Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޚާމަނާއީގެ ޖަނާޒާގައި ތިން ދަރިކަލުން، މުޖުތަބާ ފެންނާކަށް ނެތް!

5 ޖުލައި 2026 | އާދީއްތަ 09:51

އީރާންގެ ދައުލަތުގެ މީޑިއާ އިން ދެއްކި މަންޒަރު ތަކުން ފެންނަ ގޮތުގައި، ވެރި ރަށް ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި ބޭއްވި ކަށު ނަމާދުގެ ރަސްމިއްޔާތުގައި ޚާމަނާއީގެ ތިން ފިރިހެން ދަރިކަލުން ކަމަށްވާ މުސްޠަފާ، މައިސަމް އަދި މަސްއޫދު ޚާމަނާއީ ވަނީ ބައިވެރިވެ ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 09:51
އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަވަހާރަވި އެހެން ބޭފުޅުންގެ ސަންދޯއްތައް، ބިއްލޫރި ފޮއްޓެއްގައި ފެންނާނެހެން ބަހައްޓާފައި ހުރި މަންޒަަރު.

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަވަހާރަވި އެހެން ބޭފުޅުންގެ ސަންދޯއްތައް، ބިއްލޫރި ފޮއްޓެއްގައި ފެންނާނެހެން ބަހައްޓާފައި ހުރި މަންޒަަރު. | ރޮއިޓާސް

އަވަހާރަ ކޮށްލާފައިވާ އީރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ތަކުގައި އޭނާ ތިން ފިރިހެން ދަރިކަލުން ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް، ޚާމަނާއީގެ ފަހުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި މުޖުތަބާ ޚާމަނައީ ފެނިވަޑައިގެންފައި ނުވެ އެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން ދެއްކި މަންޒަރު ތަކުން ފެންނަ ގޮތުގައި، ވެރި ރަށް ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި ބޭއްވި ކަށު ނަމާދުގެ ރަސްމިއްޔާތުގައި ޚާމަނާއީގެ ތިން ފިރިހެން ދަރިކަލުން ކަމަށްވާ މުސްޠަފާ، މައިސަމް އަދި މަސްއޫދު ޚާމަނާއީ ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. 

އެ ބޭފުޅުން ނަމާދު ކުރެއްވީ ޚާމަނާއީގެ ސަންދޯކާއި އާއިލާގެ އިތުރު ހަތަރު ބޭފުޅެއްގެ ސަންދޯއް ކައިރީގައި އެވެ. މި ރަސްމިއްޔާތުގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣަލިބާފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީރާންގެ އައު ރޫހީ ލީޑަރުގެ ގޮތުގައި ކަނޑަ އަޅާފައިވާ މުޖުތަބާ ޚާމަނާއީ މިހާތަނަށް އާންމުންގެ ތެރެއިން ފެނިފައި ނުވާއިރު، އޭނާގެ އެއްވެސް ފޮޓޯއެއް ވެސް އާންމު ކޮށްފައި ނުވެ އެވެ. ރިޕޯޓު ތަކުގައި ބުނާ ގޮތުން ޚާމަނާއީ އަވަހާރަ ކޮށްލަން ފެބްރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގައި، މުޖުތަބާ އަށް ވެސް ވަނީ އަނިޔާ ތަކެއް ލިބިވަޑައިގެންފައި އެވެ. 

ހޮނިހިރު ދުވަހު ޚާމަނާއީގެ ހަށިކޮޅު ވަނީ ބިއްލޫރި ވަށައިގެން ޖަހާފައިވާ ފޮއްޓެއްގައި އޮތް ސަންދޯކެއްގައި އާންމުންނަށް ފެންނާނެހެން ބާއްވާފައި އެވެ. އޭނާގެ އިތުރުން ހަމަލާގައި އަވަހާރަވި ދަރިކަނބަލުންނާއި، ދަނބި ދަރިކަލުންނާއި، ޅީދަރިކަލުންގެ އިތުރުން 14 މަހުގެ ކާފަ ދަރިފުޅުގެ ހަށިކޮޅު ވެސް ވަނީ އެތަނުގައި ބާއްވާފައި އެވެ. އީރާނުގެ ސަރުކާރުން ވަނީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި އެވެ.

މި ހަމަލާއާ ގުޅިގެން ހަތަރު މަސް ދުވަހަށް ދެމިގެން ދިޔަ ހަނގުރާމަ މިހާރު ވަނީ އެމެރިކާ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން މެދު ކަނޑާލާފައި އެވެ. އީރާނުގެ އިދާރާ ތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެ ގައުމަށް އިގްތިސާދީ ބޮޑެތި ފައިދާ ތަކެއް ކުރާނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެކްސިއޯސް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަނާޒާގެ ކަންކަން ކުރިއަށް ދާތީ ސުލްހައިގެ ވާހަކަތައް އެއް ހަފުތާ އަށް މެދު ކަނޑާލާފައިވާ ކަމަށެވެ.

ޖަނާޒާގެ ކަންކަން ތަރުތީބު ކޮށްފައިވާ ގޮތުން، ހޯމަ ދުވަހު ތެހެރާންގެ މެދު ތެރޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ފަހު، އަންގާރަ ދުވަހު ހަށިކޮޅު ގުމް ސިޓީ އަށް ގެންދެވޭނެ އެވެ. އޭގެ ފަހުން ބުދަ ދުވަހު އިރާގުގެ ނަޖަފް އަދި ކަރުބަލާގައި ހުންނަ ޝިއައީންގެ މުގައްދަސް ބިނާ ތަކަށް ހަށިކޮޅު ގެންދިއުމަށް ވަނީ ހަމަޖެހިފައި އެވެ.

އެއަށް ފަހު ޚާމަނާއީގެ ހަށި ކޮޅު ބުރާސްފަތި ދުވަހު އަނބުރާ އީރާން އަށް ގެނެސް، މަޝްހަދުގައި ޚާމަނާއީ ފަސްދާނުލެވޭނެ އެވެ. މި ރަސްމިއްޔާތު ތަކުގައި މިލިއަނުން މީހުން ބައިވެރި ކުރުވުމަށް އީރާންގެ ސަރުކާރުން ދަނީ ދަތުރު ފަތުރާއި، ކާބޯ ތަކެތީގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

މަސްދަރު: ރޮއިޓާސް

އީރާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ
05 ޖުލައި 2026

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

05 ޖުލައި 2026
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ
04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް