Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ސަރުކާރު

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

9 ޖުލައި 2026 | ބުރާސްފަތި 08:04

ވަޒީރުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ސުވާލުތަކަށް ޖަވާބު ނުދެއްވާތީއާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ސަރުކާރުގެ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތުކުރައްވައި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއަޅަމުންދާކަމަށް ވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖުލައި 2026 | ބުރާސްފަތި 08:04
ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ.

ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ސަމީރު ވަނީ މިސަރުކާރުގެ ވަޒީރުން މަޖިލީހަށް ހާޒިރު ކުރި ނަމަވެސް ސުވާލަށް ޖަވާބު ނުދެއްވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިއީ ވަރަށް މަގުބޫލުކަން ކުޑަ ސަރުކާރެއް ކަމަށާއި، ވަޒީރުން އަމަލުކުރާ ގޮތުން ވެސް އިތުރަށް މަގުބޫލުކަން ކުޑަވަމުންދާ ކަމަށެވެ. 

މެންބަރު ސަމީރު ވިދާޅުވީ ރަށްރަށުގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވަޅުތައް ކޮނެފައިވާ ކަމަށާއި، އެވަޅުތަކުގައި މަދިރި އާލާވާމުންދާ ކަމަށެވެ. ނަމަވެސް މިކަން ވެސް ހެލްތް މިނިސްޓްރީން ސިއްރު ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ މަދިރިއަކަށްވުރެ ބަލި ސަރުކާރެއް ކަމަށާއި، މަޖިލީހުގެ ތެރެއިން އެ މަންޒަރު ފެންނަމުންދާ ކަމަށެވެ. 

ހެލްތު މިނިސްޓަރު މި މަޖިލީހަށް ވަޑައިގެން ކުރެވޭ ސުވާލެއްގައި އަޅުގަނޑު ދެންނެވީ. އަޅުގަނޑުގެ ދާއިރާގެ ރަށެއްގައި އެ ބޭފުޅުން ހޮސްޕިޓަލް އަޅަންވެގެން ލޯކަލް ކައުންސިލުން އިންތިޚާބުގައި ވަޅުތަކެއް ކޮނެފައި އޭގައި މަދިރިފަނައަޅައިގެން އެ ރަށުގައި ޑެންގޫ ފެތުރެމުންދާ ވާހަކަ. ހަފުތާއެއް ވީއިރުގައި އެ ބޭފުޅުން އެތައް ސައިޓެއްގައި ތަކެތި އެއްކޮށްފައި ހުއްޓާ ، އެ މަސައްކަތްކުރުމުގެ ބަދަލުގައި ވަޅުތައް ފޮރުވާލީ. އަނެއްކާވެސް ކޮންމެވެސް ބަޔަކަށް އަނެއް ކޮރަޕްޝަނުގެ ބޮޑު ނާޖާއިޒު ފައިދާ ދިނުމުގެ ގޮތުން އަނެއްކާ އެ ވަޅުތައް ކޮށްނަން ހަވާލުކުރަންވީ. ދެން އެކަން ކުރައްވާފައި އަޅުގަނޑު ދެންނެވިން މިއަދު މަޖިލީހުގައި ހަގީގަތުގައި މަދިރިއަކަށްވުރެ ބަލި ސަރުކާރެކޭ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

އެސްއޯއީތަކާއި، މިނިސްޓްރީތަކަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ މަޝްރޫއުތައް އިސްކަން ދިނުމުގެ ބަދަލުގައި ބޮޑަށް މަސައްކަތް ކުރަނީ ޕީއެންސީ އާއި ސަރުކާރު ޕްރޮމޯޓް ކުރުމަށް ކަމަށެވެ. އަދި އެސްއޯއީތަކުން ވަރަށް ބޮޑަށް ނާޖާއިޒު ފައިދާ ކަމަށާއި، އެކަން އެންމެފަހުން ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ވެސް ފެނިގެން ދިޔަ ކަަމަށެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އޮތުމުން އެސްއޯއީތަކުގެ ބޭފުޅުން ހާޒިރުކޮށް، ޖަވާބުދާރީ ނުކުރެވޭ ކަމަށް މެންބަރު ސަމީރު ވިދާޅުވި އެވެ.

ހުސެއިން ސަމީރުމުއިއްޒު ސަރުކާރުޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
21 މެއި 2026

ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު އައްޔަނުކޮށްފި!

21 މެއި 2026
ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު އައްޔަނުކޮށްފި!
17 އެޕްރީލު 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

17 އެޕްރީލު 2026
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް