Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

9 ޖުލައި 2026 | ބުރާސްފަތި 08:05

މެޗަށް ނިކުންނައިރު ފްރާންސް އަކީ ފޭވަރިޓުން ކަމަަށާއި، މުބާރާތާ ކުރިމަތިލީއިރު ވެސް ފްރާންސް އަކީ ފޭވަރިޓުންގެ ތެރޭގައި އޮތް ޓީމެއް ކަމަށް އޭނާ ބުނި. އެހެން ނަމަވެސް، ކުއާޓާ ފައިނަލް އިން މޮޅުވެ، ސެމީ ފައިނަލް އަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މޮރޮކޯ އިން ކުރާނެ ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 08:05
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރޮކޯގެ ކޯޗު މުޙައްމަދު އުއާބީ ވާހަކަ ދައްކަނީ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރޮކޯގެ ކޯޗު މުޙައްމަދު އުއާބީ ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނިކުންނައިރު ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށާއި، މޮރޮކޯ އިން ބޭނުން ވަނީ މުބާރާތުގެ ތަށި ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އުއާބީ ބުނެފި އެވެ. 

އުއާބީ މިހެން ބުނެފައި ވަނީ ފްރާންސްއާ ދެކޮޅަށް މޮރޮކޯ އިން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނީ ނަސީބުގެ ވާހަކަ ދެއްކުމާއި، ބޭކާރު ކަންކަމުގައި ވަގުތު ހޭދަ ކުރެވެން ނެތް ކަމަށެވެ. 

މީގެ އިތުރުން އޭނާ ބުނީ މޮރޮކޯގެ ޓީމާއި، ކުޅުންތެރިން ވަޒަން ކުރުމަކީ މުބާރާތް ނިމުމުން ކުރާނެ ކަމެއް ކަމަށެވެ. މިހާތަނަށް މޮރޮކޯ އަށް ކުރެވުނު މަސައްކަތް ރަނގަޅު ކަމަށާއި، މީހުން ދައްކާ ވާހަކަ އަޑު އަހަން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ. 

މެޗަށް ނިކުންނައިރު ފްރާންސް އަކީ ފޭވަރިޓުން ކަމަަށާއި، މުބާރާތާ ކުރިމަތިލީއިރު ވެސް ފްރާންސް އަކީ ފޭވަރިޓުންގެ ތެރޭގައި އޮތް ޓީމެއް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ކުއާޓާ ފައިނަލް އިން މޮޅުވެ، ސެމީ ފައިނަލް އަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މޮރޮކޯ އިން ކުރާނެ ކަމަށް އޭނާ ބުންޏެވެ. 

މުބާރާތުގައި މިހާތަނަށް މޮރޮކޯގެ ދަތުރު ރަނގަޅު ކަމަށާއި، ނަމަވެސް ކުރިއަށް އޮތީ "ބޯނަސް"ގެ ގޮތުގައި ދެކިގެން ތިބެވެން ނެތް ކަމަށް އޭނާ ބުންޏެވެ. މޮރޮކޯ އަށް ބޯނަސް އަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށާއި، މުބާރާތުގައި ކުރިއަށް ދަނީ އެ ވިސްނުމުގައި ކަމަށް އޭނާ ވަނީ ބުނެފައި އެވެ. 

ހަތަރު އަހަރަށް ފަހު އަނެއްކާ ވެސް މޮރޮކޯ އިން ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، އުއާބީ ބުނީ، ދެ ޓީމުގައި ވެސް ތަފާތު ކަންތައް ތަކެއް ހުރި ކަމަށާއި، ދެ ޓީމުގެ ކުޅުންތެރިން ވެސް ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ. މެޗަށް ފަހު ހިތާމަ ކުރަން ބޭނުން ނުވާ ކަމަށާއި، ކުއާޓާ ފައިނަލްގައި ކުޅެން ޖެހެނީ 2000 އިންސައްތަ މަސައްކަތް ދައްކައިގެން ކަމަށް އޭނާ ބުންޏެވެ. 

މޮރޮކޯ އިން ވަނީ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން، ދެ މެޗުން މޮޅުވެފައި އެވެ. އެއް މެޗުން ވަނީ އެއްވަރުވެފައި އެވެ. މުބާރާތުގެ ގަދަ 32 ގައި މޮރޮކޯ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށްފައި އެވެ. އަދި ގަދަ 16 ގައި ވަނީ މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ ކެނެޑާ ބަލިކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026މުޙައްމަދު އުއާބީމޮރޮކޯފްރާންސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!

08 ޖުލައި 2026
އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
08 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!

08 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!
08 ޖުލައި 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

08 ޖުލައި 2026
މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު
08 ޖުލައި 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

08 ޖުލައި 2026
މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!
08 ޖުލައި 2026

ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް

08 ޖުލައި 2026
ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން

07 ޖުލައި 2026
އާޖެންޓީނާ އަށް އޮތީ އިޙުތިރާމް، އެކަމަކު ބިރެއް ނުގަނޭ: މިޞްރުގެ ކޯޗު ހުސާމް ޙަސަން
07 ޖުލައި 2026

ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ

07 ޖުލައި 2026
ވޯލްޑް ކަޕްގައި ފޭވަރިޓުންނެއް ނެތް، ބޮޑެތި ޓީމު ތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި: ސްކަލޯނީ
07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް