Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

8 ޖުލައި 2026 | ބުދަ 21:38

އެމެރިކާއިން އީރާނުގެ މުހިންމު ބަނދަރު ސިޓީތަކަށާއި ރަށްތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކޮށްފައިވާތީ، އެކަމަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި. މި ހަމަލާތަކުގައި ކީޝް އައިލެންޑާއި ޗަބަހާރު ފަދަ އިސްތިރާތީޖީ ސަރަހައްދުތަކަށް އަމާޒުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފު އަމަލެއް ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވޭ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އެމެރިކާގެ މި އަމަލުތަކަށް ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 21:38
އީރާނުގެ ހުރްމޮޒްގާން ޕްރޮވިންސްގެ ކުހެސްތަކަށް ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ސްޓްރެއިޓް އޮފް ހުރްމުޒް ކައިރީގައި އޮންނަ ބަނދަރަކުން ދުން އަރަމުންދަނީ.

އީރާނުގެ ހުރްމޮޒްގާން ޕްރޮވިންސްގެ ކުހެސްތަކަށް ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ސްޓްރެއިޓް އޮފް ހުރްމުޒް ކައިރީގައި އޮންނަ ބަނދަރަކުން ދުން އަރަމުންދަނީ. | ރޮއިޓާސް

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިއީ އީރާނުގެ ދެކުނުގެ ބައެއް ބަނދަރު ސިޓީތަކާއި ރަށްތަކަށް އެމެރިކާއިން ވައިގެ މަގުން ހަމަލާދެމުންދާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކުރި ދެވަނަ ރޭ ކަމަށްވާއިރު، މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އީރާނުގެ ކީޝް އާއި، ބަންދަރު އައްބާސް އާއި، ބުޝެހްރު ޕްރޮވިންސްގެ އިތުރުން މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ ސިރިކްގައި ރޭގެ ވަގުތެއްގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ބުދަ ދުވަހުގެ ރޭ ވެސް އެފަދަ ރިޕޯޓްތައް ލިބެމުންދާއިރު، ހަމަލާތައް އަމާޒުވާ ސަރަހައްދުތައް ކުރިއަށްވުރެ ފުޅާވެފައިވާ ކަމަށް ބެލެވެ އެވެ.

ހުރްމުޒް ކައިރީގައި އޮންނަ އީރާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކީޝް އައިލެންޑްގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ރަށުގެ އެއާ ޑިފެންސް ސިސްޓަމްތައް ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. ނަމަވެސް ހަމަލާ އަމާޒުވީ ސީދާ ކޮން ތަންތަނަކަށް ކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ. ކީޝް އައިލެންޑަކީ އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގެ ކޮންޓްރޯލާއި ބާރު ދެމެހެއްޓުމުގައި ތެހެރާނުން ވަރަށް ބޮޑު އިސްކަމެއްދޭ މުހިންމު ރަށެކެވެ.

މީގެ އިތުރުން އީރާނުގެ އިރުދެކުނުގައި އޮންނަ މުހިންމު ބަނދަރެއް ކަމަށްވާ ޗަބަހާރުންވެސް ގޮވުންތަކުގެ އަޑު އިވި، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޭގެ ހަމަލާތަކުގައި ޗަބަހާރަށް އަމާޒުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، މިރޭ އެ ސަރަހައްދަށް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

އެމެރިކާގެ އުދުވާނާ ގުޅިގެން ޚާރިޖީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނުން ވަނީ ވަރުގަދަ އިންޒާރުތަކެއް ދީފަ އެވެ. އެގޮތުން ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް ތެހެރާނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވި އެވެ. އަދި އެމެރިކާގެ މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާ (އެމްއޯޔޫ) އާ ޚިލާފު އަމަލެއްގެ ގޮތުގައި އީރާނުގެ އޮފިޝަލުން ސިފަކުރައްވަ އެވެ.

އީރާނުގެ ޚާތަމް އަލް-އަންބިޔާ ޖޮއިންޓް މިލިޓަރީ ހެޑްކުއާޓާސްއިން ވަނީ މި ހަމަލާތަކުގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެމެރިކާއިން ދިން މި ހަމަލާތަކަށް އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަރަށް ވަރުގަދަ ރައްދު ހަމަލާއެއް (ކްރަޝިންގ ރެސްޕޮންސް) ދޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

އީރާން-އެމެރިކާކީޝް އައިލެންޑްބަންދަރު އައްބާސްޗާބަހާރުޚަޒެމް ޣަރިބާބާދީހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
08 ޖުލައި 2026

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް