Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

9 ޖުލައި 2026 | ބުރާސްފަތި 10:46

އެމެރިކާއިން އީރާނުގެ ރޭލުވޭގެ އުމްރާނީ ވަސީލަތްތަކަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރޭލު ދަތުރުތައް ހުއްޓުމުގެ ސަބަބުން ހާލުގައި ޖެހުނު ފަސިންޖަރުން އުފުލުމަށް ބަހުގެ ޚިދުމަތް މިހާރު ވަނީ އިންތިޒާމުކޮށްފައި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 10:46
އެމެރިކާއިން ދިން ހަމަލާއެއް ރޭލު ދަތުރުކުރާ ދަގަނޑު މަގުގެ ބަޔަކަށް އަމާޒުވުމާ ގުޅިގެން، އީރާނުގެ ތެހެރާނާއި މަޝްހަދާ ދެމެދު ދަތުރުކުރާ ފަސިންޖަރު ރޭލުގެ ޚިދުމަތްތައް ބުރާސްފަތި ދުވަހު މެދުކަނޑާލައިފި

އެމެރިކާއިން ދިން ހަމަލާއެއް ރޭލު ދަތުރުކުރާ ދަގަނޑު މަގުގެ ބަޔަކަށް އަމާޒުވުމާ ގުޅިގެން، އީރާނުގެ ތެހެރާނާއި މަޝްހަދާ ދެމެދު ދަތުރުކުރާ ފަސިންޖަރު ރޭލުގެ ޚިދުމަތްތައް ބުރާސްފަތި ދުވަހު މެދުކަނޑާލައިފި | މެހްރް ނިއުސް

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި "އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުން" ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަތުރުކުރާ ސަރަހައްދަކަށް ދިން "ޖިނާއީ ހަމަލާއަކާ" ގުޅިގެން ރޭލު ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާން ރޭލްވޭޒް (ރާޖާ) އިން ބުނެފި އެވެ.

ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިން ހާމަކުރި ގޮތުގައި، ހަމަލާގައި ގެއްލުން ލިބުނު ސަރަހައްދު މަރާމާތުކުރުމަށްޓަކައި ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތަކުން ކުއްލި މަސައްކަތްތަކެއް ކުރަމުންދާތީ، އެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ރޭލު ޚިދުމަތްތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެ ކުންފުނިން ބުނީ ހަމަލާ ދިން ސަރަހައްދަށް ރޭލުވޭގެ މުވައްޒަފުން ވަގުތުން ފޮނުވާފައިވާ ކަމަށާއި، ވީ އެންމެ އަވަސް ފުރުސަތެއްގައި ރޭލު ދަތުރުތައް އަލުން ފެށުމަށްޓަކައި އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ރާޖާ އިން ބުނީ، ރޭލު ދަތުރުތައް ހުއްޓުމުގެ ސަބަބުން މަގުމަތީގައި ތާށިވި ފަސިންޖަރުން މުގައްދަސް ސިޓީއެއް ކަމަށްވާ މަޝްހަދަށް ގެންދިއުމަށްޓަކައި، ގައުމުގެ ބަސް ދަތުރުފަތުރުގެ ނިޒާމު ބޭނުންކޮށްގެން އެއްގަމު މަގުން ދަތުރުކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރޭލު ދަތުރުތަކަށް ބުރޫއަރާފައި މިވަނީ، އަވަހާރަކޮށްލާފައިވާ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގައާއި ވަޅުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އީރާނުގެ އެކި ކަންކޮޅުތަކުންނާއި ގައުމުން ބޭރުން އެތައް މިލިއަން ބަޔަކު މަޝްހަދަށް ޖަމާވަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ސަބަބުން ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ދަތުރުފަތުރުގެ މި މަގަކީ މިވަގުތު ގައުމުގެ އެންމެ ބާރުބޮޑު އެއް މަގެވެ.

ރޭލުގެ ޚިދުމަތަށް މި ހުރަސްތައް ކުރިމަތިވީ އީރާނާ ދެކޮޅަށް އެމެރިކާއިން ދޭން ފެށި އާ ހަމަލާތަކަކާ ގުޅިގެންނެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ކުރީކޮޅު އީރާނުގެ އުތުރުގެ ގުލެސްތާން ޕްރޮވިންސްގެ އާގް ގަލާ ކައުންޓީގައި އޮންނަ އާގް ތަކޭ ޚާން ބްރިޖް ކައިރިއަށް އެމެރިކާއިން ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވީ ނަމަވެސް، އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ކުރިން އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްފައިވާއިރު، އެ ހަމަލާތަކުގައި އެކަކު ވަނީ މަރުވެފަ އެވެ.

މަސްދަރު: މެހްރް ނިއުސް

އީރާންއީރާން-އެމެރިކާއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

09 ޖުލައި 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި

09 ޖުލައި 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި

08 ޖުލައި 2026
އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި
08 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

08 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި
08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވާކަމަށް ދިވެހި ސަރުކާރުން އެންމެ ފަހުން އިއުތިރާފު ވެއްޖެ

08 ޖުލައި 2026
 ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވާކަމަށް ދިވެހި ސަރުކާރުން އެންމެ ފަހުން އިއުތިރާފު ވެއްޖެ
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
08 ޖުލައި 2026

އީރާނާއި އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ޔޫރަޕުން އިލްތިމާސްކޮށްފި

08 ޖުލައި 2026
އީރާނާއި އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ޔޫރަޕުން އިލްތިމާސްކޮށްފި
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

08 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް