފާރިކުރާ ތެލުގެ އަގުވެސް ވަނީ ހަމަ އެ މިންވަރަށް އުފުލި، ފީފާއެއްގެ އަގު 74.30 ޑޮލަރަށް އަރާފަ އެވެ.

ތެލުގެ އަގު މިހާރު ހުރީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ވަގުތީ އެއްބަސްވުމެއް އިއުލާންކުރުމުގެ ކުރިން، ޖޫން މަހުގެ މެދުތެރޭގައި އަގުތައް ހުރި މިންވަރާ ގާތްކުރާ މިންވަރެއްގަ އެވެ.

އަގުތައް މައްޗަށް ދިޔަ ނަމަވެސް، ހަނގުރާމައިގެ ކުރީކޮޅު ތެލުގެ އަގު ފީފާއެއް 120 ޑޮލަރާ ގާތްކުރި މިންވަރާ އަޅާބަލާއިރު، މިހާރުގެ އަގުތައް އަދިވެސް ހުރީ އެއަށްވުރެ ދަށުގަ އެވެ.

މަސްދަރު: ބީބީސީ

އެމެރިކާ-އީރާންބްރެންޓް ކުރޫޑްތެލުގެ އަގުހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

09 ޖުލައި 2026

ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި

09 ޖުލައި 2026
ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި
09 ޖުލައި 2026

އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި

09 ޖުލައި 2026
އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟

08 ޖުލައި 2026
އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ
08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް