Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޔޫޕީއައި ޚިދުމަތް

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

3 ޖުލައި 2026 | ހުކުރު 08:46

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށް، ވަގުތުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި. މި ނިޒާމުގެ ސަބަބުން ރާއްޖެ ހިމެނޭހެން އެކި ގައުމުތަކުގައި ޔޫޕީއައި މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ސީދާ އިންޑިއާ ރުޕީސްއިން ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބައިނަލްއަގުވާމީ މާކެޓުގައި ޔޫޕީއައި ބޭނުންކުރާ މިންވަރު މިހާރު ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައި.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 08:46
އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ބަރަމުއްލާގައި، މޭވާ ވިއްކާ މީހަކު މޭވާ ވިއްކަން އިންނައިރު، ފައިސާ ދެއްކުމަށް ބޭނުންކުރާ ޕޭޓީއެމް ޔޫޕީއައި ކިއުއާރް ކޯޑެއް އެތަނުގައި ބަހައްޓާފައިވަނިކޮށް ފެންނަ މަންޒަރެއް.

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ބަރަމުއްލާގައި، މޭވާ ވިއްކާ މީހަކު މޭވާ ވިއްކަން އިންނައިރު، ފައިސާ ދެއްކުމަށް ބޭނުންކުރާ ޕޭޓީއެމް ޔޫޕީއައި ކިއުއާރް ކޯޑެއް އެތަނުގައި ބަހައްޓާފައިވަނިކޮށް ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ހިންގާ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން، ބައިނަލްއަގުވާމީ ޔޫޕީއައި މުއާމަލާތްތަކަށް ވަގުތުން ފައިސާ ބަދަލުކޮށްދިނުމަށް (ރިއަލް-ޓައިމް އެފްއެކްސް ސެޓްލްމަންޓް) އެޗްއެސްބީސީ އިންޑިއާ އަދި ޖޭޕީ މޯގަން ޕޭމަންޓްސްއާ އެކު ބައިނަލްއަގުވާމީ ޕާޓްނަޝިޕެއް ގާއިމުކޮށްފި އެވެ.

އެންޕީސީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ގައުމުން ބޭރަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ޔޫޕީއައި މެދުވެރިކޮށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މި މަޝްރޫއުގެ ބޭންކިން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އެޗްއެސްބީސީ އިންޑިއާ އަދި ޖޭޕީ މޯގަން ޕޭމަންޓްސް އިން، ޑައިރެކްޓް އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) މެދުވެރިކޮށް ވަގުތުން ފައިސާ ބަދަލުކުރެވޭ ރޭޓްތައް ފޯރުކޮށްދޭނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުން މުއާމަލާތް ކުރާ ވަގުތު، އިންޑިއާ ރުޕީސް އިން ދައްކަންޖެހޭ ސީދާ އަދަދު ފެންނަން ހުންނާނެ އެވެ. މި ނިޒާމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިވެރިންނަށާއި މާލީ އިދާރާތަކަށް އެ ގައުމެއްގެ ފައިސާއިން ފައިސާ ބަލައިގަތުމުގެ ފުރުސަތު ލިބިގެންދާއިރު، މުޅި މުއާމަލާތް ނިމުމަކަށް އައުމުގެ މަރުހަލާ (ސެޓްލްމަންޓް ޕްރޮސެސް) އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ޔޫޕީއައިގެ ޚިދުމަތް މިހާރުވެސް ސިންގަޕޫރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ނޭޕާލް، ބޫޓާން، މޮރިޝަސް، ފްރާންސް، ސްްރީލަންކާ، ކެމްބޯޑިއާ އަދި ގަތަރު ފަދަ ގައުމުތަކުގައި ދަނީ ބޭނުންކުރަމުންނެވެ. އެންޕީސީއައިގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެންޕީސީއައި އިންޓަނޭޝަނަލް މެދުވެރިކޮށް، މި ޚިދުމަތް ޖަޕާން، ދިވެހިރާއްޖެ އަދި ގްރީސް ފަދަ ގައުމުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ މާލީ އަހަރުގައި ބައިނަލްއަގުވާމީ ޔޫޕީއައި މުއާމަލާތްތަކުގެ އަދަދު ފުރަތަމަ ފަހަރަށް އެއް މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، 2026 ވަނަ މާލީ އަހަރުގެ މުއާމަލާތްތަކުގެ އަދަދު ވަނީ 1.48 މިލިއަނަށް އިތުރުވެފައެވެ. މިއީ 2025 ވަނަ މާލީ އަހަރު ރެކޯޑުކުރެވުނު 0.75 މިލިއަން މުއާމަލާތާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ. ފައިސާގެ އަގަށް ބަލާއިރު، 2025 ވަނަ މާލީ އަހަރު 258.53 ކްރޯޑް ރުޕީސްގެ މުއާމަލާތް ކުރެވުނު ނަމަވެސް، 2026 ވަނަ މާލީ އަހަރު މި އަދަދު ވަނީ 330.43 ކްރޯޑް ރުޕީސްއަށް އަރާފައެވެ. މީގެ ބަދަލުގައި، 2024 ވަނަ މާލީ އަހަރު ރެކޯޑުކުރެވިފައިވަނީ އެންމެ 19.7 ކްރޯޑް ރުޕީސްގެ 37,060 މުއާމަލާތެވެ.

ޔޫ.ޕީ.އައި އެންޕީސީއައިއެޗްއެސްބީސީ އިންޑިއާޖޭޕީ މޯގަން ޕޭމަންޓްސްއިންޑިއާއިންޑިއާ-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

02 ޖުލައި 2026

އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!

02 ޖުލައި 2026
އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
29 ޖޫން 2026

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި

29 ޖޫން 2026
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
20 ޖޫން 2026

80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި

20 ޖޫން 2026
80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި
17 ޖޫން 2026

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟
16 ޖޫން 2026

މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި

16 ޖޫން 2026
މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް