Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން-ދިވެހިރާއްޖެ

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވާކަމަށް ދިވެހި ސަރުކާރުން އެންމެ ފަހުން އިއުތިރާފު ވެއްޖެ

8 ޖުލައި 2026 | ބުދަ 15:32

އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާގެ ޖަނާޒާގައި ރާއްޖޭގެ މަންދޫބަކު ބައިވެރިނުވީ ޕްރޮޓޮކޯލަށް އައި ކުއްލި ބަދަލަކާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި. ސަފީރުންގެ ފެންވަރުގައި ބައިވެރިނުވެވޭނެކަން އީރާނުން އެންގުމުން، ސްޓޭޓް މިނިސްޓަރަކު ފޮނުވަން މަސައްކަތް ކުރި ނަމަވެސް ފްލައިޓްތައް ހުރި ގޮތުން އެކަން ކާމިޔާބު ނުވީ ކަމަށް ސަރުކާރުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 ޖުލައި 2026 | ބުދަ 15:32
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ރައީސުލްޖުމްހޫރިއްޔާގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީގެ ކުރިން ވިދާޅުވީ ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށް، ނަމަވެސް އެ މައުލޫމާތު ދެއްވަން ވަނީ ދެކޮޅު ހައްދަވާފަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ރައީސުލްޖުމްހޫރިއްޔާގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީގެ ކުރިން ވިދާޅުވީ ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށް، ނަމަވެސް އެ މައުލޫމާތު ދެއްވަން ވަނީ ދެކޮޅު ހައްދަވާފަ. | ރައީސް އޮފީސް

އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ސަރުކާރުން އެންމެ ފަހުން ހާމަކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުދަ ދުވަހުގެރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކަށް ބައިވެރިނުވެވުނީ ކުއްލި ގޮތަކަށް ޕްރޮޓޮކޯލަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
Raajje.mv

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

ނަމަވެސް، ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިނުވާކަމުގެ އަޑުތައް ފެތުރުމުން، މީގެ ކުރިން ސަރުކާރުން ވަނީ އެކަން ސިއްރުކުރަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށެވެ. އެހެންނަމަވެސް، އެ ސަފީރުގެ ނަން ހާމަކުރަން މުންދު އެ ފަހަރު ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި މި މައުލޫމާތު ހޯދުމަށް ފޮރިން މިނިސްޓްރީއަށް ގުޅުމުން، އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވަނީ އެކަމަށް އާރްޓީ އައި ހުށަހެޅުމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، ޖުލައި 3 ވީ ހުކުރު ދުވަހު ބޭއްވި ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ލިބުނެވެ. އެހެންކަމުން، ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށާއި އޯއައިސީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އީރާނު ސަރުކާރަށް ރަސްމީކޮށް އެންގި އެވެ.

ނަމަވެސް، ސަފީރު ފުރާވަޑައިގަންނަވަން ކައިރިވެފައި ވަނިކޮށް، އީރާން އެމްބަސީން އަންގާފައިވަނީ ޕްރޮޓޮކޯލް ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިނުވެވޭނެ ކަމަށެވެ. އެއާއެކު، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅަކު ފޮނުވަން މަސައްކަތް ކުރި ނަމަވެސް، ފްލައިޓްތަކުގެ ވަގުތުތައް ހުރި ގޮތުން ޖަނާޒާ ނިމުމުގެ ކުރިން އީރާނަށް ދެވޭގޮތް ނުވީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ދިން ހަމަލާއެއްގަ އެވެ. މި ޖަނާޒާގައި 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވިއިރު، ރައީސް މުއިއްޒުގެ ސަރުކާރުން މިކަމުގައި ގެންގުޅުނު ސިޔާސަތަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޚާއްޞަކޮށް، އިސްލާމީ ގައުމެއްގެ ވެރިޔަކު އަވަހާރަވުމުން ރާއްޖޭގައި އަމަލުކުރާ އުސޫލުން ތައުޒިޔާ ކިޔާފައި ނުވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އީރާން-ދިވެހިރާއްޖެއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

08 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
07 ޖުލައި 2026

ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!

07 ޖުލައި 2026
ކޮންމެސް ޤައުމެއްގައި ހުރި ކޮންމެސް މީހަކު ބައިވެރިވިއޭ ބުނުމަކުން ނުފުދޭ!
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ޙަރަކާތްތައް ވެރިރަށް ތެހެރާންގައި ފަށައިފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް