Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!

29 ޖޫން 2026 | ހޯމަ 11:56

އިންޑިއާގައި ހުންނަވައި ދެއްވި ބަސްދީގަތުމެއްގައި ހަސީނާ ވިދާޅުވީ، އެކަމަނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ބަދަލުހިފުމެއް ކަމަށާއި، އެއްވެސް ނުރައްކަލަކަށް ބިރުފުޅުނުގަންނަ ކަމަށް. އަދި އެކަމަނާގެ އަވާމީ ލީގު ޕާޓީއަށް އޮތް ހުރަސްތައް ނައްތާލައި، ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މިހާރުގެ ސަރުކާރަށް އެކަމަނާ ވަނީ ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 11:56
ޝައިޚް ހަސީނާ

ޝައިޚް ހަސީނާ | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އެކަމަނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި، މިއަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެކަމަނާގެ ޣައިރު ހާޒިރުގައި އިއްވާފައިވާ މި ހުކުމަކީ ޣައިރު ގާނޫނީ، ގާނޫނުއަސާސީއާ ޚިލާފު އަދި ސިޔާސީ މަގްސަދެއްގައި ނެރެފައިވާ ހުކުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.

ދަރިވަރުން އިސްނަގައިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ވެރިކަން ވެއްޓުމުން އިންޑިއާއަށް ހިޖުރަކުރެއްވި އުމުރުން 78 އަހަރުގެ ހަސީނާ، އިންޑިއާގެ އެންޑީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުފުޅުނުގަންނަ ކަމަށާއި، "ކޮންމެ ހުރަހަކާއި ކޮންމެ ރޭވުމެއް" ފަހަނައަޅައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެނބުރި ގައުމަށް ވަޑައިގަންނަވާނެތޯ ސުވާލުކުރުމުން ހަސީނާ ވިދާޅުވީ، "އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ، ކޮންމެ ހުރަހަކާއި ކޮންމެ ރޭވުމެއް ފަހަނައަޅައި، މިއަހަރުގެ ތެރޭގައި އަޅުގަނޑު އެނބުރި ގައުމަށް ދާނަން،" ކަމަށެވެ. މިއީ އެކަމަނާ އެނބުރި ވަޑައިގަންނަވާނެ ވަގުތެއް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ނޮވެމްބަރު މަހު ޑާކާގެ ކޯޓަކުން ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ، 2024 ވަނަ އަހަރުގެ ހަމަނުޖެހުންތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރުދީ، އެކަމަށް އަމުރުކޮށް، އަދި ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާތީ އެކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

މި ހުކުމް ގަބޫލުފުޅު ނުކުރައްވައި ހަސީނާ ތުހުމަތު ކުރެއްވި ގޮތުގައި، ބަންގްލަދޭޝްގެ ޝަރުއީ ނިޒާމު ބޭނުންކުރަމުންދަނީ އެކަމަނާގެ އަވާމީ ލީގު ޕާޓީގެ ލީޑަޝިޕް ނައްތާލުމަށް ހިންގާ "ސިޔާސީ ބަދަލުހިފުމުގެ ހަތިޔާރެއްގެ" ގޮތުގަ އެވެ.

"އަޅުގަނޑު މަރަށް ބިރެއް ނުގަނޭ،" އެކަމަނާ ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް އެކަމަނާގެ ޕާޓީ ރޫޅާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ފަދައިން، މިފަހަރުވެސް އެކަން ވާނީ ނާކާމިޔާބު ކަމަށް ވިދާޅުވި އެވެ.

ހަސީނާ ވިދާޅުވި ގޮތުގައި އެނބުރި ވަޑައިގަތުމުގެ މަގްސަދަކީ އަމިއްލަ އެދުމެއް އޮވެގެން ކުރައްވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ސިޔާސީ ހައްގުތަކާއި، މުޖުތަމައުގެ އަދުލުވެރިކަމާއި، ގާނޫނީ އިމުގެ ތެރެއަށް ގައުމު ރުޖޫއަކޮށް، 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައިގެ ރޫހު އާލާކުރުމަށް ކުރައްވާ މަތިވެރި މަސައްކަތެކެވެ.

އަވާމީ ލީގުގެ ދިފާއުގައި ވާހަކަދައްކަވަމުން ހަސީނާ ވިދާޅުވީ، އެ ޕާޓީގެ ހަރަކާތްތައް މަނާކޮށްފައި އޮތް ނަމަވެސް، އެއީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ފުންކޮށް މޫލާފައިވާ ޕާޓީއެއް ކަމަށެވެ. އެ ޕާޓީގެ ހަރަކާތްތައް މަނާކުރީ ކުރީގެ ވަގުތީ ސަރުކާރުން ކަމަށްވީ ނަމަވެސް، ފެބްރުއަރީ މަހުގެ އިންތިޚާބަށްފަހު ވެރިކަމާ ހަވާލުވި ބޮޑުވަޒީރު ތާރިގް ރަހްމާންގެ ސަރުކާރުންވެސް އެ ނިންމުން ވަނީ ދަމަހައްޓާފަ އެވެ.

"އަވާމީ ލީގަކީ ހަމައެކަނި ކަރުދާހުގައި އޮތް ޖަމިއްޔާއެއް ނޫން. އެއީ ބެންގާލީގެ ފަސްގަނޑާއި، ރައްޔިތުންނާއި، ތާރީޚާއި އަދި ބެންގާލީންގެ އައިޑެންޓިޓީއާ ގުޅިފައިވާ ސިޔާސީ ބާރެއް،" ހަސީނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ތާރިގް ރަހްމާންގެ ސަރުކާރަށް އަމާޒު ކުރައްވާ ހަސީނާ ވިދާޅުވީ، އަވާމީ ލީގަށް އޮތް ހުރަސްތައް ނައްތާލައި، ޕާޓީގެ ލީޑަރުންގެ މައްޗަށް އުފުލާފައިވާ "ދޮގު ދައުވާތައް" އަނބުރާ ގެންދިއުމަށެވެ. އަދި ސިޔާސީ ކުށްވެރިން މިނިވަންކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދީ، ޑިމޮކްރެޓިކް މާހައުލެއް ގާއިމުކުރުމަށްވެސް އެކަމަނާ ގޮވާލެއްވި އެވެ.

ނަމަވެސް ސަރުކާރުން މި ގާނޫނީ ފިޔަވަޅުތަކުގެ ދިފާއުގައި ބުނަމުންދަނީ، މިއީ ހަސީނާގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކަށް ޒިންމާދާރުކުރުވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ޝެއިހް ހަސީނާބަންގްލަދޭޝްއަވާމީ ލީގުތާރިޤް ރަޙްމާން

އިތުރަށް ކިޔާލަން

28 ޖޫން 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި

28 ޖޫން 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި
10 ޖޫން 2026

ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން

10 ޖޫން 2026
ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
27 މެއި 2026

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ

27 މެއި 2026
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
25 މެއި 2026

ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ

25 މެއި 2026
ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ
26 އެޕްރީލު 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

26 އެޕްރީލު 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި
10 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި
09 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ
28 މާރިޗު 2026

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި

28 މާރިޗު 2026
ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް