Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

8 ޖުލައި 2026 | ބުދަ 08:16

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ އެމެރިކާއިން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވެސް ވަނީ ބަހްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައި. މި ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދޭއް އިންސައްތައަށް ވުރެ މައްޗަށް އުފުލިފައިވާއިރު، އީރާނުން ވަނީ އެމެރިކާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 08:16
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށްފަހު ދަތުރުކުރި އިންޑިއާގެ ދިދަ ޖަހާފައިވާ "ދޭޝް ގަރީމާ" ނަމަކަށް ކިޔާ ތެޔޮު ޓޭންކަރުން، ތެޔޮ ބޭލުމަށް ޚާއްސަކޮށްފައިވާ ޓާމިނަލަކަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ހުސްކުރަނީ.

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށްފަހު ދަތުރުކުރި އިންޑިއާގެ ދިދަ ޖަހާފައިވާ "ދޭޝް ގަރީމާ" ނަމަކަށް ކިޔާ ތެޔޮު ޓޭންކަރުން، ތެޔޮ ބޭލުމަށް ޚާއްސަކޮށްފައިވާ ޓާމިނަލަކަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ހުސްކުރަނީ. | ގެޓީ އިމޭޖަސް

އީރާނަށް އަމާޒުކޮށް އެމެރިކާއިން އަލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދޭއް އިންސައްތައަށް ވުރެ މައްޗަށް ގޮސް، އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ބޮޑު ލޮޅުމެއް އަތުވެއްޖެ އެވެ. މި ހަމަލާތަކާއެކު، ދުނިޔޭގެ އިގްތިސާދީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ހަމަލާތައް ދޭން ފެށީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެންނެވެ. ނަމަވެސް، އެ އުޅަނދުތަކަށް ދިން ހަމަލާގެ ޒިންމާ އީރާނުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ގޭޝްމް އައިލެންޑާއި، ބަންދަރު އައްބާސްގެ އިތުރުން ސިރިކް އަށެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބަހްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ޣާލިބާފް ވަނީ، މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމާ އެމެރިކާއިން ބޮޑުތަނުން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ގެނައި ބަދަލުތަކާ އެމެރިކާއިން ޚިލާފުވެ، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދިނުމުގެ އިތުރުން، އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ވަނީ އަލުން އިއާދަކޮށްފައެވެ. "ބިރުދެއްކުމާއި މަޖުބޫރުކުރުވުމުގެ ޒަމާން މިހާރު ވަނީ މާޒީވެފައި. އޭގެއިން ލިބޭނެ ކުރިއެރުމެއް ނެތް. އަހަރެމެން ފަހަތަކަށް ނުޖެހޭނަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣާލިބާފް ވިދާޅުވިއެވެ.

މި ހަމަަނުޖެހުންތަކާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނު ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 2.6 އިންސައްތަ މައްޗަށް ގޮސް، 76.09 ޑޮލަރަށް ވަނީ އަރާފަ އެވެ. އަދި އެމެރިކާގެ ތެލުގެ އަގުތައް ވެސް 2.6 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 72.25 ޑޮލަރަށް އުފުލިފަ އެވެ.

ފާއިތުވި ހަފުތާތަކުގައި ތެލުގެ އަގުތައް ހުރީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގުތައް ހުރި މިންވަރަށް ދަށްވެފަ އެވެ.

އީރާން-އެމެރިކާމުހައްމަދު ޣާލިބާފްބްރެންޓް ކުރޫޑްތެލުގެ އަގުހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
08 ޖުލައި 2026

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް