Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް

އެ ތަނަކީ ސްކޫލެއްކަން އެމެރިކާގެ އެނަލިސްޓުންނަށް ކުރިން އެނގިފައި އޮތް ނަމަވެސް، ޑޭޓާބޭސްތައް ގުޅިފައި ނެތުމުގެ ސަބަބުން އެ މައުލޫމާތު ކޮމާންޑަރުންނާ ހަމައަށް ފޯރާފައެއް ނުވޭ. މި ހާދިސާގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ކަށަވަރު ނުވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 17:22
ތެހެރާންގެ މައި މައިދާނެއްގައި، މިނާބް ސްކޫލުގެ ކުދިން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ކްލާސްރޫމެއްގެ ހަނދާނީ ބިނާއެއް 2026 ވަނަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ދައްކާލަނީ.

ތެހެރާންގެ މައި މައިދާނެއްގައި، މިނާބް ސްކޫލުގެ ކުދިން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ކްލާސްރޫމެއްގެ ހަނދާނީ ބިނާއެއް 2026 ވަނަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ދައްކާލަނީ. | ގެޓީ އިމޭޖަސް

އީރާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ މިނާބުގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވީ، ހަމަލާދޭނެ ތަންތަން ކަނޑައެޅުމަށް ޕެންޓަގަންއިން ބޭނުންކުރާ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފި އެވެ. ބްލޫމްބާގުން މިކަން ހާމަކޮށްފައިވަނީ އެ ހާދިސާގެ ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި އަސްކަރީ ކެމްޕޭންގެ ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ 28 ވަނަ ދުވަހު ދިން މި ހަމަލާގައި، އުމުރުން 6 އަހަރާއި 13 އަހަރާ ދެމެދުގެ 120 އަށްވުރެ ގިނަ ދަރިވަރުންނާއި 26 މުދައްރިސުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ބްރެޑް ކޫޕާގެ އަމުރަށް މި ހާދިސާ ތަހުގީގުކޮށް ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް، އެ ތަހުގީގުގެ ނަތީޖާ މިހާތަނަށް އާންމުކޮށްފައި ނުވާ ކަމަށް ބްލޫމްބާގުން ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.

ބްލޫމްބާގްގެ މަސްދަރުތަކުން ބުނާ ގޮތުގައި، 2019 ވަނަ އަހަރު އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓަކު އީރާނުގެ ހަމަލާ ދޭނެ ތަންތަނާ ބެހޭ މައުލޫމާތު ދިރާސާކުރިއިރު، މިނާބުގައި ހުރި އެ ސައިޓަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބޭނުންކުރާ ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް، އެއީ އަސާސީ ތައުލީމުދޭ ސްކޫލެއްކަން ވަނީ ދެނެގަނެފަ އެވެ.

ނަމަވެސް، އެ އެނަލިސްޓް މި މައުލޫމާތު އަދާހަމަކުރުމަށް ބޭނުންކުރީ ޕެންޓަގަންއިން ހަމަލާތައް ރޭވުމަށް ބޭނުންކުރާ ރަސްމީ އިންޓެލިޖެންސް ޑޭޓާބޭސްއާ ގުޅިފައިނުވާ ޑިޖިޓަލް ވަސީލަތެއް ކަމަށްވާތީ، އެ މައުލޫމާތު އޭނާގެ އިސްވެރިންނަށް ފެނިފައެއް ނުވެ އެވެ. އެހެންކަމުން، އެއީ ސްކޫލެއްކަމުގެ މައުލޫމާތު އެމެރިކާގެ އަސްކަރީ ކޮމާންޑަރުންނާ ހަމައަށް ފޯރާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނި ގޮތުގައި، ހަމަލާދޭނެ ތަންތަން ދެނެގަތުމަށް ޕެންޓަގަންއިން ބޭނުންކުރާ ނިޒާމުގައި "ބޮޑެތި އަދި ދުވަސްވީ މައްސަލަތަކެއް" އެބަހުއްޓެވެ.

އެ ފަރާތްތަކުން ހާމަކުރި ގޮތުގައި، ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން އެނަލިސްޓުން މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ދެ އިންޓެލިޖެންސް ޑޭޓާބޭސްއެއް، ބޮން އެޅުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ރަސްމީ ޑޭޓާބޭސްއާ ގުޅިފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، މިނާބަށް ދިން ހަމަލާގެ އަސްލު ޒިންމާ އުފުލަންޖެހޭ ފަރާތެއް ދުވަހަކުވެސް ކަށަވަރު ނުވެދާނެ ކަމަށެވެ.

"އެ ވަގުތު ހުރިހާ ދިމާލަކުން މިސައިލްތައް ދަތުރުކުރަމުންދިޔަ، އަދި ހިނގައިދިޔައީ ވަރަށް ބިރުވެރި ކަމެއް. ބައެއް މީހުން ބުނަނީ އެއީ އަހަރެމެންގެ މިސައިލެކޭ، އެކަމަކު އެއީ އަހަރެމެންގެ މިސައިލެއް ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ހެއްކެއް އަދި ނުފެނޭ،" ޓްރަމްޕް ވިދާޅުވި އެވެ.

މާޗް މަހުގެ ފަހުކޮޅު އދ. ގައި ބޭއްވި ބަހުސެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އަންހެން ކުދިންގެ ސްކޫލަށް ދީފައިވަނީ "ރޭވުންތެރިކަމާއެކު ދިން ހަމަލާއެއް" ކަމަށެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާ އެއްގެ އިތުރުން އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށާއި، އެންމެހާ ފަރާތްތަކުން މިކަން ކުށްވެރިކޮށް، މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޖީއޯއެއް ކަމަށްވާ 'އެއާވޯސް' ގެ ވެރިޔާ އެމިލީ ޓްރިޕް ބްލޫމްބާގަށް މައުލޫމާތު ދެމުން ބުނީ، މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ އާންމުންނަށް ގެއްލުން ލިބުނު 300 އެއްހާ ހާދިސާ އެ ޖަމިއްޔާއިން މޮނިޓަރ ކުރި ކަމަށެވެ. ނަމަވެސް، އެ ހަމަލާތަކުގެ ޒިންމާ އުފުލަންޖެހެނީ އެމެރިކާއިންތޯ ނުވަތަ އިސްރާއީލުންތޯ ކަނޑައެޅުމަކީ އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރި އެވެ.

މަސްދަރު: ބްލޫމްބާގް

އީރާންމިނާބްއެމެރިކާ-އީރާންޕެންޓަގަން

އިތުރަށް ކިޔާލަން

27 ޖޫން 2026

ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި

27 ޖޫން 2026
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
25 ޖޫން 2026

އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން

25 ޖޫން 2026
އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން
25 ޖޫން 2026

ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި

25 ޖޫން 2026
ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން

24 ޖޫން 2026
އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން
24 ޖޫން 2026

އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ

24 ޖޫން 2026
އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ
24 ޖޫން 2026

އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

24 ޖޫން 2026
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު