Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ20 ވަނަ ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގައި ޕީއެންސީން ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް އަމަލުކުރާކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅު ކޮށްފައި. މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމާ ގުޅިގެން، އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކުރި. މިކަމާ ގުޅިގެން ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރު ވިދާޅުވީ، ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު މަޖިލީހުން ބޭރުކުރި ނަމަވެސް، އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2026 | ބުދަ 13:54
ބުދަ ދުވަހުގެ ރައްޔިތުން މަޖިލިސް ޖަލްސާއަށް ފަހު، މަޖިލިސް ކުރާ ގޭގޭ ގޭޓް ކައިރީގައި އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ރައްޔިތުން މަޖިލިސް ޖަލްސާއަށް ފަހު، މަޖިލިސް ކުރާ ގޭގޭ ގޭޓް ކައިރީގައި އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ ކަމަށާއި، ނަތީޖާ މާރަނގަޅު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ފަހު، މަޖިލިސް ކުރާ ގޭގެ ގޭޓް ކައިރީގައި އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ސަމީރު ވިދާޅުވީ، މީގެ ދެ ހަފްތާ އެއްހާ ދުވަސް ކުރިން މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު މިހާތަނަށް އެއްވެސް ކޮމިޓީއަކަށް އައްޔަންކޮށްފައި ނުވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ރުންކުރު ކޮށް ޖަވާބު ދެއްވި ކަމަށެވެ. 

ނަމަވެސް ކަންބޮޑުވުންތައް ހިއްސާ ކުރާނެ ކަމަށާއި، މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރާ ތަނެއް ކަމަށް މެންބަރު ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މަޖިލީހުން ސަރުކާރާ ދެކޮޅު މެންބަރުން އުކާލެވިދާނެ ކަމަށާއި، ނަމަވެސް ނަތީޖާ މާ ރަނގަޅު ނުވާނެ ކަމަށެވެ.

އަޅުގަނޑު ދަންނަވަން އޮތީ މަޖިލީހުގެ ރައީސްއޭ. މިއީ ރައްޔިތުންގެ މަޖިލީހޭ. އަޅުގަނޑުމެންނަކީ ރައްޔިތުން ރެޕަރެޒެންޓް ކުރުމަށްޓަކައި މަޖިލީހަށް ހޮވާފައި ތިބި މެންބަރުންނޭ. އަޅުގަނޑުމެންނެއް ދެނެއް ތި ފުރުސަތެއް ނުދެއްވާނަމޭ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ނަގާ އުކާލެވިދާނޭ. އުކާލީމަ ދެން ނަތިޖާ ފެންނަ ގޮތް ވަރަށް ތަފާތުވާނޭ. އަޅުގަނޑުމެންގެ ރައްޔިތުން މިހާރު އެތިބީ ކެތް މަދުވެފައޭ. ތި ގޮޑީގައި ތިހެން ވޮޑިވެގެން ނީދެވޭނެއޭ. އަޅުގަނޑުމެން ދެން މަޑުންނެއް ނުތިބޭނަމޭ. 
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

މި މައްސަލަ އަށް އިޝާރާތް ކުރައްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ 20 ވަނަ މަޖިލިސް ފެށުނީއްސުރެ ފެންނަމުން ދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި ޚާއްސަކޮށް ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން އަމަލު ކުރާ މަންޒަރު ކަމަށެވެ.

އެގޮތުން މިއަދު ފާހަގަވި ކަންބޮޑުން އައި އެންމެ ބޮޑު އެއް މައްސަލައަކީ އަޅުގަނޑުމެންގެ އަލަށް އިންތިޚާބުވި މެންބަރު ސޯބެ އިންތިޚާބުވި ފަހުން އަދި އިންތިޚާބުވެ ހުވާ ކުރެއްވި ފަހުން މިއަދަށް ދެ ހަފްތާ ވެގެން ދިޔައިރު ސޯބެއަށް އެއްވެސް ކޮމެޓީއެއްގައި ބައިވެރިވެވޭ ގޮތަކަށް ނޫން އަދި އެފުރުސަތު މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ ޕީއެންސީގެ ފަރާތުން ފުރުސަތު ނުލިބުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު ވަރަށް ބޭއަދަބީކޮށް މުހާތަބުކޮށް އެބޭފުޅުން ދެއްވި ކޮމެޓީއެއްގައި ދެއްވި މިންވަރަކަށް އަޅުގަނޑުމެން ތިބެން ޖެހޭނެ ކަމަށް މުޚާތަބުކޮށް ވާހަކަ ދެއްކުމާ ގުޅިގެން އަޅުގަނޑުމެން އެކަމުގެ ކަންބޮޑުވުންފާޅު ކުރުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުން އަޅުގަނޑުމެން މިއަދު މިވަނީ ނެރިފައި.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ ވޯޓު ގަޑީގެ ކުރިން އޮތީ ކޮމިޓީތަކުގެ ރިޕޯޓުތައް ހުށަހެޅުމެވެ. ކޮމިޓީތަކުގެ ރިޕޯޓު ހުށަހަޅަމުން ދިޔަ ވަގުތު، އެމްޑީޕީގެ މެންބަރުން ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން، އިހްތިޖާޖު ފެއްޓެވި އެވެ. މި އިހުތިޖާޖާ ގުޅިގެން އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރު ކުރެއްވި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްހުސެއިން ސަމީރުމައުރޫފް ޒާކިރުއެމްޑީޕީ-ޕީއެންސީ

އިތުރަށް ކިޔާލަން

24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

22 ޖޫން 2026
ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު