Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

4 ޖުލައި 2026 | ހޮނިހިރު 08:34

ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތު ސެކިއުރިޓީ ނުދޭން 241 ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް. އޭނާ ވިދާޅުވި ގޮތުގައި ވަކި ގާނޫނަކުން ކަށަވަރުކޮށްދޭ ރައްކާތެރިކަމެއް ކޮމިޓީއަކަށް ނިގުޅައެއް ނުގަނެވޭނެ ކަމަށާއި، މިފަދަ ބަދަލެއް ގެނެވޭނީ މުޅި މަޖިލީހުން ގާނޫނު އިސްލާހުކޮށްގެން. މީގެ އިތުރުން، މިއީ ސަރުކާރު ބޭޒާރުވެދާނެތީ ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ސަރުކާރުގެ އަގުވެއްޓޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2026 | ހޮނިހިރު 08:34
ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025.

ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025. | ރާއްޖެއެމްވީ

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) އަށް ނުނިންމޭނެ ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީން އެގޮތަށް އެކަން ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މުޒާހަރާ ކުރުމަކީ ކޮންމެ ދިވެއްސަކަށް ލިބޭ ހައްގެއް ކަމަށާއި، އެ ހައްގަށް ހުރަސް ނޭޅޭނެ ކަމަށެވެ. 

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން 241 ކޮމެޓީން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ 241 ކޮމެޓީއަށް އެ ގޮތަށް ނުނިންމޭނެ ކަމަށާއި، ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް ނިންމޭނީ ގާނޫނު އަސާސީ ބަދަލު ކޮށްގެން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ވަކި ޚާއްސަ ބަޔަކަށް ޚާއްސަ ގާނޫނަކުން ސަލާމާއި ރައްކާތެރިކަން ފޯރުކޮށްދޭއިރު، 241 ކޮމެޓީއަށް ވެސް އެކަން ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި އެހެން ކޮމެޓީއަކަށް ވެސް އެމަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ކޮމެޓީން މިފަދަ ނިންމުމެއް ނިންމަން މަސައްކަތް ކުރަނީ މާ ބޮޑަށް މިސަރުކާރު ބޭޒާރު ވެދާނެތީ ކަމަށާއި، އެ ވާހަކަތައް މާގިނައިން ރަށު ތެރޭގައި ދެކެވޭނެތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެސް މިސަރުކާރުގެ އަގު ވެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ގާނޫނަށް އެ ބަދަލު ނުގެނެސް ހަމަ 241 ކޮމެޓީ ގައި ނުނިންމޭނެ އިނގޭތޯ. 241 ކޮމެޓީން ނިންމާ ނިންމުންތަކަކީ އެގޮތަކަށް އެއީކީ ގާނޫނެއް ނޫންތޯ؟ ގާނޫނަކަށް ބަދަލެއް ނުގެނެވޭނެ 241 ކޮމެޓީއަކަށް އަމިއްލަ އަކަށް. މުޅި ރައްޔިތުންގެ މަޖިލީހުގައި ހަމަ ބިލެއް ހުށަހަޅައިގެން އެ ގާނޫނަށް ބަދަލު ގެނެސްގެން އެކަން ކުރަންޏާ ކުރެވޭނެ. ދެން އެގޮތަށް ކުރީމާ، ދެން އެ ދެން އަޅުގަނޑުމެން ސުވާލުކުރާނީ އެއީ، އެއީ އިންސާފުވެރި ގާނޫނެއްތޯ ނުވަތަ ނޫންތޯ ނުވަތަ ގާނޫނުއަސާސީ ތައާރުޒްވޭތޯ ނޫންތޯ ތެދެއްތޯ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން 

އަލީ ހުސެއިން ވިދާޅުވީ ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް ނިންމައިފިނަމަ މާދަމާ ރައީސް މުއިއްޒަށް ވެސް އެ ހިމާޔަތާއި ރައްކާތެރިކަން ނުލިބޭ ކަމަށެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސް241 ކޮމިޓީގާނޫނީ ވަކީލު އަލީ ހުސެއިން

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް