Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން-އަފްޣާނިސްތާން

ކާބުލްގައި ހުންނަ ހޮސްޕިޓަލަކަށް ޕާކިސްތާނުން ދިން ހަމަލާއެއްގައި 400 މީހުން މަރުވެއްޖެ ކަމަށް ބުނެ އަފްޣާނިސްތާނުން ބުނެފި

ކާބުލްގައި ހުންނަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނުން ވައިގެ ހަމަލާއެއް ދީ 400 މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށްފި. ނަމަވެސް ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ ހަމަލާތައް އަމާޒުކުރީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ކަމަށް.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 01:43
މާރިޗް 16، 2026 ގައި އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ޕާކިސްތާނުން ދިން ކަމަށް ބުނާ ވައިގެ ހަމަލާތަކާ ގުޅިގެން، މަރުވި މީހެއްގެ ހަށިގަނޑު އަފްޣާނިސްތާނުގެ ސިއްހީ މުވައްޒަފުން އެމްބިއުލާންސަކަށް އަރުވަނީ.

މާރިޗް 16، 2026 ގައި އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ޕާކިސްތާނުން ދިން ކަމަށް ބުނާ ވައިގެ ހަމަލާތަކާ ގުޅިގެން، މަރުވި މީހެއްގެ ހަށިގަނޑު އަފްޣާނިސްތާނުގެ ސިއްހީ މުވައްޒަފުން އެމްބިއުލާންސަކަށް އަރުވަނީ. | އޭއެފްޕީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާއެއް ދީ، މަދުވެގެން 400 މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށްފިއެވެ.

ޕާކިސްތާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ގައުމުން ބުނީ މިއީ އާންމު ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، ހޯމަ ދުވަހު އެ ގައުމުން ހަމަލާދީފައިވާނީ ކާބުލް އާއި ނަންގަހާރު ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތަކަށް އެކަނި ކަމަށެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ހަމްދުﷲ ފިތުރަތު ވިދާޅުވި ގޮތުގައި، ކާބުލްގެ އުމަރު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލަށް މި ހަމަލާ ދީފައިވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ރޭ 9:00 ހާއިރުއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިތުރަތު ވިދާޅުވީ، އެ ހޮސްޕިޓަލަކީ 2،000 އެނދުގެ ޖާގަ އޮންނަ ތަނެއް ކަމަށާއި، މި ހަމަލާގައި އިމާރާތުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާ ކަމަށެވެ.

"ހިތާމައަކީ މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އަށް އަރާފައިވާއިރު، 250 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓްކުރެވިފައި. ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި އަލިފާން ކޮންޓްރޯލްކޮށް، މަރުވި މީހުންގެ ހަށިތައް ނެރުމުގެ މަސައްކަތް ކުރަމުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ސަރަހައްދީ ޓީވީ ޗެނަލްތަކުން ދެއްކި މަންޒަރުތަކުން ފެންނަނީ، ސުންނާފަތިވެފައިވާ އިމާރާތުގެ ކުނިތަކުގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ އުމްރު ސްޓޭނިކްޒާއީ އޭއެފްޕީ ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ހަމަލާ ދިނުމުގެ ކުރިން ޖެޓްތައް އުޑުމަތީގައި އުދުހޭ އަޑު އޭނާއަށް އިވުނެވެ.

"އަހަރެމެންގެ ވަށައިގެން އަސްކަރީ ޔުނިޓްތައް ތިބި. އެ ޔުނިޓްތަކުން ޖެޓަށް ބަޑިޖަހަން ފެށުމުން، ޖެޓުން ބޮން އެޅީ. އެއާއެކު މުޅި ތަނުގައި އަލިފާން ރޯވި،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މި ހަމަލާގައި މަރުވި އަދި ޒަޚަމްވި އެންމެންނަކީވެސް އާންމު ރައްޔިތުންނެވެ.

އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް

މި ހަމަލާ ދީފައިވަނީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކޮށް، އަފްޣާނިސްތާނުން ހަތަރު މީހުން މަރުވި ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މިއީ ފާއިތުވި އަހަރުތަކުގައި އަވަށްޓެރި މި ދެ ގައުމުގެ މެދުގައި ހިނގާ އެންމެ ނުރައްކާތެރި ކުރިމަތިލުންތަކެވެ.

އަފްޣާނިސްތާނު ސަރުކާރުގެ އަނެއް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވީ، ޕާކިސްތާނުން އަނެއްކާވެސް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދަށް އަރައިގަނެ، ކާބުލްގައި ހުރި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާދޭ ހޮސްޕިޓަލަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު، އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި އަފްޣާނިސްތާނު ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ މި ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވީ، ކާބުލްގެ އެއްވެސް ހޮސްޕިޓަލަކަށް ހަމަލާދީފައި ނުވާނެ ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ގައުމުގެ ހަމަލާތައް އަމާޒުކުރީ ކާބުލް އާއި ނަންގަހާރުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި، އަފްޣާން ތާލިބާނުންނާއި އަފްޣާނިސްތާނުގައި ތިބޭ ޕާކިސްތާނުގެ ހަނގުރާމަވެރިން ބޭނުންކުރާ ހަތިޔާރު ގުދަންތަކަށް ކަމަށެވެ. އަދި އެ ތަންތަނަކީ ޕާކިސްތާނުގެ ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހަމަލާދޭން ބޭނުންކުރާ ތަންތަން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގެ ހަމަލާތަކަކީ އާންމުންނަށް ގެއްލުން ނުވާނެހެން ވަރަށް ބަލައިގެން ދީފައިވާ ހަމަލާތަކެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި މުޖާހިދުގެ ތުހުމަތުތަކަކީ ޕާކިސްތާނާ ދެކޮޅު ޝުއޫރުތައް އުފައްދައި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމަށް ތާލިބާނުން ދޭ އެހީތެރިކަން ފޮރުވުމަށް ދައްކާ ވާހަކަތަކެކެވެ.

މި ވާހަކަތައް އައިސްފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ގޮވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، ޕާކިސްތާނުގެ ތާލިބާނުން ހިމެނޭހެން ހަތިޔާރު އެޅި ޖަމާއަތްތަކަށް އަފްޣާނިސްތާނުން ހިމާޔަތްދީ، ޕާކިސްތާނަށް ހަމަލާދިނުމަށް ފުރުސަތު ދެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން އިއްތިފާގުން ފާސްކުރި ގަރާރުގައި ޕާކިސްތާނުގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް، އަފްޣާނިސްތާނުގެ ތެރެއިން ހިންގާ ހުރިހާ ޓެރަރިސްޓް ހަރަކާތްތަކެއް އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އަފްޣާނިސްތާނުގައި އޮންނަ އދ. ގެ ސިޔާސީ މިޝަން (ޔުނާމާ) ގެ މުއްދަތު ތިން މަސްދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ޕާކިސްތާނުން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާއި ބަލޫޗް ވަކިވެގަންނަން އުޅޭ ޖަމާއަތްތަކަށް އަފްޣާނިސްތާނުން ރައްކާތެރިކަން ދެއެވެ. ނަމަވެސް ކާބުލްއިން މި ވާހަކަތައް އަބަދުވެސް ދޮގުކުރެއެވެ.

ހަމަނުޖެހުން ހުއްޓޭނެ ކަމުގެ ނިޝާނެއް ނެތް

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނި ގޮތުގައި ހޯމަ ދުވަހު ބަދަލުކުރި ހަމަލާތަކުގައި އެ ގައުމުގެ އިރުދެކުނު ސަރަހައްދުން ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވެ، 10 މީހުން ޒަޚަމްވިއެވެ. ޚޯސްތު ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު މުސްތަޣްފަރު ގުރްބާޒް ވިދާޅުވީ، ޕާކިސްތާނުން ފޮނުވާލި މޯޓަރު ހަމަލާތައް އަވަށްތަކަށް އަރައި، ބައެއް ގެތައް ސުންނާފަތިވެފައިވާ ކަމަށެވެ.

ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތައް ފެށުނީ މިދިޔަ މަހު ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ޕާކިސްތާނުން ބުނީ އެއީ ހަތިޔާރު އެޅި ޖަމާއަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ އެއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ ރައްދުގައި ހަމަލާދީފައެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން، މިދިޔަ އޮކްޓޯބަރު މަހު ގަތަރު މެދުވެރިވެގެން ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ އުވިފައެވެ.

ޗައިނާއިން ހޯމަ ދުވަހު ބުނީ، އެ ގައުމުގެ ޚާއްސަ މަންދޫބަކު ހަފްތާއެއް ވަންދެން ދެ ފަރާތުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބާރުއަޅާފައިވާ ކަމަށެވެ.

ނަމަވެސް އެޓްލާންޓިކް ކައުންސިލްގެ މާހިރެއް ކަމަށްވާ މައިކަލް ކުގަލްމަން އޭއެފްޕީއަށް ވިދާޅުވީ، މި ހަމަނުޖެހުންތައް އަވަހަށް ހުއްޓޭނެ ކަމުގެ ނިޝާނެއް ނުފެންނަ ކަމަށެވެ.

"ކުރިން މެދުވެރިއެއްގެ ދައުރު އަދާކުރި އަރަބި ގައުމުތައް މިހާރު ތިބީ އަމިއްލަ ހަނގުރާމަތަކެއްގެ ތެރޭގައި ތާށިވެފައި. ޗައިނާ ފަދަ ގައުމުތަކަށް ލިބުނީ ކުޑަ ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ. އޭނާ މި އިޝާރާތް ކުރެއްވީ އިޒްރޭލާއި އީރާނުގެ ހަމަނުޖެހުންތަކަށެވެ.

ކުގަލްމަން އިތުރަށް ވިދާޅުވީ، ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދިނުން ކުރިއަށް ގެންދަން ބޭނުންވާއިރު، ތާލިބާނުން ތިބީ ބޯޑަރުގައި ހުންނަ ޕާކިސްތާނުގެ މަރުކަޒުތަކަށް ހަމަލާދީ ބަދަލުހިފުމުގެ އަޒުމުގައި ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު އާދިއްތަ ދުވަހު ވިދާޅުވީ، އެ ގައުމުގެ އަސްކަރިއްޔާއިން އަފްޣާން ތާލިބާނުންގެ 684 މީހުން މަރާލާފައިވާ ކަމަށެވެ. ނަމަވެސް ތާލިބާން ސަރުކާރުން ވަނީ މި އަދަދުތައް ދޮގުކޮށް، މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ މަދުވާނެ ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި، އެ ގައުމުން ވަނީ ޕާކިސްތާނުގެ 100 އަށްވުރެ ގިނަ ސިފައިން މަރާލާފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ގެދޮރު ގެއްލިފައިވާ 20,000 އަށްވުރެ ގިނަ އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އާދިއްތަ ދުވަހު ވަނީ ބުނެފައެވެ.

އަފްޣާނިސްތާން-ޕާކިސްތާންތާލިބާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

28 ފެބުރުއަރީ 2026
ޕާކިސްތާނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތާލިބާނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

ޕާކިސްތާނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތާލިބާނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

27 ފެބުރުއަރީ 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

22 ފެބުރުއަރީ 2026
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު