Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާން-ޕާކިސްތާން

ޕާކިސްތާނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތާލިބާނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

މި ހަމަލާތަކުގައި ޕާކިސްތާނުގެ 15 މަރުކަޒެއް ހިފާފައިވާ ކަމަށް ތާލިބާނުން ބުނި ނަމަވެސް، ޕާކިސްތާނުން އެކަން ދޮގުކޮށް ބުނެފައިވަނީ ރައްދުގައި ދިން ހަމަލާތަކުގައި އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް. ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި މަސްރަހު ގޯސްވެފައިވަނީ އާންމުން މަރުވި ހަމަލާތަކަކާ ގުޅިގެން ދެ ފަރާތުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކާއި އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 01:29
އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި، އަފްޣާން ތާލިބާނުންގެ ހަނގުރާމަވެރިއަކު މަތިންދާބޯޓަށް ހަމަލާދޭން ބޭނުންކުރާ ބަޑިއެއްގެ ކައިރީގައި އިށީނދެގެން.

އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި، އަފްޣާން ތާލިބާނުންގެ ހަނގުރާމަވެރިއަކު މަތިންދާބޯޓަށް ހަމަލާދޭން ބޭނުންކުރާ ބަޑިއެއްގެ ކައިރީގައި އިށީނދެގެން. | ރޮއިޓާސް

ޕާކިސްތާނުން ދާދިފަހުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް "ބޮޑު" އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ތާލިބާން ސަރުކާރުގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ދެ ގައުމު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ފެށި މި ހަމަލާތަކުގައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށާއި، ބައެއް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ތަރުޖަމާނު ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތައް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނާ ބުނުމަށް އިންކާރު ކުރައްވަމުން އޭނާ ވިދާޅުވީ، އިސްލާމްއާބާދުން ދިން ރައްދު ހަމަލާތަކުގައި އަފްޣާނިސްތާނަށް "ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށެވެ.

މި ކުރިމަތިލުންތައް ފެށިފައި މިވަނީ، މި ހަފުތާގެ ކުރީކޮޅު ޕާކިސްތާނުން ދިން ހަމަލާތަކެއްގައި މަދުވެގެން 18 މީހުން މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުން ބުނެފައިވަނީ އެ ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ ކޭމްޕްތަކާއި ފޮރުވިގެން ތިބޭ ތަންތަނަށް ކަމަށެވެ.

ތާލިބާނުންގެ އަސްކަރީ ތަރުޖަމާނު މަވްލަވީ ވަހީދުﷲ މުޙައްމަދީ ވިދާޅުވީ، ބަދަލުހިފުމުގެ ގޮތުން ފެށި މި އޮޕަރޭޝަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެތަނުގެ ގަޑިން 20:30  ހާއިރު ކަމަށެވެ.

ޒަބީހުﷲ މުޖާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ ފަރާތްތަކުން ތަކުރާރުކޮށް ބޯޑަރުގެ އިންތަކާ ޚިލާފުވެ، ހަމަނުޖެހުން ހިންގަމުންދާތީ، އޭގެ ރައްދުގައި ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި ތާލިބާން ސިފައިން ޕާކިސްތާނުގެ އަސްކަރީ 15 މަރުކަޒެއް ހިފާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ، ތާލިބާނުންނަށް ކަންކަން އޮޅި، އެ ގައުމުގެ ހުޅަނގު އުތުރު ޕްރޮވިންސެއް ކަމަށްވާ ޚައިބަރް ޕަޚްތޫންކުވާގެ އެކި ސަރަހައްދުތަކަށް އެއްވެސް އުދުވާނަކާ ނުލައި ބަޑީގެ ހަމަލާދީފައިވާ ކަމަށެވެ. އަދި އިސްލާމްއާބާދުގެ ސަލާމަތީ ބާރުތަކުން އެކަމަށް "ވަގުތުން އަދި ނަތީޖާ ލިބުނު" ރައްދެއް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކުން އަފްޣާނިސްތާނުގެ ފަޅިން ގިނަ ބަޔަކު މަރުވެ، ގިނަ އަދަދެއްގެ މަރުކަޒުތަކާއި ވަސީލަތްތައް ހަލާކުވެފައިވާކަން ކަށަވަރުވާ ކަމަށެވެ.

"ޕާކިސްތާނުގެ ސަރަހައްދީ އިސްތިގުލާލް އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ ގައުމުން އަޅާނެ،" އެ ބަޔާނުގައިވެއެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ، ޕާކިސްތާނަށް ގެއްލުން ލިބިފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވަމުން ވިދާޅުވީ، ކުރިމަތިވާ ކޮންމެ އުދުވާނަކަށް ވަގުތުން  ރައްދެއް ދޭނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޕާކިސްތާނުން ދިން ހަމަލާތަކާ ގުޅިގެން، "މުނާސަބު ވަގުތެއްގައި" ބަދަލުހިފާނެ ކަމުގެ އިންޒާރު ކާބުލްއިން ކުރިން އޮތީ ދީފައެވެ.

އިސްލާމްއާބާދުން ބުނެފައިވަނީ ބޯޑަރު ކައިރީގައި ހުރި ހަނގުރާމަވެރިންގެ ހަތް ކޭމްޕަކާއި ފޮރުވިގެން ތިބޭ ތަންތަނަށް ހަމަލާދީފައިވާނެ ކަމަށެވެ. އަދި މި ހަމަލާތައް ދީފައިވަނީ ދާދިފަހުން ޕާކިސްތާނުގައި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ކާބުލްއިން ބުނެފައިވަނީ ޕާކިސްތާނުގެ ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ގެތަކަށާއި ދީނީ މަދަރުސާއަކަށް ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ މި ހަމަލާތައް ފެށިފައި މިވަނީ، ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަކަށްފަހު މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ  އެއްބަސްވުމަކަށް އައިސްފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވެމުންދެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 1,600 މޭލު (2,574 ކިލޯމީޓަރު) ގެ ފަރުބަދަ މަތީ ބޯޑަރެއް އޮވެއެވެ.

ޕާކިސްތާން-އަފްޣާނިސްތާންތާލިބާންޒަބީހުﷲ މުޖާހިދުޚައިބަރު ޕަޚްތުންޚުވާޝެހްބާޒް ޝަރީފް އިސްލާމްއާބާދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

22 ފެބުރުއަރީ 2026
ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި

ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި

11 ފެބުރުއަރީ 2026
ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

06 ފެބުރުއަރީ 2026
ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

01 ފެބުރުއަރީ 2026
ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު