Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ

"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި

10 ޖުލައި 2026 | ހުކުރު 01:53

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫސް ވަނުން މަނާކުރި ސަބަބު ލިޔުމުން ހޯދުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ، އެ މައްސަލަ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފި. ރަސްމީ ލިޔުން ނުލިބުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ނޫހުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 ޖުލައި 2026 | ހުކުރު 01:53
 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްރާގެ އޮފީހުގަ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްރާގެ އޮފީހުގަ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހާއި އެ ނޫހުގެ ނޫސްވެރިން ވަނުން މަނާކުރި މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަށް ހުށަހަޅައިފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ރައީސް މުއިއްޒު އުފެއްދެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް 24 ގަޑިއިރު ޚިދުމަތްދޭ މި ބިއުރޯއަށް "އަދަދު" ނޫހުން ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައީސް އޮފީހުގެ ނިންމުމުގެ ރަސްމީ ލިޔުން ހޯދުމަށް އެދި އެ ނޫހުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ނޫހުން ބުނާ ގޮތުގައި، ރައީސް އޮފީހުގެ ނިންމުމުގެ ރަސްމީ ލިޔުން އެ އޮފީހުން ހިފެހެއްޓުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ސާފުކޮށް ޚިލާފު ކަމެކެވެ. ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގެވެ.

އެ މާއްދާގައި ވާގޮތުން އިދާރީ ހިންގުމުގެ ދާއިރާ އިން އަދުލު އިންސާފުގެ ހަމަތަކުން އެކަށީގެންވާ އަވަސް މިނެއްގައި، ކޮންމެ މީހަކާމެދުވެސް ކަންކުރެވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބުގެންވާ ހައްގެކެވެ. އަދި އަޅާ ފިޔަވަޅެއްގެ ސަބަބުން ހައްގަކަށް އުނިކަން ލިބިއްޖެނަމަ، އެ ފިޔަވަޅު އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު ވެސް ކޮންމެ ދިވެހި ރައްޔިތަކަސް ލިބިގެންވެ އެވެ.  މީގެ އިތުރުން އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ހައްގަކަށް އުނިކަން ލިބިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

"އަދަދު" ނޫހުން ހާމަކުރި ގޮތުގައި، ރައީސް އޮފީހުގެ މި ފިޔަވަޅަކީ ބޭއިންސާފު ފިޔަވަޅެއްކަން ސާބިތުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހަޅަން އެ ނޫހުން ބޭނުންވެ އެވެ. ނަމަވެސް، ރަސްމީ ލިޔުން ނުލިބުމުގެ ސަބަބުން އިންސާފު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ނޫހުން ބުންޏެވެ. އެހެން ކަމުން މިދިޔަ މޭ މަހުގެ 18 ގައި އެ ނޫހުން ހުށަހެޅި ސިޓީ އަށް ޖަވާބު ވަގުތުން ފޯރުކޮށްދީ، އަދި ޖަވާބު ނުދީ ލަސްވި މައްސަލަ ބައްލަވައިދެއްވުމަށް ޝަކުވާ ބިއުރޯއަށް ފޮނުވި ސިޓީގައިވެ އެވެ.

މި މައްސަލަ ފެށުނީ، ރައީސް އޮފީހުން އިންތިޒާމުކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުއިއްޒަށް އެ އޮފީހުގެ ކުރީގެ މުވައްޒަފަކު ކުރާ ތުހުމަތުތަކަކާ ގުޅޭގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރި ހިސާބުންނެވެ. އެގޮތުން މެއި 11 ވަނަ ދުވަހު ބޭއްވި ޕްރެސްއަކުން ޝަހުޒާން ބޭރުކޮށްލީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "އަނގަ ބަންދުކުރުމުގެ" އަމުރަކާ އޭނާ ޚިލާފުވި ކަމަށް ބުނެ އެވެ. އޭގެ ފަހުން ރައީސް އޮފީހުން ވަނީ އެ އޮފީހުގެ ޕްރެސްތަކަށް "އަދަދު" ނޫސް ވަނުން މަނާކުރުމަށް ނިންމާފަ އެވެ.

ރައީސް އޮފީހުން ނިންމާފައިވަނީ އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ އާއި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ނިމެންދެން "އަދަދު" ނޫހުގެ ނޫސްވެރިންނަށް އެ ފުރުސަތު ނުދިނުމަށެވެ.

އަދަދު ނޫސްސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯމީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
04 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް

04 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް