Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

9 ޖުލައި 2026 | ބުރާސްފަތި 09:08

ކޮލީނާ ވިދާޅުވީ، ފީފާގެ ރެފްރީންގެ ނިންމުން ތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވެސް ނުފޫޒު ނުފޯރުވޭނެ ކަމަށް. އަދި މިފަދަ އަސާސެއް ނެތް ތުހުމަތު ތަކުގެ ސަބަބުން ރެފްރީންނާއި، އެމީހުންގެ އާއިލާ ތަކަށް ނުރައްކާ ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 09:08
ފީފާގެ ރެފްރީންނާ ބެހޭ އިސްވެރިޔާ އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ރެފްރީ ޕިއަރްލުއީޖީ ކޮލީނާ.

ފީފާގެ ރެފްރީންނާ ބެހޭ އިސްވެރިޔާ އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ރެފްރީ ޕިއަރްލުއީޖީ ކޮލީނާ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިޞްރު ބައްދަލު ކުރި މެޗުގައި ރެފްރީންގެ ނިންމުންތައް ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް، ފީފާގެ ރެފްރީންނާ ބެހޭ އިސްވެރިޔާ އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ރެފްރީ ޕިއަރްލުއީޖީ ކޮލީނާ ދޮގު ކޮށްފި އެވެ. 

މުބާރާތުގައި އާޖެންޓީނާ އާއި މިޞްރު ބައްދަލު ކުރި މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ކޮލީނާ ވިދާޅުވެފައި ވަނީ، އެ މެޗުގައި ރެފްރީން އަމަލު ކޮށްފައި ވަނީ ފުރިހަމަ މިނިވަންކަމާ އެކު ކަމަށެވެ. 

ފީފާގެ ރަސްމީ ވެބްސައިޓުގައި ބުރާސްފަތި ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ކޮލީނާ ވިދާޅުވީ، ރެފްރީންނަށް ފާޑު ކިޔުމަކީ ފުޓުބޯޅައިގެ ބައެއް ނަމަވެސް، ރެފްރީންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މެޗު ތަކެއް ކުޅެން ޖެހުމުން ބައެއް ކަންކަން އުންމީދުކުރާ ގޮތަށް ނުދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ހާލަތް ތަކުގައި ރެފްރީން ތިބޭނީ ކުރިއަށް އޮތް މެޗު ތަކަށް ވެސް ތައްޔާރުވާން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

އެ މެޗުގައި މިޞްރުގެ މުސްތަފާ ޒީކީ ޖެހި ލަނޑު ބަކައި ނުގަންނަން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ނިންމިއިރު، އެކަމާ މިޞްރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. މިޞްރުން ބުނެފައި ވަނީ އެއީ ނެތް ފައުލެއް ދައްކައިގެން ކުރި ކަމެއް ކަމަށެވެ.

މި ތުހުމަތު ތަކަށް ރައްދު ދެއްވަމުން ކޮލީނާ ވިދާޅުވީ، ޒީކޯގެ ލަނޑު ބާތިލު ކުރަން ވީއޭއާރް އިން ނިންމީ ރަނގަޅަށް ކަމަށާއި، އެ ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ މާޓިނޭޒް އަށް މިޞްރުގެ ކުޅުންތެރިޔާ ފައުލް ކޮށްފައިވާ ކަމަށެވެ. އަދި މިޞްރުގެ މުޙައްމަދު ޞަލާޙު އާއި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްއާ ދެމެދު ހިނގި ކުރިމަތިލުމަކީ، ފުޓުބޯޅައިގައި އާންމުކޮށް ހިނގާ ކަމެއްގެ ގޮތުގައި ރެފްރީ އާއި ވީއޭއާރު އިން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮލީނާ އިތުރަށް ވިދާޅުވީ، ފީފާގެ ރެފްރީންގެ ނިންމުން ތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވެސް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި މިފަދަ އަސާސެއް ނެތް ތުހުމަތު ތަކުގެ ސަބަބުން ރެފްރީންނާއި، އެމީހުންގެ އާއިލާ ތަކަށް ނުރައްކާ ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ބައެއް ނިންމުން ތަކަކީ ބަލާ މީހާގެ ނަޒަރިއްޔާތުން ތަފާތު ވެދާނެ ކަންކަން ނަމަވެސް، މުޅި މުބާރާތުގައި ވީއޭއާރްގެ އުސޫލުތައް ތަންފީޒު ކުރެވުނު ގޮތާ މެދު ފީފާ އިން ހިތްހަމަ ޖެހޭ ކަމަށް ކޮލީނާ ވިދާޅުވި އެވެ.

އާޖެންޓީނާމިޞްރުޕިއެރްލުއިޖީ ކޮލީނާފުޓްބޯޅަވޯލްޑް ކަޕް

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!

08 ޖުލައި 2026
މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މިޞްރު ކަޓުވާލައި، ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލް އަށް
07 ޖުލައި 2026

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން

07 ޖުލައި 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން
07 ޖުލައި 2026

މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

07 ޖުލައި 2026
މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ
07 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟

07 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟
06 ޖުލައި 2026

އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި

06 ޖުލައި 2026
އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް