Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި

9 ޖުލައި 2026 | ބުރާސްފަތި 09:51

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި. ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު ދެ ގައުމުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައިވާތީ އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 09:51
ތެހެރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އުޑުމަތި އަލިވެފައި ވަނިކޮށް، އީރާނުގެ އެންމެ އުސް ބިނާ ކަމަށްވާ 435 މީޓަރުގެ މިލާދު ޓަވަރާ އެކު އެ ސިޓީ ފެންނަ މަންޒަރެއް - 7 މާރިޗް 2026

ތެހެރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އުޑުމަތި އަލިވެފައި ވަނިކޮށް، އީރާނުގެ އެންމެ އުސް ބިނާ ކަމަށްވާ 435 މީޓަރުގެ މިލާދު ޓަވަރާ އެކު އެ ސިޓީ ފެންނަ މަންޒަރެއް - 7 މާރިޗް 2026 | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހުގެ 17 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާގެ ދަށުން ގާއިމުކުރި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ތުހުމަތުކޮށްފި އެވެ.

މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އަސްކަރީ ހުރިހާ އޮޕަރޭޝަންތަކެއް "ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށެވެ." މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އީރާނުން އެންމެ ފުރިހަމައަށް މަސައްކަތްކުރަން ޖެހޭނެ ކަމަށްވެސް އެ އެއްބަސްވުމުގައިވެ އެވެ.

މި ފަހުމުނާމާގައި ހިމެނޭ މި މާއްދާ ދެ ގައުމުން މާނަކުރާ ގޮތް ތަފާތުވުމަކީ، މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބު ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ބައެއް އުޅަނދުތަކަކާ ގުޅޭގޮތުން ހިނގި ކަމަށް ބުނާ ހާދިސާތަކަކަށް ރައްދު ދިނުމުގެ ނަމުގައި، އެމެރިކާއިން ހަމަލާދީފައިވަނީ ދޮގު ބަހަނާތަކެއް ދައްކައިގެންނެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ތިން އުޅަނދަކަށް އީރާނުން އަމާޒުކޮށްފައިވާ ކަމަށް ބުނެ، އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލާފައެއް ނުވެ އެވެ.

މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ލީޑަރުންނަކީ "ނުލަފާ" އަދި "މޮޔަ" ބައެއްގެ ގޮތުގައި ސިފަކުރައްވައި ދެއްކެވި ދަށް ފެންވަރުގެ ވާހަކަތައްވެސް އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

އީރާނުން އިތުރަށް ތުހުމަތުކުރާ ގޮތުގައި، އެ ގައުމުގެ ރޭލު ދަތުރުފަތުރުކުރާ ދެ ބްރިޖެއް ހިމެނޭހެން އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދީފައިވާ ހަމަލާތަކަކީ ހަނގުރާމައިގެ ބޮޑު ޖަރީމާއެކެވެ.

އީރާން-އެމެރިކާ

އިތުރަށް ކިޔާލަން

06 ޖުލައި 2026

އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި

06 ޖުލައި 2026
އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
25 ޖޫން 2026

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
19 ޖޫން 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ

19 ޖޫން 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ
17 ޖޫން 2026

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

17 ޖޫން 2026
ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި
15 ޖޫން 2026

ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ރުޅިގަދަވުމަކީ އީރާނަށް ލިބުނު ކާމިޔާބީގެ ނިޝާން: ޕެޒެޝްކިއާން

15 ޖޫން 2026
ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ރުޅިގަދަވުމަކީ އީރާނަށް ލިބުނު ކާމިޔާބީގެ ނިޝާން: ޕެޒެޝްކިއާން
11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
08 ޖޫން 2026

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

08 ޖޫން 2026
އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ
01 ޖޫން 2026

ހަނގުރާމަ ފެށުނު ފަހުން އީރާނުން އެމެރިކާގެ 20 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

01 ޖޫން 2026
ހަނގުރާމަ ފެށުނު ފަހުން އީރާނުން އެމެރިކާގެ 20 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް