Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ

8 ޖުލައި 2026 | ބުދަ 09:31

މި ހަމަލާތަކާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހައިގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައި. މީގެ އިތުރުން އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އެ ގައުމާއެކު އިތުރަށް މުއާމަލާތް ކުރުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 09:31

އީރާނުގެ ބަނދަރުމަތީ ސިޓީއަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުވެއްޖެ | ސްކްރީން އިމޭޖް

އެމެރިކާއިން އީރާނުގެ ބަނދަރުމަތީ ރަށަކަށް ދިން ހަމަލާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި އީރާނުގެ ބަންދަރު އައްބާސް ސިޓީއަށް އަމާޒުކޮށް އެމެރިކާއިން ދިން ގިނަ ހަމަލާތަކެއް ވީޑިއޯއަށް އަރާފައިވާއިރު، އެ ސިޓީގެ އިމާރާތްތަކުން ބޮޑެތި ގޮވުންތަކުގެ އަޑު އިވި، އަލިފާންގަނޑު މައްޗަށް އަަރަމުންދާ މަންޒަރު ފެނެ އެވެ.

އާންމުވެފައިވާ ވީޑިއޯ ފުޓޭޖްތަކުން އެމެރިކާގެ ހަމަލާތައް އަމާޒުކުރީ ސީދާ ކޮން ތަނަކަށް ނުވަތަ ކޮން އަމާޒަކަށް ކަމެއް ސާފެއް ނުވެ އެވެ.

އީރާނުގެ ބަނދަރު ސިޓީ އަށް އެމެރިކާއިން ބާރުގަދަ ހަމަލާތަކެއް ދޭ މަންޒަރު

އަންކާރާގައި ކުރިއަށްދާ ނޭޓޯ ސަމިޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އީރާނާއެކު ވެފައިވާ ފަހުމުނާމާ މިހާރު "އުވާލެވިފައިވާ" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެމީހުންނާއެކު މުއާމަލާތް ކުރުމަކީ ހަމައެކަނި ވަގުތު ބޭކާރު ކުރުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރާއި ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރުތައް ހިމެނޭހެން ތިން އުޅަނދަކަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނަށް އަމާޒުކޮށް "ބާރުގަދަ ހަމަލާތަކެއް" ދީފައިވާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހަމަލާތަކަށް ރައްދު ދެމުން އީރާނުން ބުނީ، އެ ގައުމުގެ ހުރްމޮޒްގާން ޕްރޮވިންސަށާއި ބަނދަރުމަތީ ރަށެއް ކަމަށްވާ މަހްޝަހްރަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އަސްކަރީ 85 މަރުކަޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރައިނާއި ކުވެއިތުގައި ވަނީ ނުރައްކަލުގެ ސައިރަންގެ އަޑު ގުގުމާލާފަ އެވެ.

މީގެ އިތުރުން، ޖޫން މަހުގެ 17 ވަނަ ދުވަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަވެސް އެމެރިކާއިން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

އީރާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ބުޝެހްރުގައި ހުންނަ އެ ގައުމުގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީއެއް ކަމަށްވާ "ފާސް" ނިއުސް އެޖެންސީން ބުޝެހްރު ޕްރޮވިންސްގެ ގަވަރުނަރުގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޕްރޮވިންސްގައި ހުރި އަސްކަރީ ދެ މަރުކަޒަކަށް ހަމަލާދީފައިވަނީ ދުޝްމަނުން ފޮނުވާލި މިސައިލް ނުވަތަ ރޮކެޓް ފަދަ އާލާތްތަކެއް ބޭނުންކޮށްގެންނެވެ.

އެމެރިކާ-އީރާން

އިތުރަށް ކިޔާލަން

07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
02 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

02 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި
02 ޖުލައި 2026

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ

02 ޖުލައި 2026
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ
02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
27 ޖޫން 2026

އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް

27 ޖޫން 2026
އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް