Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީ މެމްބަރުން

ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު އައްޔަނުކޮށްފި!

ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް އައްޔަންކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި މެންބަރު އިސްތިއުފާ ދެއްވުމާ ގުޅިގެން. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި އޭނާ މަޤާމުގެ ހުވާކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި. ޢަލީ ނަޞީރަކީ މީގެ ކުރިން މާލެ ސިޓީ ކައުންސިލުގެ ލީގަލް ކައުންސެލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2026 | ބުރާސްފަތި 09:44
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް،  އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ޢައްޔަން ކުރެއްވުން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ޢައްޔަން ކުރެއްވުން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް،  އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ޢައްޔަން ކުރައްވައިފިއެވެ.

އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމާއި ޙަވާލުކޮށްދެއްވާފައެވެ.

އޭނާ މި މަގާމަށް އައްޔަންކުރީ ކުރީ ޖޭއެސްސީގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރަކީ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލުގެ ގާނޫނީ ވަކީލެވެ.

ޖޭއެސްސީމުއިއްޒު ސަރުކާރުޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު

އިތުރަށް ކިޔާލަން

10 މެއި 2026

ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރެވޭ 4 ޙާލަތެއް ހިމަނައި، އައު ޤަވާއިދަށް އަމަލު ކުރަން ފަށައިފި

10 މެއި 2026
ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރެވޭ 4 ޙާލަތެއް ހިމަނައި، އައު ޤަވާއިދަށް އަމަލު ކުރަން ފަށައިފި
17 އެޕްރީލު 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

17 އެޕްރީލު 2026
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
25 މާރިޗު 2026

ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ

25 މާރިޗު 2026
ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ
15 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

15 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް
10 މާރިޗު 2026

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

10 މާރިޗު 2026
މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު
01 މާރިޗު 2026

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު
23 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި

23 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި
16 ފެބުރުއަރީ 2026

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް
10 ފެބުރުއަރީ 2026

މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

10 ފެބުރުއަރީ 2026
މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ
08 ފެބުރުއަރީ 2026

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު