Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި

7 ޖުލައި 2026 | އަންގާރަ 08:46

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގައި ހަނގުރާމަވެރިން ދިން މި ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި 15 ހަނގުރާމަވެރިން ވަނީ މަރާލާފައި. މި ހަމަލާގެ ތުހުމަތު ބަލޮޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އަށް ކުރެވޭއިރު، އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގޮވާލައި އާންމުން ދަނީ މުޒާހަރާ ކުރަމުން.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 08:46
ޕާކިސްތާނުގެ ގުއެޓާގައި ހަނގުރާމަވެރިން ދިން ހަމަލާތަކާ ގުޅިގެން ގެއްލުންތައް ލިބިފައި ހުރި ސަރަހައްދެއްގައި، 2026 ފެބްރުއަރީ 1 ވަނަ ދުވަހު ފުލުހަކު ހިނގާފައި ދަނީ.

ޕާކިސްތާނުގެ ގުއެޓާގައި ހަނގުރާމަވެރިން ދިން ހަމަލާތަކާ ގުޅިގެން ގެއްލުންތައް ލިބިފައި ހުރި ސަރަހައްދެއްގައި، 2026 ފެބްރުއަރީ 1 ވަނަ ދުވަހު ފުލުހަކު ހިނގާފައި ދަނީ. | ރޮއިޓާސް

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ހުރި ފުލުހުންގެ މަރުކަޒަކަށް ރޭގަނޑުގެ ވަގުތެއްގައި އެތައް ބަޔަކު ހިމެނޭ ހަތިޔާރު އެޅި ހަނގުރާމަވެރި ގުރޫޕަކުން ދިން ވަރުގަދަ ހަމަލާއެއްގައި، ފުލުހުންގެ ނުވަ އޮފިސަރަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. މިއީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައި ހިނގި ނުރައްކާތެރި ހާދިސާއެކެވެ.

ބަލޮޗިސްތާން ޕްރޮވިންސްގެ ޒިއާރަތު ޑިސްޓްރިކްޓްގެ އެކަހެރި ސަރަހައްދެއްގައި ހިނގި މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ހަމަލާދިން މީހުން ފުލުހުންގެ އަށް އޮފިސަރަކު ރަހީނުކޮށްގެން ގެންދިޔަ ކަމަށާއި، ފަހުން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން އެ އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ބަލޮޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދު ވިދާޅުވި އެވެ.

ޝާހިދު ރިންދު އިތުރަށް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގި ކްލިއަރެންސް އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންގެ 15 މީހަކު މަރާލާފައިވާ ކަމަށެވެ. އަދި ހަނގުރާމަވެރިންނާ ދެކޮޅަށް އިންޓެލިޖެންސްގެ އެހީގައި ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށާއި، ސަލާމަތީ ބާރުތަކަށް އަމާޒުކޮށްދޭ މިފަދަ ކޮންމެ ހަމަލާއަކަށް ހަރުކަށި ރައްދުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، މިކަމުގެ ތުހުމަތު ބޮޑަށް އަމާޒުވަނީ މަނާކޮށްފައިވާ ބަލޮޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އަށެވެ.

މިދިޔަ ހަފްތާ ބަންދުގައި ދުވަސްތަކުގައި ޖިވާނީގެ އައްސޭރިފަށުގެ ރަށެއްގައި ހުރި ސަލާމަތީ މަރުކަޒަކަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގެ ޒިންމާ ބީ.އެލް.އޭ އިން ވަނީ އުފުލާފަ އެވެ. ނަމަވެސް ސަރުކާރުން އެކަން ކަށަވަރުކޮށްދީ ނުވަތަ ދޮގުކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ މި ހަމަލާގެ އިލްޒާމް އަޅުވާފައިވަނީ އިންޑިއާގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިންގެ ބޮލުގަ އެވެ. ނަމަވެސް އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެ އެވެ. ބަލޮޗިސްތާނުގެ ވަކިވެގަންނަން އުޅޭ ގުރޫޕުތަކަށް ނުވަތަ ޕާކިސްތާނުގެ ތާލިބާނުންނަށް އިންޑިއާއިން އެހީތެރިވާ ކަމަށް ޕާކިސްތާނުން ކުރާ ތުހުމަތުތައް އިންޑިއާއިން ތަކުރާރުކޮށް ދޮގުކުރެ އެވެ.

ޕާކިސްތާނުގެ ތާލިބާނުން ނުވަތަ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) ގެ ވަރުގަދަ ހަރަކާތްތަކެއް ބަލޮޗިސްތާނުގައި އޮންނައިރު، އެ ޖަމާއަތުން ވެސް ދަނީ އެ ސަރަހައްދުގައި ހަމަލާތައް ދެމުންނެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު ޕްރޮވިންސް ކަމަށްވާ ބަލޮޗިސްތާނަކީ، ވަކިވެގަންނަން މަސައްކަތްކުރާ ގުރޫޕުތަކާއި ޕާކިސްތާނު ތާލިބާނުންގެ ހަމަލާތައް އާންމުކޮށް ކުރިމަތިވާ ސަރަހައްދެކެވެ. 2019 ވަނަ އަހަރު އެމެރިކާއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބީ.އެލް.އޭ އިން ވަނީ ފާއިތުވި އަހަރުތަކުގައި އެ ޕްރޮވިންސްގެ އެކި ހިސާބުތަކުގައި ސަލާމަތީ ބާރުތަކަށާއި އާންމުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ.

ޕާކިސްތާންބަލޮޗިސްތާންބަލޮޗިސްތާން ލިބަރޭޝަން އާމީޕާކިސްތާން-އިންޑިއާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
03 ޖުލައި 2026

އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި

03 ޖުލައި 2026
އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި
03 ޖުލައި 2026

ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ

03 ޖުލައި 2026
ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
30 ޖޫން 2026

ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ

30 ޖޫން 2026
ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ
27 ޖޫން 2026

ޕާކިސްތާނުގެ ފެން ކޯރުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް