Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ-އިންޑިއާ

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

އިންޑިއާއިން ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގާ އެކްސްޕޯޓް ޓެކްސްއަށް ބަދަލުތަކެއް ގެނެސް، އެ ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފި. މި ބަދަލާއެކު ޑީސަލާއި ބޯޓުދެލިން ނަގާ ޓެކްސް ކުޑަކޮށް، ޕެޓްރޯލުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައި. މިއީ ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، އިންޑިއާގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ތެޔޮ ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 08:28
އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ނަވީ މުމްބާއީގައި ހުންނަ، ޖަވާހަރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭ.އެން.ޕީ.ޓީ) އިން ހިންގާ އިންޑިއަން އޮއިލް ކޯޕަރޭޝަންގެ މަރުކަޒެއްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް.

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ނަވީ މުމްބާއީގައި ހުންނަ، ޖަވާހަރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭ.އެން.ޕީ.ޓީ) އިން ހިންގާ އިންޑިއަން އޮއިލް ކޯޕަރޭޝަންގެ މަރުކަޒެއްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް. | ގެޓީ އިމޭޖަސް

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި އެވެ. އެކްސްޕޯޓް ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އާއި މޮރިޝަސް އިތުރުކުރަން އިންޑިއާ ސަރުކާރުން ނިންމި އިރު މީގެ ކުރިން އިންޑިއާގެ ދައުލަތުގެ ތެޔޮ ކުންފުނިތަކުން މި އިސްތިސްނާ ދީފައިވަނީ ހަމައެކަނި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށެވެ.

އިންޑިއާއިން ބޭރުކުރާ ތެލުގެ ބާވަތްތަކުގެ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުވެފައިވަނިކޮށް، އެ ގައުމުގެ ޔޫނިއަން ފައިނޭންސް މިނިސްޓްރީން ޑީސަލާއި ބޯޓުދެލި ނުވަތަ އޭވިއޭޝަން ޓާބައިން ފިއުލް (އޭޓީއެފް) އިން ނަގާ ޓެކްސް ކުޑަކޮށް، ޕެޓްރޯލުން ނަގާ ޓެކްސް ބޮޑުކުރުމަށް 2026 ޖޫން 30 ވީ އަންގާރަ ދުވަހުގެ ރޭ ނިންމައިފި އެވެ.

މި ބަދަލާއެކު ޑީސަލް ލިޓަރަކުން ނަގާ ޓެކްސް 8.5 ރުޕީސް އަށް އަދި އޭޓީއެފް ލިޓަރަކުން ނަގާ ޓެކްސް 7.5 ރުޕީސް އަށް ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް ޕެޓްރޯލް ލިޓަރަކުން ނަގާ ޓެކްސް ވަނީ 4 ރުޕީސް އަށް ބޮޑުކޮށްފަ އެވެ. މި އާ ރޭޓްތަކަށް އަމަލުކުރަން ފަށާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ މުއްދަތަށެވެ.

މި ޓެކްސްތަކުގެ ތަފްސީލަށް ބަލާއިރު، އިންޑިއާގެ ފައިނޭންސް މިނިސްޓްރީން ވަނީ ޑީސަލް ލިޓަރަކުން ނަގާ ޑިއުޓީ، މިދިޔަ ޖޫން 16 ވަނަ ދުވަހު ކަނޑައެޅި 14 ރުޕީސް އިން 5.5 ރުޕިސް އަށް ކުޑަކޮށްފަ އެވެ. އަދި އޭޓީއެފް އިން ނަގާ ޓެކްސް 12.5 ރުޕީސް އިން 5 ރުޕީސް އަށް ކުޑަކޮށްފައިވާއިރު، ޕެޓްރޯލް އެކްސްޕޯޓުން ނަގާ ޓެކްސް ވަނީ 1.5 ރުޕީސް އިން 2.5 ރުޕީސް އަށް ބޮޑުކޮށްފަ އެވެ.

ހުޅަނގު އޭޝިއާގެ މަސްރަހު ގޯސްވުމާ ގުޅިގެން، އިންޑިއާގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ވަރަށް ތެލުގެ ބާވަތްތައް ހުރިކަން ކަށަވަރުކުރުމަށާއި، ބޭރު ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުން މަދުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން މި ޓެކްސްތައް ފުރަތަމަ ތައާރަފްކުރީ މާރިޗު 27 ވަނަ ދުވަހުން ފެށިގެންނެވެ.

އިންޑިއާތެލުގެ އަގުއިންޑިއާ-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

ސްރީލަންކާގެ ތެޔޮ ކުންފުނިތަކުން ވިއްކާ އޮކްޓޭން 92 ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަށްވުމާ ގުޅިގެން ކަމަށް ބެލޭ. މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ފާއިތުވި ތިން ހަފުތާގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު، މިހާރު ތެލުގެ އަގު ހުރީ ހަނގުރާމައިގެ ހާލަތުގެ ކުރިން އަގުތައް ހުރި މިންވަރަށްވުރެ ވެސް ދަށުގައިކަން ފާހަގަ ކުރެވޭ.

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

ޓާޓާ އިލެކްޓްރޯނިކްސްގެ ސާވަރތަކަށް ދިން ސައިބަރ ހަމަލާއެއްގައި، 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯ މެކްސްގެ މަދަރބޯޑުގެ ކުރެހުންތަކާއި 2 ނެނޯމީޓަރުގެ ޗިޕްސެޓްގެ ޓެކްނޮލޮޖީގެ މައުލޫމާތުތައް ވަނީ ލީކުވެފަ. މި ހާދިސާގައި ފޯނުގެ އެތެރޭގެ އޮނިގަނޑާއި ކެމެރާ ސިސްޓަމަށް ގެންނަ ބަދަލުތައް ހާމަވުމަކީ އެޕަލްގެ ވިޔަފާރި އާއި ރައްކާތެރިކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް މުހައްލިލުން ދެކެ.

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
29 ޖޫން 2026

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށާފައިވާއިރު، މީގެ މައިގަނޑު އަމާޒަކީ ޑިއުޓީ ކުޑަކުރުމާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން ކަމަށް ބުނޭ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުވެ، އިންޑިއާ ފަދަ ބޮޑު މާކެޓަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ފަސޭހަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ބުނެފައިވޭ.

29 ޖޫން 2026
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

މާކެޓްގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 58 ސެންޓް ނުވަތަ 0.8 އިންސައްތަ އުފުލިފައި. މިއާ އެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 72.57 ޑޮލަރުގައި. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު ވަނީ 88 ސެންޓް ނުވަތަ 1.3 އިންސައްތަ މައްޗަށް ގޮސްފައި. މިއާ އެކު އެމެރިކާގައި ތެލުގެ ފީފާއެއްގެ އަގު ވަނީ 70.11 ޑޮލަރަށް އަރާފައި.

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

މިއީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ގައުމީ ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު