Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

9 ޖުލައި 2026 | ބުރާސްފަތި 07:57

މި ހަމަލާތަކާ ގުޅޭ ގޮތުން ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ ސިފައިން އީރާންގެ އައްސޭރިފަށުގައި ހުރި އަސްކަރީ މަރުކަޒުތަ ކަށާ،އި މުހިންމު ވަސީލަތް ތަކަށް އަމާޒުކޮށް ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 07:57
އެމެރިކާ އިން އީރާން އަށް ދީފައިވާ ހަމަލާގެ މަންޒަރެއް.

އެމެރިކާ އިން އީރާން އަށް ދީފައިވާ ހަމަލާގެ މަންޒަރެއް. | ސޯޝަލް މީޑިއާ

އީރާންގެ އަސްކަރީ އަމާޒު ތަކަށް އަމާޒުކޮށް، ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ސެންޓްކޮމް އިން މިކަން ހާމަ ކޮށްފައިވާއިރު، އީރާންގެ އަސްކަރިއްޔާއާ ގުޅުންހުރި 90 އަށް ވުރެ ގިނަ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް ވަނީ ބުނެފައި އެވެ. 

މި ހަމަލާތަކާ ގުޅޭ ގޮތުން ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ ސިފައިން އީރާންގެ އައްސޭރިފަށުގައި ހުރި އަސްކަރީ މަރުކަޒުތަކާއި، މުހިންމު ވަސީލަތް ތަކަށް އަމާޒުކޮށް ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމު ތަކާއި، އައްސޭރިފަށް ބެލެހެއްޓުމަށް ބޭނުން ކުރާ ވަސީލަތް ތަކުގެ އިތުރުން، މިސައިލް އާއި ޑްރޯން ރައްކާކުރާ ގުދަންތައް ހިމެނޭ ކަމަށް އެމެރިކާ އިން ބުނެ އެވެ.

މީގެ އިތުރުން، އީރާންގެ ކަނޑުގެ ސިފައިންގެ ގާބިލުކަން ކުޑަ ކުރުމަށާއި، އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ވެސް ވަނީ ހަމަލާ ތަކެއް ދީފައި އެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާ ތަކަކީ އީރާންގެ އަސްކަރީ ގާބިލުކަން ބަލިކަށި ކޮށްލުމަށް ދެވުނު މުހިންމު ހަމަލާ ތަކެކެވެ.

އެމެރިކާ އިން އީރާން އަށް ދީފައިވާ ހަމަލާގެ މަންޒަރެއް.

މީގެ ކުރިން އަންގާރަ ދުވަހު ވެސް އެމެރިކާ އިން ވަނީ އީރާން އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައި އެވެ. މިފަހަރުގެ ހަމަލާ ތަކުގައި އީރާންގެ 90 އަށް ވުރެ ގިނަ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެެރިކާ އިން ބުނެފައިވާއިރު، މިކަމުގެ ރައްދުގައި އީރާން އިން އަންނަނީ އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުންނެވެ. 

އެމެރިކާ އިން އީރާންގެ އަސްކަރީ އަމާޒު ތަކަށް ދެމުން ގެންދާ މި ހަމަލާ ތަކަކީ، އެ ސަރަހައްދުގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި، އީރާން އިން ކުރިމަތި ކުރާ ނުރައްކާ ތަކަށް ރައްދު ދިނުމުގެ ގޮތުން ދެވޭ ހަމަލާ ތަކެއް ކަމަށް އެމެރިކާ އިން ވަނީ ބުނެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާސެންޓްކޮމް

އިތުރަށް ކިޔާލަން

09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް