Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާބޯޓު ހާދިސާ

ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ

8 ޖުލައި 2026 | ބުދަ 07:35

ޔޫއޭއީގެ ޝާރްޖާއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި "ކޭ2 އެއާވޭސް" ގެ ކާގޯ ބޯޓެއްގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެ، ފަސް ފަޅުވެރިންނާއެކު ގެއްލުމާ ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށާފައި. ބޮއިންގް 737 މަރުކާގެ މި ބޯޓު ކުއްލިއަކަށް ތިރިވާން ފެށުމަށްފަހު ރޭޑާރުން ގެއްލިފައިވާއިރު، ބޯޓު ހޯދުމުގެ އޮޕަރޭޝަނުގައި އެ ގައުމުގެ ނޭވީއާއި އެއާފޯސް އިން ދަނީ ހަރަކާތްތެރިވަމުން.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 07:35
ކޭ2 އެއާވޭސް އަކީ ޕާކިސްތާނުގެ ކަރާޗީގައި ގާއިމުކޮށްފައިވާ އަމިއްލަ ކާގޯ އެއާލައިނެއް.

ކޭ2 އެއާވޭސް އަކީ ޕާކިސްތާނުގެ ކަރާޗީގައި ގާއިމުކޮށްފައިވާ އަމިއްލަ ކާގޯ އެއާލައިނެއް. | ކޭޓޫ އެއަރވޭސް

ޕާކިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގެ އައްސޭރިފަށުން، ފަސް ފަޅުވެރިންނާއެކު ދަތުރުކުރި ކާގޯ މަތިންދާ ބޯޓެއް ގެއްލުމާ ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގެ އޭވިއޭޝަން އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އެއާޕޯޓް އޮތޯރިޓީން ބުނި ގޮތުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ މި ބޯޓު، ވަރަށް ބާރުމިނުގައި ތިރިވާން ފެށުމަށްފަހު އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ގުޅުން ކެނޑިފައިވަނީ އަންގާރަ ދުވަހުގެ ރޭ، އެ ގައުމުގެ ގަޑިން 21:21 (ޖީއެމްޓީން 16:21) ގައެވެ.

އެއާޕޯޓް އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ތިރިވާން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބޯޓުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ބޯޓަކީ ކަރާޗީގައި ހުންނަ އަމިއްލަ ކާގޯ އެއާލައިނެއް ކަމަށްވާ "ކޭ2 އެއާވޭސް" އިން އޮޕަރޭޓްކުރާ ބޯޓެކެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އެ އެއާލައިން އުފައްދާފައިވަނީ 2018 ވަނަ އަހަރު އެވެ. ބުދަ ދުވަހު ކޭ2 އެއާވޭސް އިން ނެރުނު ބަޔާނެއްގައި، ބޯޓުގައި ތިބި ފަސް ފަޅުވެރިންގެ މައުލޫމާތު ހާމަކޮށްފައިވާއިރު، ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފްލައިޓްތައް ޓްރެކްކުރާ ޕްލެޓްފޯމެއް ކަމަށްވާ "ފްލައިޓްރޭޑާ24" ގެ ވަގުތީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ބޯޓު ކުއްލިއަކަށް ތިރިވާން ފެށުމުގެ ކުރިން، ބޯޓު އުދުހެމުންދިޔަ އުސްމިނަށް ބޮޑެތި ބަދަލުތަކެއް އައިކަން ވަނީ ފާހަގަކުރެވިފަ އެވެ.

ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ނޭވީއާއި އެއާފޯސް ހިމެނޭހެން ސަރުކާރުގެ އެކި އިދާރާތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެއާޕޯޓް އޮތޯރިޓީން ބުނެ އެވެ.

ޕާކިސްތާނުގައި މީގެ ކުރިން ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއަކީ 2020 ވަނަ އަހަރު އެ ގައުމުގެ އެތެރެވަރީގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓަކަށް ދިމާވި ހާދިސާ އެވެ. އެ ހާދިސާގައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ބޯޓެއް ކަރާޗީ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، ބޯޓުގައި ތިބި 99 މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެން ވަނީ މަރުވެފަ އެވެ.

މަސްދަރު: ބީބީސީ

ޕާކިސްތާންކޭ2 އެއާވޭސްބޯއިންގ 737މަތިންދާބޯޓު ހާދިސާ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި

07 ޖުލައި 2026
ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
03 ޖުލައި 2026

އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި

03 ޖުލައި 2026
އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި
03 ޖުލައި 2026

ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ

03 ޖުލައި 2026
ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
30 ޖޫން 2026

ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ

30 ޖޫން 2026
ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ
28 ޖޫން 2026

ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

28 ޖޫން 2026
ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ
28 ޖޫން 2026

ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ

28 ޖޫން 2026
ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
27 ޖޫން 2026

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

27 ޖޫން 2026
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް