Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

9 ޖުލައި 2026 | ބުރާސްފަތި 09:12

މުބާރާތުގެ ގަަދަ 16 ގައި އާޖެންޓީނާ އާއި މިޞްރު ބައްދަލު ކުރި މެޗުގެ ރެފްރީ އަކަށް ހުރި ފްރާންސްގެ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުން ތަކަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކާ ގުޅޭ ގޮތުން ޑެޝޯމްޕްސް ބުނީ، މޮރޮކޯ މެޗުގެ ރެފްރީން ވެސް ލެޓެކްސިއޭ ފަދައިން މޮޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 09:12
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވާހަކަ ދައްކަނީ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އަށް ނިކުންނައިރު، މެޗުގެ ރެފްރީންނަށް އިތުބާރު ކުރާ ކަމަށާއި، ފްރާންސްގެ ވާދަވެރިންނަކީ މޮރޮކޯ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ. 

ޑެޝޯމްޕްސް މިހެން ބުނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ފްރާންސް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. މި މެޗުގެ ފަސްޓް ރެފްރީ އަކަށް އާޖެންޓީނާގެ ފަކުންޑޯ ޓެލޯ ހަމަޖައްސާފައިވާއިރު، އޭނާގެ އެހީތެރިންނަކީ ވެސް އާޖެންޓީނާ އަށް ނިސްބަތްވާ ރެފްރީންނެވެ. 

މިކަމާ ބޮޑު ސަމާލު ކަމެއް ލިބިފައި ވަނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް އާއި އާޖެންޓީނާ ބައްދަލު ކޮށްފައިވާއިރު، މިފަހަރުގެ ފައިނަލްގައި ވެސް މި ދެ ޓީމު ވާދަ ކުރަން ޖެހުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް، ޑެޝޯމްޕްސް ބުނީ މެޗުގެ ރެފްރީންނަަށް އޭނާ އިތުބާރު ކުރާ ކަމަށާއި، ފްރާންސްގެ ވާދަވެރިޔަކީ މޮރޮކޯ ކަމަށެވެ. 

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވާހަކަ ދައްކަނީ.

މުބާރާތުގެ ގަަދަ 16 ގައި އާޖެންޓީނާ އާއި މިޞްރު ބައްދަލު ކުރި މެޗުގެ ރެފްރީ އަކަށް ހުރި ފްރާންސްގެ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުން ތަކަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކާ ގުޅޭ ގޮތުން ޑެޝޯމްޕްސް ބުނީ، މޮރޮކޯ މެޗުގެ ރެފްރީން ވެސް ލެޓެކްސިއޭ ފަދައިން މޮޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މޮރޮކޯ އާއި ފްރާންސް ބައްދަލު ކުރި މެޗުގައި، މޮރޮކޯގެ ސޯފިއާ ބޫފަލް އަށް ކުރި ފައުލަކަށް ޕެނަލްޓީ ނުދިން މައްސަލައިގައި މޮރޮކޯގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ވެސް ޑެޝޯމްޕްސް ވަނީ މަލާމާތުގެ ރާގަކަށް ޖަވާބު ދީފައި އެވެ. 

މޮރޮކޯއާ ގުޅޭ ގޮތުން ޑެޝޯމްޕްސް ބުނީ، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، މެޗުން މޮޅުވުމަށް ފްރާންސް އިން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ވޯލްޑް ކަޕަށް ފަހު ފްރާންސް ޤައުމީ ޓީމުން ޑެޝޯމްޕްސް ވަކިވާއިރު، މޮރޮކޯ މެޗަކީ އޭނާގެ ފަހު މެޗު ކަމަށް ދެކެންތޯ ނޫސްވެރިޔަކު ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޑެޝޯމްޕްސް ބުނީ، އޭނާގެ ހަމައެކަނި އަމާޒަކީ އެ މެޗުން މޮޅުވުން ކަމަށެވެ. 

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މޮރޮކޯއާ ފްރާންސް ބައްދަލު ކުރި އިރު، އެ މެޗު ފްރާންސް އިން ކާމިޔާބު ކޮށްފައި ވަނީ 2-0 އިންނެވެ. މިފަހަރުގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އާއި ފްރާންސް ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ. 

ފީފާ ވަރލްޑް ކަޕް 2026ޑިޑިއޭ ޑެޝޯމްޕްސްމޮރޮކޯފްރާންސްފުޓްބޯޅަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

09 ޖުލައި 2026
ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!

08 ޖުލައި 2026
އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
08 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!

08 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!
08 ޖުލައި 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

08 ޖުލައި 2026
މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު
08 ޖުލައި 2026

މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!

08 ޖުލައި 2026
މިޞްރު އަތުން ލިބުނު މޮޅާ އެކު، ސްކަލޯނީގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ!
08 ޖުލައި 2026

ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް

08 ޖުލައި 2026
ޕެނަލްޓީ އިން މޮޅުވެ، ސްވިޒަލެންޑް ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް