Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

އައު ޓަރމިނަލާއެކު އިތުރު އެއަރލައިންތަކަށް ޖާގަ އޮތް ނަމަވެސް، މި ޕީކް ސީޒަނުގައި އައު ފްލައިޓެއް ނާދޭ: މެންބަރު ދީދީ

2 ފެބުރުއަރީ 2026 | ހޯމަ 04:57

ދީދީ ފާހަގަކުރެއްވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވުނު ނަމަވެސް، މި އަހަރުގެ ފަތުރުވެރިކަމުގެ ކަނޑައެޅިފައިވާ ޕީކް ސީޒަނުގައި އިތުރު ފްލައިޓްތަކެއް އޮޕަރޭޓްކުރާ ތަނެއް ނުފެނޭ. އަދި އެއަރޕޯޓް އިސްތިހާރުކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ފެބުރުއަރީ 2026 | ހޯމަ 04:57
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ޚިދުމަތުގެ ޖާގަ ތަނަވަސްވެފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ގައި ރާއްޖެއަށް އައު ފްލައިޓެއް ޖައްސާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވި ނަމަވެސް، އެއަރޕޯޓު ހިންގުމުގެ ޚަރަދުތައް ނުވަތަ އޮޕަރޭޝަނަލް ކޯސްޓް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ހިންގުމުގެ ޚަރަދު 30 އިންސައްތަ އާއި 40 އިންސައްތައަށް އުފުލިފައިވާއިރު، އާމްދަނީ އިތުރު ނުކޮށް އެއަރޕޯޓް ދެމެހެއްޓެނިވި ގޮތެއްގައި ނުހިންގޭނެ ކަމަށް މެންބަރު ދީދީ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް މި ސަރުކާރުން ކުރަމުން ނުދާކަމަށް ދީދީ ވިދާޅުވިއެވެ.

މިދިޔަ އަހަރު ޖުލައި 26 ގައި ހުޅުވުނު އެއަރޕޯޓުގެ މި އަހަރުގެ މި ސީޒަން، ފެށިގެން މިހާރު ޕީކް ސީޒަން ގެ މެދުތެރޭގަ މިއޮތީ. ފެބްރުއަރީ އިން ގޮސް އީސްޓަރ އާ ހިސާބަށް ޕީކް ސީޒަން ކަމަށް މި ބަލަނީ. އިތުރު ފްލައިޓެއް، މިދިޔަ އަހަރުގެ ޕީކް ސީޒަނުގަ ނުޖައްސާ އިތުރު ފްލައިޓެއް މި އަހަރު ޖެއްސި ކަމަކަށް ނުވޭ. އެކަމަކު ބޮޑުތަނުން އެއަރޕޯޓް ފެސިލިޓީ ބޮޑު ވެއްޖެ. ކެޕޭސިޓީ ބޮޑު ވެއްޖެ. 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާ ގެ މެންބަރު އަހްމަދު ދީދީ 

މީގެ އިތުރުން، އެއަރޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ ކަމަށް ދީދީ ފާހަގަކުރެއްވި އެވެ. އަދި އިތުރު އެއަރލައިންތަކަށް ޚިދުމަތް ދެވޭނެ ފަދަ ޖާގަ އެތަނުގައި އޮތް ނަމަވެސް، ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފަމުން ނުދާކަން މެންބަރު ވިދާޅުވި އެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، އެއަރޕޯޓް އިސްތިހާރުކޮށް ކުރިއެރުވުމަށް އެމްއޭސީއެލްއިން އެއްވެސް ވަރަކަށް މަސައްކަތްތަކެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، އެ ކުންފުނިން ކުރާ ކަމަކީ ރައީސް މުއިއްޒު  އަރިހުގައި ކުންފުނީގެ އެމްޑީ ވަޑައިގެން ފޮޓޯ ނެންގެވުން ކަމަށް ދީދީ ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް ގެއްލުންވާ ގޮތަށް އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިގްތިސާދީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ބަލާއިރު، ރާއްޖޭގެ ރަށްތަކުގައި ކައިރިކައިރީގައި އެއާޕޯޓުތައް ތަރައްޤީކުރުމަކީ މާލީ ގޮތުން ފައިދާހުރި ކަމެއް ނޫނެވެ. އޭގެ ސަބަބުން އެމް.އޭ.ސީ.އެލް އަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ހަމައެއާއެކު، ކުންފުނިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ދަތިވެ، އެ ލޯނުތަކަށް ފައިސާ ހޯދުމުގެ ގޮތުން އެއާޕޯޓުން ނަގާ ފީތައް ބޮޑުވެގެންދާނެ ކަމުގެ ބިރު އޮތްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އަހުމަދު ދީދީއެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްފަތުރުވެރިކަމުގެ ޚިދުމަތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ

21 ޖެނުއަރީ 2026
އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ
19 ޖެނުއަރީ 2026

ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 120,680 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

19 ޖެނުއަރީ 2026
ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 120,680 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް