Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުން ކުވެއިތާއި ބަހްރައިން އަށް ހަމަލާދޭން ފަށައިފި

9 ޖުލައި 2026 | ބުރާސްފަތި 01:35

އީރާނުން ދޭ ކޮންމެ ހަމަލާއަކަށް 20 ގުނަ ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި. ހުރްމުޒް ކަނޑުއޮޅި ބަންދުވިޔަ ނުދިނުމަށް އެމެރިކާގެ ސަރުކާރުން އިސްކަންދޭއިރު، ކޮންގްރެސްގެ ހުއްދަ ނެތި ކުރިއަށްގެންދާ މި އަސްކަރީ ހަރަކާތްތަކާ ގުޅިގެން ސެނެޓަރ އެލިޒަބަތު ވޮރެން ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ވޮރެން ވިދާޅުވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލި، އާންމުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 01:35

ކުވެއިތަށް "ދުޝްމަނުންގެ މިސައިލާއި ޑްރޯން" ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކުރުމާ ގުޅިގެން، ބަހްރޭންގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު ގަދައަށް އިވެން ފަށައިފި. | ސްކްރީން އިމޭޖް

ޖެހިޖެހިގެން ދެވަނަ ރޭ ވެސް އެމެރިކާއިން އީރާނަށް ބޮން އެޅުމާ ގުޅިގެން، "ދުޝްމަނުންގެ މިސައިލާއި ޑްރޯން" ހަމަލާތަކެއް ކުރިމަތިވަމުންދާ ކަމަށް ކުވެއިތުން ރިޕޯޓްކޮށްފި އެވެ. މި ހަމަލާތަކާއެކު ބަހްރައިންގައި ވަނީ ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު ގަދަވެފަ އެވެ.

އީރާނުގެ ޕްރެސް ޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު ބަހްރައިން އިން ވަނީ އިވިފަ އެވެ. އަދި އިރުމަތީ އުދުންގެ އަރްޒަގް އެއަރބޭސް އަށް އީރާނުން ވަނީ ހަމަލާ ދީފަ އެވެ.

ކުވެއިތުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ދުޝްމަނުންގެ ޑްރޯންތަކާއި މިސައިލްތައް ހުއްޓުވުމުގެ ނިޒާމުން ގެންދަނީ ހަމަލާތައް ހުއްޓުވަމުން ކަމުގައެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އޭނާގެ އިންޒާރުތައް އިތުރަށް ވަރުގަދަކުރައްވަމުންނެވެ. ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ ކޮންމެ ހަމަލާއަކަށްވުރެ 20 ގުނަ ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަމާޒުތަކަށް ދޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ނިސްބަތަކީ އެއީ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ކޮންމެ އެއްޗަކަށް ހަމަލާދިން ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން އޭގެ ބަދަލު ހިފާނީ 20 ގުނަ ވަރުގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވޭންސް ދެއްވާފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި، ވައިޓް ހައުސްއަށް މިވަގުތު އެންމެ މުހިންމު ކަމަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވިފައި ބޭއްވުމެވެ. އެއީ މި ސަރުކާރުން ކަނޑައަޅާފައިވާ ރަތް ރޮނގެވެ.

އަނެއްކޮޅުން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ އެލިޒަބަތު ވޮރެން ވަނީ އީރާނާއެކު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ޓްރަމްޕަށް ފާޑުވިދާޅުވެފަ އެވެ. އަދި ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވަމުންދާ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ކުރައްވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ފުރާނަ ގެއްލި، މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ތެލާއި ކާބޯތަކެތީގެ އަގު ވަނީ އުފުލިފައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޮރެން ލިޔުއްވާފައިވެ އެވެ.

"މި ހަނގުރާމައާ ދެކޮޅަށް ކޮންގްރެސްއިން ވަނީ ވޯޓު ދީފައި. ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްއިން ފުރުސަތު ދީގެން ނުވާނެ."

ވޮރެން މިފަދައިން ވިދާޅުވެފައި މިވަނީ، ކޮންގްރެސްގެ ހުއްދަ ނެތި އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ރައީސްގެ މައްޗަށް އަމުރުކޮށް، ކޮންގްރެސްގެ ދެ މަޖިލީހުން ވެސް މިދިޔަ މަހު "ވޯ ޕަވަރސް ރިޒޮލިއުޝަން" ފާސްކޮށްފައި ވަނިކޮށެވެ.

އެމެރިކާ-އީރާންކުވައިތުހޫނު ހަބަރު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
09 ޖުލައި 2026

ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި

09 ޖުލައި 2026
ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟

08 ޖުލައި 2026
އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟
08 ޖުލައި 2026

އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
02 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

02 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި
02 ޖުލައި 2026

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ

02 ޖުލައި 2026
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް