Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި

9 ޖުލައި 2026 | ބުރާސްފަތި 01:49

ކުވެއިތަށް އަމާޒުކޮށް ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކެއް އެ ގައުމުގެ ދިފާއީ ނިޒާމުން ހުއްޓުވަމުންދާއިރު، މުޅި ގައުމުގައި ނުރައްކަލުގެ ރަނގަބީލު ވަނީ އަޅަން ފަށާފައި. މި ހަމަލާތަކާ ގުޅިގެން ބަހްރައިންގައި ވެސް ސައިރަން އަޅައި، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އެ ގައުމުގެ ދާޚިލީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައި. ކުވެއިތުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެކި ސަރަހައްދުތަކުން އިވެމުންދާ ގޮވުންތަކަކީ ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ނައްތާލުމުގެ ސަބަބުން އިވޭ އަޑުތަކެއް.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 01:49
އީރާނުގެ ހުރްމޯޒްގަން ޕްރޮވިންސްގެ ބަންދަރު އައްބާސް އާއި ސިރިކް ސިޓީގައި ބުދަ ދުވަހުގެ ރޭ އެމެރިކާ އިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި

އީރާނުގެ ހުރްމޯޒްގަން ޕްރޮވިންސްގެ ބަންދަރު އައްބާސް އާއި ސިރިކް ސިޓީގައި ބުދަ ދުވަހުގެ ރޭ އެމެރިކާ އިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި | މެހްރް ނިއުސް

ގަތަރުގެ ސަލާމަތީ ނުރައްކާ ބޮޑުވެފައިވާތީ އެ ގައުމުގެ ދާޚިލީ ވުޒާރާއިން ސަމާލުކަން އިތުރުކުރުމަށް އަންގައިފި އެވެ. އެ ވުޒާރާއިން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، ގައުމުގެ "ސަލާމަތީ ނުރައްކަލުގެ މިންވަރު މަތިވެފައިވާ" ކަމަށާއި، އެހެންކަމުން ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކުރުމަށާއި ރައްކާތެރި ތަންތަނުގައި ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކުވެއިތަށް އަމާޒުކޮށް ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކެއް އެ ގައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވަމުންދާ ކަމަށް ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފި އެވެ. ކުވެއިތު އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުނީ، ދެމުންދާ ނުރައްކާތެރި ހަމަލާތައް "މިހާރުވެސް ދިފާއީ ނިޒާމުން ހުއްޓުވަމުންދާ" ކަމަށެވެ.

އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، ގައުމުގެ އެކި ސަރަހައްދުތަކުން އިވެމުންދާ ގޮވުންތަކުގެ އަޑަކީ، ދެމުންދާ ހަމަލާތައް އެއަރ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވުމުގެ ސަބަބުން އިވޭ އަޑުތަކެއް ކަމަށެވެ.

މީގެއިތުރުން، ކޫނާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޅި ކުވެއިތުގައި މިހާރު ދަނީ ނުރައްކަލުގެ ސައިރަން އަޅަމުންނެވެ.

ބަހްރައިންގެ ދާޚިލީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ގައުމުގައިވެސް މިހާރު ވަނީ ވައިގެ ދިފާއީ ނުރައްކަލުގެ ސައިރަންތައް އަޅަން ފަށާފައެވެ.

އެ ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަން އިސްކުރުމަށާއި، ވީ އެންމެ އަވަހަކަށް އެމީހަކާ އެންމެ ގާތުގައި ހުރި ރައްކާތެރި ތަނަކަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ގަތަރުކުވައިތުބަޙްރައިންއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
09 ޖުލައި 2026

އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި

09 ޖުލައި 2026
އީރާނުން ކުވެއިތާއި ބަހްރައިން އަދި އުރުދުން އަށް ހަމަލާދޭން ފަށައިފި
08 ޖުލައި 2026

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

08 ޖުލައި 2026
ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟

08 ޖުލައި 2026
އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟
08 ޖުލައި 2026

އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
05 ޖުލައި 2026

ކަނޑު ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޤަތަރުން ދީފި

05 ޖުލައި 2026
ކަނޑު ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޤަތަރުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް