Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރު

ކަނޑު ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޤަތަރުން ދީފި

5 ޖުލައި 2026 | އާދީއްތަ 13:21

މިދިޔަމިނިސްޓްރީގެ ބަޔާނުގައި ކަނޑު ދަތުރު ފަތުރު ކުރާ ހުރިހާ ފަރާތް ތަކަކަށް އިލްތިމާސްކޮށްފައި ވަނީ، ދަތުރު ތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖަ އަށް ކަށަވަރު ކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުންދާ ކަނޑު ދަތުރު ފަތުރުގެ ގަވާއިދު ތަކާއި، އުސޫލު ތަކަށް ފުރިހަމަ އަށް ބޯލެނބުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 13:21
ޤަތަރުގެ ވެރި ރަށް ދޯހާގެ އުސް އިމާރާތް ތަކާއި، އެ ޤައުމުގެ ޤައުމީ ދިދަ ވިހުރެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް.

ޤަތަރުގެ ވެރި ރަށް ދޯހާގެ އުސް އިމާރާތް ތަކާއި، އެ ޤައުމުގެ ޤައުމީ ދިދަ ވިހުރެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް. | ރޮއިޓާސް

ޤަތަރުގެ ކަނޑުގެ ސަރަހައްދުގައި މެދު ކަނޑާލާފައިވާ ހުރިހާ ހަރަކާތް ތަކެއް އަލުން ފެށުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ޤަތަރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އާދީއްތަ ދުވަހުން ފެށިގެން ކަނޑު ދަތުރު ފަތުރުގެ ހުރިހާ ހަރަކާތް ތަކެއް އަލުން ފެށުމަށް ހުއްދަ ދީފައިވާ ކަމަށެވެ. މިއީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން މަސްވެރި އުޅަނދު ފަހަރާއި، އާންމު ދަތުރު ފަތުރު ކުރާ ބޯޓު ފަހަރު ދަތުރު ކުރުން މަނާކޮށް ނެރުނު އެންގުން ބާތިލުކޮށް ނިންމި ނިންމުމެކެވެ.

ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ވެސް ވިޔަފާރި މުދާ އުފުލާ ބޮޑެތި އުޅަނދު ފަހަރަށް ދަތުރު ކުރުމުގެ ހުއްދަ އޮތެވެ.

މިނިސްޓްރީގެ ބަޔާނުގައި ކަނޑު ދަތުރު ފަތުރު ކުރާ ހުރިހާ ފަރާތް ތަކަކަށް އިލްތިމާސްކޮށްފައި ވަނީ، ދަތުރު ތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖަ އަށް ކަށަވަރު ކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުންދާ ކަނޑު ދަތުރު ފަތުރުގެ ގަވާއިދު ތަކާއި، އުސޫލު ތަކަށް ފުރިހަމަ އަށް ބޯލެނބުމަށެވެ.

ޖޫން މަހުގެ ފަހު ކޮޅު ކަނޑުގެ ހަރަކާތްތައް ކުއްލި ގޮތަކަށް މެދުކަނޑާލި ސަބަބެއް ޤަތަރުގެ ސަރުކާރުން ރަސްމީކޮށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މި ފިޔަވަޅު އަޅާފައި ވަނީ އެ ސަރަހައްދުގައި ހިނގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރޭގައި ގޮވި އެއްޗެއްގެ އެތިކޮޅު ތަކުން ޖެހި، ޒަހަމްވި ޤަތަރުގެ ރައްޔިތަކު މަރުވިކަން އެ ޤައުމުން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.

މަރުވި މީހާ އަކީ އޭނާ ދަތުރުކުރި އުޅަނދުގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނު މީހެކެވެ. ޤަތަރުން ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ އެ ސަރަހައްދުގައި ކުރިއަށް ދިޔަ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ކަމަށެވެ.

އާދީއްތަ ދުވަހު ނެރުނު އައު އަމުރާ އެކު، ޤަތަރުގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމާއި އާންމު ދަތުރު ފަތުރުގެ ހަރަކާތްތައް މިހާރު ވަނީ އާންމު ހާލަތަކަށް ރުޖޫއަވެފައި އެވެ.

މަސްދަރު: ރޮއިޓާސް

ގަތަރުޤަތަރުގެ ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ގަތަރަށް ދިވެހިރާއްޖެ އިން ކަނޑައެޅި އައު ސަފީރު އާދަމް ޝަރީފް ފަތްކޮޅު އަރުވައިފި

02 ޖުލައި 2026
ގަތަރަށް ދިވެހިރާއްޖެ އިން ކަނޑައެޅި އައު ސަފީރު އާދަމް ޝަރީފް ފަތްކޮޅު އަރުވައިފި
02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
01 ޖުލައި 2026

ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި

01 ޖުލައި 2026
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
22 ޖޫން 2026

ގަތަރުގެ ގޭސް ޕްލާންޓެއް ގޮވައި 18 މީހަކު ގެއްލި، 54 ޒަޚަމް

22 ޖޫން 2026
ގަތަރުގެ ގޭސް ޕްލާންޓެއް ގޮވައި 18 މީހަކު ގެއްލި، 54 ޒަޚަމް
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް