Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުނޮން-ޕާފޯމިންގ ލޯން

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

9 ޖުލައި 2026 | ބުރާސްފަތި 07:54

ސިޔާސީ ނުފޫޒުން ލޯނު ދޫކުރުމުގެ ސަބަބުން މި ސަރަހައްދުގެ ބޭންކިންގ ނިޒާމަށް ނުރައްކާވެފައިވާތީ، މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށްޓަކައި އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް އިގްތިސާދީ މާހިރުން ދަނީ ބާރުއަޅަމުން.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 07:54
އަރި އަލިފު ރަސްދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް.

އަރި އަލިފު ރަސްދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް. | ބީއެމްއެލް

ދިވެހިރާއްޖޭގައި ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުދައްކާ ލޯނު ނުވަތަ ނޮން-ޕާފޯމިންގ ލޯން (އެން.ޕީ.އެލް) ގެ މިންގަނޑު ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ހުރީ އިންޑިއާ އާއި ބޫޓާން އަށް ވުރެ މަތީގައިކަން ފާހަގަ ކުރެވިއްޖެ އެވެ. 

ބޭންކިންގ ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާގެ އެން.ޕީ.އެލް ރޭޝިއޯ 2.2 އިންސައްތައިގައި ހުރިއިރު، ބޫޓާނުގެ ރޭޝިއޯ ހުރީ 4.5 އިންސައްތައިގަ އެވެ. ދިވެހިރާއްޖޭގެ އެން.ޕީ.އެލް ރޭޝިއޯ 5.5 އިންސައްތައިގައި ހުރިއިރު، ނޭޕާލްގެ ރޭޝިއޯއަކީ 5.6 އިންސައްތަ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ރޭޝިއޯ 5.8 އިންސައްތައިގައި އަދި އޮތްއިރު، ސްރީލަންކާގެ ރޭޝިއޯ ހުރީ 6.5 އިންސައްތައިގަ އެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔޫކްރެއިނަށް ފަހު، ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ލޯނު ނުދައްކާ ގައުމަކަށް އޮތީ މި ސަރަހައްދުގައި އޮތް ބަންގްލަދޭޝް އެވެ. އެ ގައުމުގެ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ވަނީ ޑިފޯލްޓްވެފަ އެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ޔޫކްރެއިނުގެ އެން.ޕީ.އެލް ރޭޝިއޯ ހުރީ 37.35 އިންސައްތައިގަ އެވެ. މިއީ އެ ގައުމުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ބޮޑު ގެއްލުމުގެ ނަތީޖާ އެވެ. ޔޫކްރެއިން އާ ޖެހިގެން ދެވަނައިގައި އޮތް ބަންގްލަދޭޝްގެ އެން.ޕީ.އެލް ރޭޝިއޯ 32.26 އިންސައްތައިގައި ހުރިއިރު، ތިންވަނައިގައި އޮތް ޗާޑުގެ ރޭޝިއޯއަކީ 31.51 އިންސައްތައެވެ. އަދި ގިނީގެ ރޭޝިއޯ ހުރީ 31.15 އިންސައްތައިގަ އެވެ.

ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާބެހޭ ޖަމިއްޔާ (ސާކް) ގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝްގެ ބޭންކިންގ ދާއިރާ ފާހަގަކުރެވެނީ ލޯނު ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް ނެތް އަދި ލޯނު އަނބުރާ ހޯދުމުގައި ނުކުޅެދިފައިވާ ދާއިރާއެއްގެ ގޮތުގަ އެވެ. އަވަށްޓެރި އެހެން ގައުމުތަކާ އަޅާބަލާއިރު ބަންގްލަދޭޝްގެ އެން.ޕީ.އެލް ރޭޝިއޯ ހުރީ އިންތިހާއަށް މަތީގައިކަން ފާހަގަ ކުރެވެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ގައުމުގެ ސަރުކާރު ހިއްސާވާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުދައްކާ ލޯނުތައް މަދުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އާދިއްތަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އިންޑިއާ ސަރުކާރުގެ ބޭންކުތަކުގެ މެނޭޖިންގ ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވި އަދި ފިނޭންސް ޑިވިޜަންގެ ސެކްރެޓަރީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ނުފޫޒުން ލޯނު ދޫކުރުމަށް ނިންމާ ނިންމުންތަކުގެ ސަބަބުން، މި ސަރަހައްދުގެ ލޯނު ދޫކުރުމުގެ މިންގަނޑުތައް ވަނީ ތާރީޚީގޮތުން ބަލިކަށިވެފަ އެވެ.

ބަންގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ގައުމުގެ ބޭންކިންގ ދާއިރާގައި އަނބުރާ ނުދައްކާ ހުރި ލޯނުގެ އަދަދު 31,000 ކްރޯޑް ޓާކާއަށް ވުރެ އިތުރުވެ، ޖުމްލަ 5.89 ލައްކަ ކްރޯޑް ޓާކާއަށް ވަނީ އަރާފަ އެވެ. އިގްތިސާދީ މާހިރުން އިންޒާރު ދޭގޮތުގައި، އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ނުގެނެސް އަދި ސިޔާސީ ނުފޫޒުން ލޯނު ދޫކުރުން ހުއްޓާނުލައިފިނަމަ، ބަންގްލަދޭޝް އާއި ސާކްގެ އެހެން ގައުމުތަކާ ދެމެދު އޮތް ފަރަގު ބޮޑުވަމުންގޮސް، މުޅި ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ އެވެ.

ބަންގްލަދޭޝްސާކްއިންޑިއާނޮން-ޕާފޯމިންގ ލޯންދިވެހިރާއްޖެވިޔަފާރި ބޭންކުތައް

އިތުރަށް ކިޔާލަން

08 ޖުލައި 2026

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

08 ޖުލައި 2026
ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

05 ޖުލައި 2026
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
02 ޖުލައި 2026

އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!

02 ޖުލައި 2026
އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
29 ޖޫން 2026

ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!

29 ޖޫން 2026
ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް