Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

ވޯލްޑް ކަޕްގެ ގަދަ 16 ގައި މިސްރު އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ރެފްރީން މެސީއަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނެ، އެ ރެފްރީން މުބާރާތުން ވަކިކުރުމަށް މިސްރުން ފީފާގައި އެދިއްޖެ. މި މުބާރާތުގައި އާޖެންޓީނާއަށް ފަސޭހަ މަގުތަކެއް ކޮށައިދީ، ރެފްރީންގެ ނިންމުންތަކާއި ގުރުއަތުލުން އެ ގައުމަށް ފަހިވާގޮތަށް އޮތް ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މީގެ އިތުރުން، ފައުލް ކުރާ ނިސްބަތުން އާޖެންޓީނާއަށް ކާޑު ދެއްކުން މަދުވުމާއި ގިނަ ޕެނަލްޓީތަކެއް ލިބުމަކީވެސް ވަކި ފަރާތަކަށް ޖެހިފައިވާ ކަމުގެ ހެކިތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 17:52
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި، މިސްރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރިހޯދުމާ ގުޅިގެން، އެ ޓީމުގެ ޖާޒީ ނަންބަރު 10، ލިއޮނަލް މެސީ އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު ކާމިޔާބީ ފާހަގަކުރަނީ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި، މިސްރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރިހޯދުމާ ގުޅިގެން، އެ ޓީމުގެ ޖާޒީ ނަންބަރު 10، ލިއޮނަލް މެސީ އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު ކާމިޔާބީ ފާހަގަކުރަނީ. | ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށްޓަކައި އާޖެންޓީނާއިން އަންނަނީ އެ ގައުމުގެ ހުރިހާ ބާރެއް ބޭނުންކުރަމުންނެވެ. އަދި އެކަން އެގޮތަށް ކުރަންވެސް މިވަނީ މަޖުބޫރުވެފަ އެވެ.

ނޮކްއައުޓް ބުރުގެ ފުރަތަމަ ދެ މެޗުގައި ކޭޕް ވާޑް އަދި މިސްރުގެ މައްޗަށް އާޖެންޓީނާއިން ފަސޭހަކަމާއެކު ކުރިހޯދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޓީމަށް އެ ދެ މެޗުންވެސް މޮޅުވެވުނީ 3-2 ގެ ނަތީޖާއަކުން، ވަރަށް ބޮޑަށް ހިތްވަރުކޮށްގެންނެވެ.

ނަމަވެސް، ގަދަ 16 ގައި މިސްރުގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ބޮޑު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، އެ މެޗުގައި އިންސާފުކުރި ރެފްރީން މުބާރާތުން ވަކިކުރުމަށް އެފްރިކާގެ ގައުމެއް ކަމަށްވާ މިސްރުން މިވަނީ ފީފާގައި އެދިފަ އެވެ.

މިސްރުން ތުހުމަތުކުރާ ގޮތުގައި، ރެފްރީން ވަނީ އާޖެންޓީނާއަށް ބުރަވެ، އެ ގައުމުގެ ތަރި ލިއޮނަލް މެސީއަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން މިސްރުގެ ކޯޗު ހުސާމް ހަސަން ބުނީ، އެ ޓީމަށް "ބޭއިންސާފުން" ކަންތައްތައް ކުރިމަތިވި ކަމަށާއި، މެޗުގައި ވަރަށް ބޮޑު "ނާއިންސާފަކާ" ކުރިމަތިލާންޖެހުނު ކަމަށެވެ.

މީގެ އިތުރުން، ފީފާއިން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށްވެސް ހަސަން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭނާ ބުނީ، "ފަހަރުގައި އެމީހުން ބޭނުންވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބައިތިއްބަން ކަމަށް ވެދާނެ. ނޫނީ މެސީ މުބާރާތުގައި ކުރިއަށްދާތަން ދެކެން ބޭނުންވަނީ ކަމަށްވެސް ވެދާނެ،" ކަމަށެވެ.

އާޖެންޓީނާއަށް ކާމިޔާބީ ހޯދައިދިނުމަށް ހުރިހާ ކަމެއް ރޭވިފައިވާ ކަމަށް ބުނާ މި "ކޮންސްޕިރަސީ ތިއަރީ" ގައި އެއްވެސް ހަގީގަތެއްވޭތޯ ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ގެންދަނީ ތަހުގީގުތައް ހިންގަމުންނެވެ.

މިސުރުން ކުރާ ތުހުމަތުގައި ހަގީގަތެއްވޭތަ؟

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި އާޖެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިވުމާ ގުޅިގެން، އެ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ހިތްހަމަނުޖެހިފައި ހުރި މަންޒަރު.
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި އާޖެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިވުމާ ގުޅިގެން، އެ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ހިތްހަމަނުޖެހިފައި ހުރި މަންޒަރު. | ގެޓީ އިމޭޖަސް

އަންގާރަ ދުވަހު 3-2 އިން ބަލިވުމުން މިސްރުން އެހާ ބޮޑަށް މާޔޫސްވީ ކީއްވެގެންކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ.

މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް، މިސްރު އޮތީ 2-0 އިން ކުރީގަ އެވެ. އެއީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިއުމާ ފިޔަވަޅަކާ ގާތުގަ އެވެ.

ނަމަވެސް، އާޖެންޓީނާއިން ކުޅުން ވަރުގަދަކޮށް، މެޗުގެ ނަތީޖާ އަނބުރާލައި، އިތުރު ވަގުތުގައި ލަނޑު ޖަހައި މޮޅުވުމުން މިސްރުގެ އުންމީދުތައް ފެނަށްވި އެވެ.

މިސްރުން ބުނާ ގޮތުގައި މި ނަތީޖާގެ ފަހަތުގައި ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެ ޓީމު މުބާރާތުން ވަކިވާންޖެހުނީ ފްރާންސްގެ ރެފްރީ ފްރާންސުއާ ލެޓެކްސިއޭ އާއި އޭނާގެ ޓީމުން ހެދި "ބޮޑެތި ގޯސްތަކެއްގެ" ސަބަބުންނާއި ގެންގުޅުނު "އަޑިނޭނގޭ" އުސޫލުތަކުގެ ސަބަބުން ކަމަށް އެ ގައުމުން ބުނެ އެވެ.

މިސްރުން ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، ރެފްރީ ވަނީ ބާތިލުކޮށްފަ އެވެ.

މީގެ އިތުރުން، އާޖެންޓީނާއިން މެޗުން މޮޅުވި ލަނޑަކީވެސް ގަބޫލުކުރެވޭނެ ލަނޑެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިސްރަށް ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް އެ ޓީމުން ދައުވާކުރެ އެވެ.

މުސްތަފާ ޒީކޯ ޖެހި މޮޅު ލަނޑު ބާތިލުކުރީ، އެ ހަމަލާ ފެށުނު ވަގުތު މަރުވާން އަތިއްޔާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒްގެ ފައިމައްޗަށް އެރި ކަމަށް ބުނެ އެވެ.

މިއީ ބަހުސް ކުރެވިދާނެ ނިންމުމެއް ނަމަވެސް، އެ ވަގުތު މިސްރު އޮތީ 1-0 އިން ކުރީގަ އެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން އެ ޓީމުން ދެވަނަ ލަނޑެއްވެސް ޖެހި އެވެ. އެހެންކަމުން، ޒީކޯގެ ލަނޑު ބަލައިގަތް ނަމަ މެޗުގެ ނަތީޖާ ބަދަލުވާނެ ކަމަށް ބުނާ ބުނުމަކީ ސާބިތުކޮށްދެވޭނެ ކަމެއް ނޫނެވެ.

އެންޒޯ ފެނާންޑޭޒް ބޮލުން ޖަހައި އާޖެންޓީނާ މޮޅުކޮށްދިން ލަނޑުގެ ކުރިން، ދެ ފަހަރެއްގެ މަތިން ޕެނަލްޓީ ލިބެންޖެހޭނެ ކަމަށް މިސްރުން ގަބޫލުކުރެ އެވެ.

އަލެކްސިސް މެކް އެލިސްޓާ ހިފެހެއްޓި ކަމަށް ބުނެ ހަމްދީ ފަތުހީ ވެއްޓުނު ނަމަވެސް، ރިޕްލޭތަކުން އެކަން ސާފެއް ނުވެ އެވެ. އަދި ހޫލިއަން އަލްވަރޭޒް އޭނާ ކައްސާލި ކަމަށް މުހައްމަދު ސަލާހްވެސް ޝަކުވާ ކުރި އެވެ.

މާޓިނޭޒް އާއި ސަލާހްގެ ހާދިސާގައި ފައިގައި ފައިން ޖެހުމުގެ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، އެއީ ޕެނަލްޓީއެއް ދޭންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ސަލާހަށް ކުރި ފައުލް އޭރިއާގެ ބޭރުން ހިނގި ނަމަ، އެ ލަނޑު ބާތިލުކުރުމުގެ ފުރުސަތު މިސްރަށް ބޮޑުވީހެވެ. އެހެންވިނަމަ، ވީއޭއާރް އިން ބަލާނީ ޕެނަލްޓީއަކަށްވުރެ ބޮޑަށް، މާޓިނޭޒްގެ ހާދިސާގައިވެސް ބެލި ފަދައިން ފައުލެއް ހިނގާފައިވޭތޯ އެވެ.

މިއީ ބަހުސް ކުރެވޭނެ ކަންކަން ކަމަށް ވިޔަސް، މިއީ މެސީއަށް ފައިދާކޮށްދޭން ރާވައިގެން ހިންގާފައިވާ ކަންކަން ކަމަށް ބުނާނެ ހެއްކެއް ނެތެވެ.

ފްރާންސާ ދެކޮޅަށް ނުކުންނާނީ މުޅިންވެސް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް

ބުރާސްފަތި ދުވަހު ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗަށް ރެފްރީން ހަމަޖައްސާފައިވާ ގޮތަށް ބަލާލަމާ ހިނގާށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް، ދަނޑުމަތީގައި ހަރަކާތްތެރިވާ ހުރިހާ ރެފްރީންނަކީ (އިސް ރެފްރީ، ދެ އެސިސްޓަންޓް ރެފްރީން، ހަތަރުވަނަ އޮފިޝަލް އަދި ރިޒާވް އޮފިޝަލް) އެއް ގައުމަކަށް ނިސްބަތްވާ ބައެކެވެ.

އަދި އެ ގައުމަކީ އާޖެންޓީނާ އެވެ.

މީގެ ކުރިން ފަކުންޑޯ ޓެލޯ އިންސާފުކުރި ދެ މެޗުގައި، ހަތަރުވަނަ އޮފިޝަލާއި ރިޒާވް އޮފިޝަލުންނަށް ތިބީ ފުރަތަމަ ސައުދީ އަރަބިއްޔާގެ ރެފްރީންނެވެ. އޭގެ ފަހުން ކޮލަމްބިއާގެ ރެފްރީންނެވެ.

މިކަމާ ގުޅިގެން ދެކެވޭ ވާހަކައަކީ، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފްރާންސް މުބާރާތުން ވަކިވުމަކީ އާޖެންޓީނާ ބޭނުންވާނެ ގޮތް ކަމަށެވެ.

މިއީ ޓެލޯގެ ކެރިއަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް މެޗެވެ. އަދި މިއީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގައި އޭނާ ކުއާޓާ ފައިނަލް މެޗެއް އިންސާފުކުރާ ދެވަނަ ފަހަރެވެ. މިފަދަ މަތީ ފަންތީގެ ރެފްރީއަކު އޭނާގެ އަބުރާއި އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް، ކަން ހިނގާ ގޮތަށްވުރެ ބޮޑަށް މީހުންނަށް ފެންނަ ގޮތް މުހިންމުވާ ފަހަރު އާދެއެވެ. ފްރާންސް ކުޅޭ ކުއާޓާ ފައިނަލް މެޗަކަށް އާޖެންޓީނާގެ ރެފްރީން ހަމަޖެއްސުމަކީ ބަލާލަން އެހާ ރީތި މަންޒަރެއް ނޫނެވެ.

ރަތް ކާޑަކުން ސަލާމަތްވެ، މެސީ ފަސް ލަނޑު ޖެހުން

ލިއޮނަލް މެސީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ މައްސަލަ ބަލާފައި ނުވާއިރު، މީގެ ކުރިން ފޯލަރިން ބަލޯގަން ދަނޑުން ބޭރުކޮށްލާފައިވަނީ ހަމަ މިފަދަ ފައުލަކާ ގުޅިގެން.
ލިއޮނަލް މެސީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ މައްސަލަ ބަލާފައި ނުވާއިރު، މީގެ ކުރިން ފޯލަރިން ބަލޯގަން ދަނޑުން ބޭރުކޮށްލާފައިވަނީ ހަމަ މިފަދަ ފައުލަކާ ގުޅިގެން. | ގެޓީ އިމޭޖަސް

މުބާރާތުގެ ކުރީކޮޅު މެސީއަށް ރަތް ކާޑެއް ދައްކަންޖެހޭ ފަދަ ހާލަތެއް ދިޔަ ހަނދާން އާކޮށްލަމާ ހިނގާށެވެ.

އަލްޖީރިއާގެ ކެޕްޓަން އީސާ މަންޑީއަށް ކުރި ފައުލާ ގުޅިގެން މެސީއަށް ރީނދޫ ކާޑެއްވެސް ނުދައްކަ އެވެ.

އޭގެ ފަހުން، މިދިޔަ ހަފުތާގައި މި ވޯލްޑް ކަޕްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ހާދިސާ ހިނގި އެވެ.

ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، މެސީ ކުރި ފައުލާ ދާދި އެއްގޮތް ފައުލެއް ކުރުމުން، ވީއޭއާރް ބެލުމަށްފަހު ފޮލަރިން ބަލޯގަންއަށް ރަތް ކާޑު ދެއްކި އެވެ. ދެ ކުޅުންތެރިންވެސް ފައުލްކޮށްފައިވަނީ އިދިކޮޅު ކުޅުންތެރިޔާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށެވެ.

ބަލޯގަންގެ ސަސްޕެންޝަން އުވާލުމަށް އެމެރިކާއިން މަސައްކަތް ކުރިއިރު، މި ނުކުތާ ފާހަގަކޮށްފައިވާ ކަމަށް ބެލެވެ އެވެ.

މެސީއަށް ރަތް ކާޑު ދެއްކި ނަމަ، އަލްޖީރިއާ ކޮޅަށް ޖެހި ދެ ލަނޑާއި، އޮސްޓްރިއާ ކޮޅަށް ޖެހި ދެ ލަނޑު އޭނާއަކަށް ނުޖެހުނީހެވެ. އެއީ އޭނާ ހުންނާނީ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެވެ. (ބަލޯގަންގެ މައްސަލައިގައި ފީފާއިން އަމަލުކުރި ގޮތަށް، މާއްދާ 27 ގެ ދަށުން މެސީއަށް ލުޔެއް ނުދޭ ނަމައެވެ.)

އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާއަކަށް ނުކުޅެވުނީހެވެ. އެ މެޗުގައިވެސް އޭނާ ލަނޑު ޖެހި އެވެ.

މިއީ މި މުބާރާތުގައި މިހާތަނަށް އޭނާ ޖެހި އަށް ލަނޑުގެ ތެރެއިން ފަސް ލަނޑެވެ.

މިއީ މެސީއަށް ދިން ހާއްސަ އިނާޔަތެއް ބާވައެވެ؟

މާޒީގައި އިންފަންޓީނޯ މެސީއަށް ފުރުސަތު ހޯދައިދިނުން

2022 ވަނަ އަހަރުގެ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ހަފުލާގައި، ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް ފީފާ މެންސް ޕްލޭޔަރ" އެވޯޑް ލިއޮނަލް މެސީއާ  ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަވާލުކޮށްދެއްވަނީ.
2022 ވަނަ އަހަރުގެ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ހަފުލާގައި، ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް ފީފާ މެންސް ޕްލޭޔަރ" އެވޯޑް ލިއޮނަލް މެސީއާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަވާލުކޮށްދެއްވަނީ. | ގެޓީ އިމޭޖަސް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބާއްވާ މުބާރާތްތަކުގައި މެސީ ބައިވެރިވުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށް ފެނެ އެވެ.

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި އަލްބަދަލު ކްލަބް ވޯލްޑް ކަޕަށް ބަލާލަމާ ހިނގާށެވެ.

މުބާރާތް ބާއްވާ ގައުމުން ބައިވެރިވާނީ ކޮން ޓީމެއްކަން ކަށަވަރުވުމުގައި ލަސްތަކެއް ކުރިމަތިވި އެވެ.

އާންމު އުސޫލުން ނަމަ، އެއީ 2025 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ. ސަބަބަކީ މިއީ ކާމިޔާބީގެ މައްޗަށް ބިނާކޮށް އެންމެ މޮޅު ޓީމުތައް ބައިވެރިވާ މުބާރާތަކަށް ވާތީ އެވެ.

ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.

އިންޓަ މިއާމީން 2024 ވަނަ އަހަރުގެ އެމްއެލްއެސް ސަޕޯޓާސް ޝީލްޑް (އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ދޭ އެވޯޑް) ކާމިޔާބުކުރި އެވެ.

އެކަމަކު، ޕްލޭ-އޮފް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އެލްއޭ ގެލެކްސީ އެވެ.

އެހެންނަމަވެސް، ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދިނީ އިންޓަ މިއާމީއަށެވެ.

މީގެ ސަބަބުން، އިންޓަ މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި އަލް އަހްލީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތު މެސީއަށް ލިބުނެވެ.

ވޯލްޑް ކަޕްގައި އާޖެންޓިނާ އަށް ފަހި މަގެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގައި، އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 10، ލިއޮނަލް މެސީ އެޓްލާންޓާ ސްޓޭޑިއަމްގައި އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގައި، އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 10، ލިއޮނަލް މެސީ އެޓްލާންޓާ ސްޓޭޑިއަމްގައި އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް

ފީފާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމަށް ކުޑަ ނަމަވެސް މުހިންމު ބަދަލެއް ގެނެސްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ ހަތަރު ގައުމު ކަމަށްވާ ފްރާންސް، އާޖެންޓީނާ، ސްޕެއިން އަދި އިންގްލެންޑް ހިމެނީ ވަކި ހަތަރު ކުއާޓާއެއްގަ އެވެ.

މި ގައުމުތަކުން ގްރޫޕްގެ އެއްވަނަ ހޯދައިފި ނަމަ (އެ ގައުމުތަކުން އެއްވަނަ ހޯދިއެވެ)، ސެމީ ފައިނަލާ ހަމައަށް އެއް ގައުމު އަނެއް ގައުމާ ބައްދަލެއް ނުކުރާނެ އެވެ.

ފްރާންސާއި ސްޕެއިން އޮތީ އެއް ފަޅީގަ އެވެ. އެހެންކަމުން އެ ދެ ޓީމު ސެމީގައި ބައްދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. އަނެއް ފަޅީގައި އޮތީ އާޖެންޓީނާ އާއި އިންގްލެންޑެވެ.

މިގޮތަށް ހެދުމުގެ ބޭނުމަކީ މުބާރާތުގެ ކުރީކޮޅު ބޮޑެތި ޓީމުތައް ބައްދަލުކުރުން މަދުކުރުމެވެ.

ނަމަވެސް، ގްރޫޕްތައް ނިމޭ ގޮތަކުން، މީގެ ސަބަބުން ބޮޑެތި ގައުމުތަކަށް ކުރިއަށްދާން ފަސޭހަ މަގުތަކެއް ލިބިގެންދެ އެވެ.

ނޮކްއައުޓް ބުރުގެ ފުރަތަމަ ދެ ބުރުގައި، ދުނިޔޭގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ޓީމުތައް ބައްދަލުކުރީ އެންމެ ދެ މެޗުގައެވެ. އެއީ ނެދަލެންޑްސް އާއި މޮރޮކޯ، އަދި ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗެވެ.

އާޖެންޓީނާއަށް ލިބިފައިވަނީ އެންމެ ފަސޭހަ މަގު ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑް އަދި 29 ވަނައިގައި އޮތް މިސްރު އަތުން އެ ޓީމު މޮޅުވީ ކިރިޔާ 3-2 އިންނެވެ.

ކުއާޓާ ފައިނަލްގައި ދެން އެ ޓީމު ނުކުންނާނީ ރޭންކިންގެ 19 ވަނައިގައި އޮތް ސްވިޒަލެންޑާ ދެކޮޅަށެވެ.

އިންގްލެންޑުން ސެމީ ފައިނަލާ ހަމައަށް ދާއިރު، އާޖެންޓީނާއާ ދިމާނުވާ ނަމަ، ރޭންކިންގެ ގަދަ 10 ގެ ޓީމަކާ ބައްދަލެއް ނުކުރާނެއެވެ. ނަމަވެސް އެ ޓީމަށް ވަނީ އަޒްޓެކާ ސްޓޭޑިއަމްގައި 14 ވަނައިގައި އޮތް މެކްސިކޯ ބަލިކުރަން ޖެހިފަ އެވެ.

ސްޕެއިން ވަނީ 5 ވަނައިގައި އޮތް ޕޯޗުގަލް ބަލިކޮށްފަ އެވެ. ދެން އެ ޓީމު ކުޅޭނީ 9 ވަނައިގައި އޮތް ބެލްޖިއަމާ ދެކޮޅަށެވެ. ފްރާންސް ކުއާޓާގައި ނުކުންނާނީ 7 ވަނައިގައި އޮތް މޮރޮކޯއާ ދެކޮޅަށެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އާޖެންޓީނާއަށެވެ.

ރެފްރީން އާޖެންޓީނާއަށް ރީނދޫ ކާޑު ދައްކަނީ މަދުންބާ؟

ކުއާޓާ ފައިނަލް މެޗުތަކަކީ ނުރައްކާ ބޮޑު މެޗުތަކެކެވެ. 17 ކުޅުންތެރިއަކު މިހާރުވެސް ތިބީ ރީނދޫ ކާޑެއްގެ މަތީގަ އެވެ. އެހެންކަމުން އިތުރު ކާޑެއް ލިބިއްޖެ ނަމަ ސެމީ ފައިނަލް މެޗު އެ ކުޅުންތެރިންނަށް ގެއްލޭނެ އެވެ.

ނަމަވެސް އާޖެންޓީނާއަށް މި ބިރު ކުޑައެވެ. ސެމީގައި އިންގްލެންޑް ނުވަތަ ނޯވޭއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ބިރު އޮތީ ހަމައެކަނި ގޮންޒާލޯ މޮންޓިއެލް އަށެވެ.

އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލްގެ ހަތަރު ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އޭގެ ތެރޭގައި ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ޖޫޑް ބެލިންހަމް އަދި ޑެކްލަން ރައިސް ހިމެނެ އެވެ.

މިހާތަނަށް އެންމެ މަދުން ރީނދޫ ކާޑު ލިބުނު ނޯވޭ ޓީމުގައި ކާޑެއް އޮތީ ހަމައެކަނި އެންޓޯނިއޯ ނޫސާ އަތުގަ އެވެ.

މިކަން ވަޒަންކުރުމަށްޓަކައި، ޓީމުތަކުން ކުރާ ފައުލްގެ އަދަދާއި ލިބޭ ކާޑުގެ އަދަދާ އަޅާކިޔަންޖެހެ އެވެ.

އާޖެންޓީނާއަށް ރީނދޫ ކާޑެއް ދައްކާފައިވަނީ ކޮންމެ 19.7 ފައުލަކަށެވެ.

ފައުލް ކުރާ ނިސްބަތުން އާޖެންޓީނާއަށްވުރެ މަދުން ކާޑު ލިބިފައިވަނީ ހަމައެކަނި ޗެކް ރިޕަބްލިކް (37.0)، ނޯވޭ (24.0) އަދި ޓިއުނީޝިއާ (27.0) އަށެވެ.

މުބާރާތުގައި މިހާރު ތިބި ޓީމުތަކުގެ ތެރެއިން އެންމެ ހަރުކަށިކޮށް ރެފްރީން އަމަލުކޮށްފައިވަނީ އިންގްލެންޑާ މެދުގަ އެވެ. އެ ޓީމަށް ކޮންމެ 7.7 ފައުލަކަށް ރީނދޫ ކާޑެއް ދައްކާފައިވެ އެވެ.

އާޖެންޓީނާއިން އިންގްލެންޑަށްވުރެ ގިނައިން ފައުލްކޮށްފައިވާއިރު، އެ ޓީމަށް ލިބިފައިވަނީ އިންގްލެންޑަށް ލިބުނު ކާޑުގެ ދެބައިކުޅަ އެއްބަ އެވެ.

މިއީ ފައުލް ކުރާ އަދަދަށް ބަލާއިރު، އާޖެންޓީނާއަށް ރެފްރީން ލުއި ދޭކަން ހާމަވާ ކަމެއް ކަމަށް ބެލެވިދާނެ އެވެ.

އާޖެންޓީނާއަށް ލިބޭ ޕެނަލްޓީތައް ދަނީ އިތުރުވަމުން

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ.

އެ މުބާރާތުގައި އެ ޓީމަށް ފަސް ޕެނަލްޓީ ލިބުނެވެ. މިއީ އެއް ވޯލްޑް ކަޕެއްގައި ޓީމަކަށް އެންމެ ގިނަ ޕެނަލްޓީ ލިބުނު ފަހަރެވެ.

2026 ވަނަ އަހަރުގެ މުބާރާތުގައިވެސް މިހާތަނަށް އެންމެ ގިނަ ޕެނަލްޓީ ލިބުނީ އާޖެންޓީނާއަށެވެ. އެ ޓީމަށް ތިން ޕެނަލްޓީ ލިބިފައިވާއިރު، އޮސްޓްރިއާ އަދި މިސްރު މެޗުގައި މެސީ ވަނީ ދެ ޕެނަލްޓީ ނާކާމިޔާބުކޮށްލާފަ އެވެ.

އިންގްލެންޑާއި ސްވިޒަލެންޑަށް ދެ ޕެނަލްޓީ ލިބިފައިވާއިރު، ބެލްޖިއަމް، ފްރާންސް އަދި ނޯވޭއަށް ލިބިފައިވަނީ އެންމެ ޕެނަލްޓީއެކެވެ.

މަސްދަރު: ބީބީސީ

ވޯލްޑް ކަޕްއާޖެންޓީނާލިއޮނެލް މެސީފީފާފުޓްބޯޅަ

އިތުރަށް ކިޔާލަން

08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިޞްރުގެ ފަރާތުން މި ޝަކުވާ ފީފާ އަށް ހުށަހަޅާފައި ވަނީ، މިޞްރުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ހާނީ އަބޫ ރީދާ.

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!

ވޯލްޑް ކަޕްގެ ގަދަ 16 ގައި މިޞްރުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މި މެޗުގައި މިޞްރުން ޖެހި ލަނޑެއް ވީއޭއާރް އިން ބާތިލުކުރުމާއި ރެފްރީގެ ބައެއް ނިންމުންތަކާ ގުޅިގެން ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދުނު ނަމަވެސް، މެސީ އާއި އެންޒޯގެ ލަނޑުތަކާއެކު އާޖެންޓީނާއިން ވަނީ މުބާރާތް ދިފާއުކުރުމުގެ އުންމީދު ދަމަހައްޓާފައި. މި ނަތީޖާއާއެކު މުހައްމަދު ސަލާހްގެ ވޯލްޑް ކަޕްގެ ދަތުރު ނިމުމަކަށް އައިއިރު، މިއީ އޭނާ ގައުމީ ޓީމަށް ކުޅެދޭނެ ފަހު މުބާރާތް ކަމަށް ބެލެވޭ.

08 ޖުލައި 2026
މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!
08 ޖުލައި 2026

އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!

މެޗަށް ފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުމުރުން 39 އަހަރުގައި މެސީ ކަހަލަ ކުޅުންތެރިޔަކު ފުޓުބޯޅަ ކުޅެމުން އަންނަނީ މިކަހަލަ ޖަޒުބާތީ ވަގުތު ތަކަށް ކަމަށް. މެސީގެ ކެރިއަރުގައި މިހާތަނަށް އައިއިރު، މިފަދަ އެތައް އިޙުސާސް ތަކެއް ކުރެވިފައި ހުންނާނެ ކަމަށް އޭނާ ބުނި.

08 ޖުލައި 2026
އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
08 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި، ޔުއެފާގެ އިތުރުން އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުން ވެސް ދަނީ އިންފަންޓީނޯ އަށް ފާޑު ކިޔަމުން. ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ، ވޯލްޑް ކަޕް އަކީ ސަޕޯޓަރުންގެ އެއްޗެއް ކަމަށް. އަދި އެއީ ޓްރަމްޕް ފަދަ ބޭފުޅުންގެ ނުފޫޒުގެ ތެރެއަށް ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެޑް ޑޭވީ ވިދާޅުވި. އެއާ އެކު އޭނާ ވަނީ، އިންފަންޓީނޯ ވަގުތުން މަގާމުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެފައި.

08 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ގަދަވަނީ!
08 ޖުލައި 2026

މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު

ވޯލްޑް ކަޕް އަކީ ބޭއިންސާފު މުބާރާތެއް ކަމަށާއި، އެ މުބާރާތުގެ މެޗުތައް ބަލައި ނުގަންނާނެ ކަަމަށް ވެސް ޙަސަން ބުނި. އަދި ފީފާ އިން ބޭނުން ވަނީ ވަކި ގޮތެއް ހަދަން ކަމަށް އޭނާ ބުނެފައިވޭ. އެއާ އެކު ޙަސަން ބުނީ ފީފާ އިން ބޭނުން ވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ތިބެން ކަމަށާއި، ފީފާ އިން ބޭނުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މުބާރާތުގައި ހުންނަން ކަމަށް.

08 ޖުލައި 2026
މިޞްރު ބޭރުކޮށްލީ ބޭއިންސާފުން، ފީފާ އިން ބޭނުން ވަނީ މެސީ ހުންނަން: މިޞްރުގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު