Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ހދ. ހަނިމާދޫ

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

7 ޖުލައި 2026 | އަންގާރަ 13:28

ހދ. ހަނިމާދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް މި ސަރުކާރުގައި މަޑުޖެހިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އެމްޓީސީސީން މި މަސައްކަތް ސަބްކޮންޓްރެކްޓަށް ހަވާލުކޮށްފައިވީ ނަމަވެސް، އަމަލީ ގޮތުން މަސައްކަތް ކުރިއަށް ނުދާތީ އާބާދުވަމުން އަންނަ އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ. މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމަކީ ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 7 ޖުލައި 2026 | އަންގާރަ 13:28
އެމްޑީޕީ ސަރުކާރުން ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފަވާ މިސްކިތް: ވެރިކަން ބަދަލުވި އިރު މިސްކިތުގެ ތަނބުތައް ވަނީ ޖަހާ ނިމިފަ.

އެމްޑީޕީ ސަރުކާރުން ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފަވާ މިސްކިތް: ވެރިކަން ބަދަލުވި އިރު މިސްކިތުގެ ތަނބުތައް ވަނީ ޖަހާ ނިމިފަ. | ރާއްޖެ އެމްވީ


އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ ގައި އިމާރާތްކުރަން ފެށި 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މަޑުޖެހި، މިހާތަނަށް ކުރެވުނު ހަމައެކަނި ކަމަކީ ޝީޓެއް އަޅާލުން ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ރިފްގާ މުނާ ވިދާޅުވީ، މި މިސްކިތަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރު ބަދަލުވިއިރު މިސްކިތުގެ ތަނބުތައް ޖަހައި މަސައްކަތް ބާރަށް ކުރިއަށްދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް ކުރެވުނު ހަމައެކަނި ކަމަކީ މިސްކިތުގެ ޝީޓު އެޅުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހދ. ހަނިމާދޫ ކައުންސިލް މެމްބަރ ރިފްގާ މުނާ، ރާއްޖެ ޓީވީ އަށް މައުލޫމަތު ދެއްވަނީ.

ހދ. ހަނިމާދޫ ކައުންސިލް މެމްބަރ ރިފްގާ މުނާ، ރާއްޖެ ޓީވީ އަށް މައުލޫމަތު ދެއްވަނީ. | ރާއްޖެ އެމްވީ

ރިފްގާ ވިދާޅުވި ގޮތުގައި، އެމްޓީސީސީން މިހާރު މި މަސައްކަތް ސަބްކޮންޓްރެކްޓަށް އެ ރަށު ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، އަމަލީ ގޮތުން މަސައްކަތް ކުރިއަށްދާތަނެއް ނުފެނެ އެވެ.

އެމްޓީސީސީ އިން މިހާރު ސަބްކޮންޓްރެކްޓަށް މިރަށު ކުންފުންޏަކަށް ދީގެން، ކޮންމެ ދުވަހަކުވެސް މިތާ މުވައްޒަފުން އުޅޭތަން ފެނޭ، އެކަމަކު މަސައްކަތް ކުރިއަށްދާތަނެއް ނުފެނޭ.
ހދ. ހަނިމާދޫ ކައުންސިލްގެ މެންބަރު ރިފްގާ މުނާ

މިސްކިތް އިމާރާތްކުރާ ސަރަހައްދަކީ ގިނަ އަދަދެއްގެ ގޯތި ދޫކޮށްފައިވާ، މީހުން އާބާދުވަމުން އަންނަ ސަރަހައްދަކަށް ވާތީ، އެ ސަރަހައްދަށް މިސްކިތެއްގެ މުހިންމުކަން އިންތިހާއަށް ބޮޑުކަން ކައުންސިލުން ފާހަގަކުރެ އެވެ. ނަމަވެސް، ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެ، 3 އަހަރުވާން ގާތްވިއިރުވެސް މަސައްކަތް ނުނިމި އޮތުމަކީ ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ރިފްގާ ވިދާޅުވި އެވެ.

މި ސަރުކާރަށް ގާތްގަނޑަކަށް 3 އަހަރުވާން ކައިރިވާއިރު ހަމައެކަނި ޝީޓް އެކަނި އެޅިފަ މިވަނީ. ދެން އިތުރު އެއްވެސް މަސައްކަތެއް އޭގެފަހުން ނުހިނގޭ. ކުރިޔަށް ދާތަނެއް ނުފެނޭ. މީކީ އިނގޭތޯ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ދީނީ ކަންތައްތަކަށް ހުންނަ އަހައްމިއްޔަތު ކަމަކީ.
ހދ. ހަނިމާދޫ ކައުންސިލްގެ މެންބަރު ރިފްގާ މުނާ

މި މަސައްކަތުގެ އަޕްޑޭޓެއް ހޯދުމަށް ކައުންސިލުން ކަމާބެހޭ އިދާރާތަކުގައި ތަކުރާރުކޮށް އެދިފައިވާ ކަމަށާއި، ކަންބޮޑުވުންތައް ހިއްސާކޮށްފައިވީ ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭނެ ކަމަށް ބުނަމުންދާއިރު، ރަށްރަށުގައި ފަށާފައިވާ މިފަދަ މުހިންމު މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ހަނިމާދޫ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.

ރިފްގާ މުނާހދ. ހަނިމާދޫމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
21 މެއި 2026

ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު އައްޔަނުކޮށްފި!

21 މެއި 2026
ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު އައްޔަނުކޮށްފި!
17 އެޕްރީލު 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

17 އެޕްރީލު 2026
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
15 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

15 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް
10 ފެބުރުއަރީ 2026

މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

10 ފެބުރުއަރީ 2026
މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް