Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ށ.މިލަންދޫ އެއާޕޯޓު

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ތިން ދުވަސް ތެރޭގައި ހުއްޓިފައިވާތީ، އެ ރަށު ކައުންސިލާއި ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުން. މި މަޝްރޫއުގެ ނިމިފައި ވަނީ އަދި އެންމެ ތިން އިންސައްތަ މަސައްކަތް ކަމަށާއި، މަސައްކަތް ހުއްޓާލާފައިވަނީ އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނަތީޖާއާ ގުޅިގެން ކަމަށް ކައުންސިލުން ތުހުމަތުކުރޭ. މުޅި މަޝްރޫއު 30 މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް، މިހާރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 08:17
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ދުވަހު ފަށައި، 6 ވަނަ ދުވަހު ވަނީ ހުއްޓާލާފައި. މިމަޝްރޫއު ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ.

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ދުވަހު ފަށައި، 6 ވަނަ ދުވަހު ވަނީ ހުއްޓާލާފައި. މިމަޝްރޫއު ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ. | ރައީސް އޮފީސް

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބާ ދިމާކޮށް ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ފަހު މިހާރު އެމަސައްކަތް ކުރިއަށް ނުދާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މިލަންދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 3 އޭޕްރީލް 2026 ވަނަ ދުުވަހު ފެށި ކަމަށާއި، ނަމަވެސް 6 އޭޕްރީލް 2026 ވަނަ ދުވަހު އަމަލީ މަސައްކަތް ހުއްޓިފައިވާ ކަަމަށެވެ. އޭގެފަހުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ގާތްގަނޑަކަށް ކުރިއަށް ދިޔައީ 3 އިންސައްތާގެ މަސައްކަތް ކަމަށެވެ. 

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ދުވަހު ފަށައި، 6 ވަނަ ދުވަހު ވަނީ ހުއްޓާލާފައި.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ދުވަހު ފަށައި، 6 ވަނަ ދުވަހު ވަނީ ހުއްޓާލާފައި.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކަމަށާއި، މި ތިން އިންތިޚާބުގައި ވެސް އެރަށުން ސަރުކާރަށް ލިބުނީ ލަދުވެތި ދެރަ ނަތީޖާއެއް ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އައިގޮތުން މަޝްރޫއު ހުއްޓާލީ ކަމަށް ބެލެވޭ ކަމަށެވެ. 

15 އޮކްޓޫބަރު 2025 ގައި ވެސް މިލަންދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައިވެ އެވެ.

މިލަންދޫ އެއާޕޯޓުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރައްވަނީ
މިލަންދޫ އެއާޕޯޓުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރައްވަނީ

އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވައި ވިދާޅުވީ، އެމްއޭސީއެލްއާ އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ 40 ހެކްޓަރުގެ ބިން ހިއްކައި، ބަނދަރު ބަދަލު ކުރުމާ ވެސް އެކުގައި ކަމަށެވެ.

އެގޮތުން ބިން ހިއްކުމުގެ މަސައްކަތް އެދުވަހުން ފެށިގެން އެންމެ ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މުޅި މަޝްރޫއު ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އާދެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެން ވެސް އަށް މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން ވެގެންދާނީ މި އެއާޕޯޓު ނިންމަން. އެހެންވީމަ މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިދެންނެވި ބަނދަރު ބަދަލު ކުރުމާއި އާ ބަނދަރު ހެދުން ވެސް ހިމެނޭ ގޮތަށް މި ރަށުގައި އެއާޕޯޓު ހަދާ އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން.
މިލަންދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝިޔާމް

ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެއާޕޯޓުގެ މަޝްރޫއާއެކު، ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދާތީ އެރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިލަންދޫ އެއާޕޯޓަކީ އެ ރަށަށް ވި އެންމެ ބޮޑު ވައުދު ކަމަށް ވާއިރު، އެއީ އެ ރަށާއި އެ ސަރަހައްދަށް ތަރައްގީ ގެނައުމަށް ވަރަށް މުހިންމު މަޝްރޫއެކެވެ. 

ށ. މިލަންދޫ އަޙްމަދު ޝިޔާމްއެމްއޭސީއެލްށ.މިލަންދޫ އެއާޕޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026
އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026
ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

23 ފެބުރުއަރީ 2026
އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު