އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
މެޗަށް ފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުމުރުން 39 އަހަރުގައި މެސީ ކަހަލަ ކުޅުންތެރިޔަކު ފުޓުބޯޅަ ކުޅެމުން އަންނަނީ މިކަހަލަ ޖަޒުބާތީ ވަގުތު ތަކަށް ކަމަށް. މެސީގެ ކެރިއަރުގައި މިހާތަނަށް އައިއިރު، މިފަދަ އެތައް އިޙުސާސް ތަކެއް ކުރެވިފައި ހުންނާނެ ކަމަށް އޭނާ ބުނި.


އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް
އުމުރުން 39 އަހަރުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސި ދައްކަމުން އަންނަ ކުޅުމާއި، އޭނާގެ ހިތްވަރަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.
މިޞްރާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އާޖެންޓީނާ އަށް ލިބުނު ރަނުގެ ފުރުސަތުގައި، މެސީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ނަމަވެސް، އާޖެންޓީނާ އިން ޖެހި ފުރަތަމަ ލަނޑުގައި އެސިސްޓް ކޮށްދިނުމަށް ފަހު، މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުމުރުން 39 އަހަރުގައި މެސީ ކަހަލަ ކުޅުންތެރިޔަކު ފުޓުބޯޅަ ކުޅެމުން އަންނަނީ މިކަހަލަ ޖަޒުބާތީ ވަގުތު ތަކަށް ކަމަށެވެ. މެސީގެ ކެރިއަރުގައި މިހާތަނަށް އައިއިރު، މިފަދަ އެތައް އިޙުސާސް ތަކެއް ކުރެވިފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ސްކަލޯނީ ބުނީ މިއީ އޭނާ އަށް ހަނދާން ނައްތާލެވޭނެ ވަގުތެއް ނޫން ކަމަށާއި، މިއީ އެންމެ މޮޅު ވަގުތު ތަކުގެ ތެރެއިން ވަގުތެއް ކަމަށެވެ. ސްކަލޯނީ ބުނީ އޭނާ އަށް މިހާރު ކުރެވޭ އިޙުސާސް އަކީ، ކޮންމެ ކަމެއް ދިމާ ވިޔަސް، ކޮންމެ ޙާލަތެއް ދިމާ ވިޔަސް އަދި ކޮންމެ ނަތީޖާއެއް އޮތަސް އާޖެންޓީނާގެ ކުޅުންތެރިން ހިތްވަރު ދޫކޮށް ނުލާނެކަން ކަމަށެވެ.
ސްކަލޯނީ ބުނީ މެސީ އަކީ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، ޓީމަށް އެންމެ ބޭނުންވާ ވަގުތު އަބަދު ވެސް މެސީ ހުންނަ ކަމަށެވެ. އަދި ޓީމު މޮޅުވުމާ ދިމާލަށް ގެންދަން މެސީ ކުރި މަސައްކަތާއި، އެހެން ކުޅުންތެރިންނާ ގުޅިގެން ކުރި ހިތްވަރަކީ އަބަދު ވެސް ފާހަގަ ވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އާޖެންޓީނާ އިން ހިތްވަރު ހޯދަނީ މިކަހަލަ ވަގުތު ތަކުން ކަމަށާއި، ޓީމުގެ ހިތްވަރު ވަރުގަދަ ވާނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް އިތުބާރު އޮންނަ ކަމަށާއި، އާޖެންޓީނާ އިން އަބަދު ވެސް މަސައްކަތް ކުރާނީ ހިތްވަރާ އެކު ކަމަށެވެ. ކުރިއަށް އޮތް މެޗަށް ވެސް އާޖެންޓީނާ އިން ނިކުންނާނީ އެ އަޒުމުގައި ކަމަށް ސްކަލޯނީ ބުންޏެވެ.





