Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

8 ޖުލައި 2026 | ބުދަ 16:26

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕާއި ރާއްޖޭގެ ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ކާފު އަތޮޅުގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރި ހިސާބެއްގައި ބިނާކުރާ މި ރިސޯޓަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެ ގްރޫޕުން ކުރިއަށްގެންދާ ފުރަތަމަ އިންވެސްޓްމަންޓް. ދުނިޔޭގެ މަގުބޫލު ލަގްޒަރީ ބްރޭންޑެއްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 16:26
ގަލްފް ހޮޓެލްސް ގްރޫޕުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި، ދިވެހިރާއްޖޭގައި މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ބާރުސްޕީޑުގައި ކުރިއަށް ގެންދާކަމަށް ވަނީ ބުނެފައި

ގަލްފް ހޮޓެލްސް ގްރޫޕުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި، ދިވެހިރާއްޖޭގައި މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ބާރުސްޕީޑުގައި ކުރިއަށް ގެންދާކަމަށް ވަނީ ބުނެފައި | ގަލްފް ހޮޓެލްސް ގްރޫޕް

ބަހްރައިންގެ އެންމެ ކުރިއަރާފައިވާ ހޮސްޕިޓާލިޓީ ކުންފުނި، ގަލްފް ހޮޓެލްސް ގްރޫޕް (ޖީ.އެޗް.ޖީ) އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް ނިންމައި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފެށުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް އެބަގެންދާ ކަމަށް ބުނެފި އެވެ. 

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ގަލްފް ހޮޓެލްސް ގްރޫޕާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު ބަހްރޭންގައި ސޮއިކުރެވުނު ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ ކާފު އަތޮޅުގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. 

މި ފަހުމުނާމާގެ ސަބަބުން ގަލްފް ހޮޓެލްސް ގްރޫޕާއި ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު ދިގުމުއްދަތުގެ އިސްތިރާތީޖީ ބައިވެރިވުމަކަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ ތެރޭގައި ގަލްފް ހޮޓެލްސް ގްރޫޕްގެ ހޮޓާ ހިންގުމުގެ ތަޖުރިބާއާއި ކައިރެޓްސޫގެ ރާއްޖޭގެ މާކެޓްގެ ތަޖުރިބާ އެކުލެވިގެންދާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން، މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި، ހިއްސާދާރުންނަށް ދިގުމުއްދަތުގެ ފައިދާ ލިބޭނެ ފަދަ ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ރިސޯޓެއް ބިނާކުރުމަށް ދެ ކުންފުނިން ކުރަމުންދާ މަސައްކަތެއް ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަލްފް ހޮޓެލްސް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ޖަނާހީ ވިދާޅުވީ:

"މި މަޝްރޫއަކީ ގަލްފް ހޮޓެލްސް ގްރޫޕްގެ ކުރިއެރުމުގެ ދަތުރުގައި އެޅޭ މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ އާންމު މާކެޓްތަކުން ބޭރަށް ފުޅާވެ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ލިބިގެންދާނެ. ދިވެހިރާއްޖެއަކީ ދުނިޔޭގައި އެންމެ ބޮޑަށް ބަލައިގަނެވޭ އެއް ފަތުރުވެރި މަންޒިލް، އަދި މިއީ ދިގުމުއްދަތުގެ ކުރިއެރުމުގެ ފުރުސަތުތަކާއި ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ނަމޫނާ ގައުމެއް."

"މި ފަހުމުނާމާގައި ސޮއިކުރުމަކީ އަޅުގަނޑުމެންގެ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން އުންމީދުކުރަނީ ބައިވެރިންނާ ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންގޮސް، ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް ގެނުވައި، ގްރޫޕްގެ ދިގުމުއްދަތުގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ ފަދަ ރިސޯޓެއް ބިނާކުރުމަށް."

މި ބައިވެރިވުމާ ގުޅޭގޮތުން ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ ސޮފްވާން އަހުމަދު ވިދާޅުވީ:

"މި ފަހުމުނާމާއިން ދައްކުވައިދެނީ މި މަޝްރޫއާ މެދު އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރު އަދި މިއީ ދިގުމުއްދަތުގެ ގުޅުމެއްގެ ބިންގާ. ގަލްފް ހޮޓެލްސް ގްރޫޕްގެ ބައިނަލްއަގުވާމީ ތަޖުރިބާއާއި، ރާއްޖޭގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައިރެޓްސޫގެ ހުރި ތަޖުރިބާ އެއްކޮށްލުމުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސިފަތައް ދައްކުވައިދޭ، ބައިނަލްއަގުވާމީ ފެންވަރުގެ ލަގްޒަރީ މަންޒިލެއް ތަރައްގީކުރުމުގެ ގާބިލްކަން އަޅުގަނޑުމެންނަށް އެބައޮތް."

"މި މަޝްރޫއުގެ ދެން އޮތް މަރުހަލާތަކަށް ދާއިރު، ގަލްފް ހޮޓެލްސް ގްރޫޕާއެކު ގާތުން މަސައްކަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް އެހީތެރިވެދޭނެ އަދި ހުރިހާ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާ ލިބޭނެ ރިސޯޓެއް ބިނާކުރުމަށް އަޅުގަނޑުމެން ތިބީ ކެތްމަދުވެފައި."

އެއް ރަށެއްގައި ތަރައްގީކުރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި، އަތިރިމަތީގައާއި މޫދުގައި ހަދާފައިވާ ވިލާތައް ހިމެނޭނެއެވެ. ކޮންމެ ވިލާއެއްގައި އަމިއްލަ ޕޫލެއް ހުންނައިރު، ތަފާތު ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، ވެލްނަސް ސެންޓަރުތަކާއި، މޫދު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކުގެ އިތުރުން، ކައިވެނިތަކާއި ހާއްސަ ހަފުލާތައް ބޭއްވުމަށް ހާއްސަ ތަންތަން މި ރިސޯޓުގައި ގާއިމުކުރެވޭނެ އެވެ.

މި މަޝްރޫއުގެ ރާއްޖޭގެ ބައިވެރިޔާ، ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ ބޮޑެތި ރިސޯޓު މަޝްރޫއުތަކުގައި ބޮޑު ތަޖުރިބާއެއް ހުރި ކުންފުންޏެކެވެ. ދެ ފަރާތުން ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދައިގެން ރިސޯޓު ތަރައްގީކޮށް ހިންގުމަށް ނިންމާފައިވާއިރު، ގަލްފް ހޮޓެލްސް ގްރޫޕުން މި މަޝްރޫއުގައި ހިއްސާދާރެއްގެ ގޮތުގައާއި ރިސޯޓު ހިންގާ ފަރާތުގެ ގޮތުގައި ބައިވެރިވާނެއެވެ.

މި ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަގުބޫލު ލަގްޒަރީ ހޮސްޕިޓާލިޓީ ބްރޭންޑެއްގެ ދަށުންނެވެ. މީގެ އިތުރު ތަފްސީލުތައް ހާމަކުރާނީ އެއްބަސްވުންތައް ނިމި، ހޯދަންޖެހޭ ހުއްދަތައް ލިބުމުން ކަމަށް ބުނެފައިވެ އެވެ.

ހޮސްޕިޓާލިޓީ ދާއިރާގައި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ގަލްފް ހޮޓެލްސް ގްރޫޕުން އަންނަނީ ބަހްރައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އެފްރިކާގެ ގައުމުތަކުގައި ހޮޓަލާއި، ރިސޯޓާއި، ސާވިސްޑް ރެސިޑެންސްތަކުގެ އިތުރުން ކޮންވެންޝަން ސެންޓަރުތަކާއި ކާބޯތަކެތީގެ ހިދުމަތްތައް ފުޅާދާއިރާއެއްގައި ދެމުންނެވެ. ރާއްޖޭގެ މި މަޝްރޫއަކީ އެ ގްރޫޕްގެ ވިޔަފާރި މޮޑެލް ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މާކެޓަކަށް ފުޅާކުރުމަށް އެޅޭ އިސްތިރާތީޖީ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: ޒަވްޔާ

ގަލްފް ހޮޓެލްސް ގްރޫޕްކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑްބަޙްރައިންއަހުމަދު ޖަނާހީޞަފްވާން އަޙުމަދުފަތުރުވެރިކަން

އިތުރަށް ކިޔާލަން

29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
25 ޖޫން 2026

ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި

25 ޖޫން 2026
ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި

20 ޖޫން 2026
މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް