Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

9 ޖުލައި 2026 | ބުރާސްފަތި 07:56

މި ހަމަލާ ތަކުގެ ތެރެއިން ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ބޭނުންވާ ތެޔޮ ރައްކާކުރާ ގުދަން ތަކަށް ވެސް ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ތަކުން ބުނޭ. މި ހަމަލާ ތަކަކީ އެ ސަރަހައްދުގައި އެމެރިކާ އިން ހިންގަމުންދާ އަސްކަރީ ހަރަކާތް ތަކަށް ހުރަސް އެޅުމުގެ ގޮތުން ދީފައިވާ ހަމަލާ ތަކެއް ކަމަށް ބެލެވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 07:56
އީރާން އިން މީގެ ކުރިން ހަމަލާއެއް ފޮނުވާލާ މަންޒަރު.

އީރާން އިން މީގެ ކުރިން ހަމަލާއެއް ފޮނުވާލާ މަންޒަރު. | ރޮއިޓާސް

މެދު އިރުމަތީގެ ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަަކަށް އަމާޒުކޮށް، ވަރުގަދަ ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށް އީރާން އިން ބުނެފި އެވެ.

އީރާން އިން ބުނެފައިވާ ގޮތުގައި އެ ޤައުމުން ހަމަލާ އަމާޒު ކޮށްފައި ވަނީ ކުވެއިތާއި، ޤަތަރު އަދި ބަހްރައިންގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުވެއިތުގައި ހުރި އެމެރިކާގެ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމް ތަކަށް ވަނީ ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދީފައި އެވެ. އަދި ޤަތަރުގައި ހުރި އެމެރިކާގެ ސެޓަލައިޓް އެންޓަނާ ސިސްޓަމް ތަކަށް ވެސް އީރާން އިން ހަމަލާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާގެ ތެރެއިން.

އީރާން އިން މި ހަމަލާ ތަކުގެ ޒިންމާ އުފުލާފައިވާއިރު، މި ހަމަލާ ތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމެރިކާ އިން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މިއީ މެދު އިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެން ދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން މެދު އިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި އަސްކަރީ މަރުކަޒު ތަކުގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާކުވައިތުބަޙްރައިންގަތަރު

އިތުރަށް ކިޔާލަން

09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
09 ޖުލައި 2026

ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި

09 ޖުލައި 2026
ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި
09 ޖުލައި 2026

އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި

09 ޖުލައި 2026
އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

08 ޖުލައި 2026
ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް