Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫރަޕް

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޖަރުމަނާއި ޕޮލެންޑް ފަދަ ގައުމުތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، ވިލާތަކީ ދުނިޔޭގެ އެވްރެޖް މިންގަނޑަށް ވުރެ ދެގުނަ ހަލުވިކޮށް ހޫނުވަމުންދާ ބައްރުކަމަށް އެ ޑަބްލިޔުއެޗްއޯ އިން އިންޒާރުދޭ. މި ހޫނުގަދަ މޫސުމާ ގުޅިގެން ސިއްހީ ނިޒާމަށާއި ކަރަންޓުގެ ޚިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 09:18
ޖަރުމަނުވިލާތުގެ ބާލިންއަށް ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން، ހޫނުން ސަލާމަތްވުމަށްޓަކައި އެ ފެންއަރުވާ ވަޑާމްތަކުން މީހުން ފެންވަރައި ހަށިގަނޑު ފިނިކުރަނީ.

ޖަރުމަނުވިލާތުގެ ބާލިންއަށް ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން، ހޫނުން ސަލާމަތްވުމަށްޓަކައި އެ ފެންއަރުވާ ވަޑާމްތަކުން މީހުން ފެންވަރައި ހަށިގަނޑު ފިނިކުރަނީ. | ގެޓީ އިމޭޖަސް

ވިލާތުގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ، މީގެ ކުރިން ތަޖުރިބާކޮށްފައި ނުވާ ފަދަ ހޫނުގަދަ މޫސުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ޖަރުމަނުވިލާތާއި، ޕޮލެންޑް އަދި ޗެކް ރިޕަބްލިކް ފަދަ ގައުމުތަކުގެ ފިނިހޫނުމިން ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވިލާތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގަދަ ހޫނާ ގުޅިގެން، އާންމުކޮށް މަރުވާ މިންވަރަށް ވުރެ އިތުރަށް 1,300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

"ހޫނުގެ ސަބަބުން ކުރިމަތިވާ ތަފާތު އުނދަގޫތަކަކީ ގިނަ ފަހަރަށް 'ހިމޭން ގާތިލެއް' ގެ ގޮތުގައި ސިފަކުރެވޭ ކަމެއް. އަދި ވިލާތުގެ ގޭބިސީތަކާއި، މަސައްކަތްކުރާ ތަންތަނާއި ސްކޫލްތަކަކީ މިފަދަ ގަދަ ހޫނަކަށް ކެތްކުރެވޭ ގޮތަށް ބިނާކޮށްފައިވާ ތަންތަނެއް ނޫން،" ޓެޑްރޯސް ވިދާޅުވި އެވެ.

ފަރަންސޭސިވިލާތުގެ ގައުމީ ސިއްހަތާ ބެހޭ ވުޒާރާއިން އާދިއްތަ ދުވަހުގެ ހެނދުނު ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން އެ ގައުމުގައި މަރުވާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 1,000 އެއްހާ މީހުން ވަނީ އިތުރަށް މަރުވެފަ އެވެ.

އެ އިދާރާއިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ގޭގައި ތިއްބާ މަރުވި މީހުންގެ އަދަދު 40 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.

"ވިލާތަކީ ދުނިޔޭގެ އެހެން ބައްރުތަކާ އަޅާބަލާއިރު އެންމެ ހަލުވިކަމާއެކު ހޫނުވަމުންދާ ބައްރު. މި ބައްރު ހޫނުވަމުންދަނީ ދުނިޔޭގެ އެވްރެޖް މިންގަނޑަށް ވުރެ ދެގުނަ ހަލުވިކޮށް،" ޓެޑްރޯސް އިންޒާރު ދެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވިލާތުގެ އެތައް މިލިއަން ބަޔަކު މިހާރު ދިރިއުޅެމުންދަނީ އިންތިހާއަށް ގަދަ ހޫނުގެ ތެރޭގައި ކަމަށާއި، އެތައް ސަތޭކަ ބަޔަކު މަރުވެ، ސްކޫލްތައް ބަންދުކޮށް، ކަރަންޓުގެ ވިއުގަތަކަށް ނުކަތާވަރަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

ވަގުތީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖަރުމަނުވިލާތުގެ އިރުމަތީ ސަރަހައްދުތަކުގެ ފިނިހޫނުމިން 41.7 ޑިގްރީ ސެލްސިއަސްއަށް އެރުމާއެކު، ޖެހިޖެހިގެން ތިންވަނަ ދުވަހަށް އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ ދުވަހުގެ ރެކޯޑް އާދިއްތަ ދުވަހު ވަނީ އާވެފަ އެވެ.

ޕޮލެންޑް ބޯޑަރު ކައިރީގައި އޮންނަ އިރުމަތީ ބްރަންޑަންބާގްގެ ކޯޝަންގައި ހުންނަ ސްޓޭޝަނަކަށް، އެ ގައުމުގެ ގަޑިން ހަވީރު 16:00 ހާއިރު 41.7 ޑިގްރީ ސެލްސިއަސްގެ ހޫނުމިން ވަނީ ރެކޯޑް ކުރެވިފަ އެވެ.

ޗެކް ރިޕަބްލިކްގެ މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް (ސީއެޗްއެމްއައި) އިން ބުނި ގޮތުގައި، ޕްރާގްގެ އުތުރުގައި އޮންނަ ޑޮކްސަނީގެ ފިނިހޫނުމިން 41.1 ޑިގްރީ ސެލްސިއަސްއަށް އެރުމާއެކު، ދެ ދުވަސް ތެރޭގައި ދެވަނަ ފަހަރަށް އެ ގައުމުގެ ހޫނުމިނުގެ ރެކޯޑް ވަނީ އާވެފަ އެވެ.

ސީއެޗްއެމްއައި އިން ލަފާކުރާ ގޮތުގައި އާދިއްތަ ދުވަހަކީ ހޫނުމިން އެންމެ މައްޗަށް ދާނެ ދުވަހެވެ. އަދި އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ހުޅަނގުގެ ސަރަހައްދުތަކަށް ތޫފާންތައް ކުރިމަތިވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ޕޮލެންޑްގެ މީޓިއޮރޮލޮޖީ އެންޑް ވޯޓަރ މެނޭޖްމަންޓް (އައިއެމްޖީޑަބްލިއު) ގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ގައުމުގެ ސްލޫބިސް އަވަށުގެ ފިނިހޫނުމިން 40.5 ޑިގްރީ ސެލްސިއަސްއަށް އެރުމާއެކު، ޕޮލެންޑްގެ ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިނުގެ ރެކޯޑް އާދިއްތަ ދުވަހު ވަނީ އާވެފަ އެވެ.

މަސްދަރު: ބީބީސީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސްޖަރުމަނުޕޮލެންޑުޗެކް ރިޕަބްލިކްހީޓްވޭވްފްރާންސް

އިތުރަށް ކިޔާލަން

28 ޖޫން 2026

ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ

ފްރާންސްގެ ޕެރަޝޫޓް ގައި ފުންމާލަން ދަސްކޮށްދޭ ސްކޫލެއްގެ ބޯޓެއް ވެއްޓި، އޭގައި ތިބި ޕައިލެޓާއި 10 ފަސިންޖަރުން ހިމެނޭހެން ޖުމްލަ 11 މީހުން ވަނީ މަރުވެފައި. މަރުވި މީހުންގެ ތެރޭގައި ފަސް އިންސްޓްރަކްޓަރުންނާއި ފަސް ދަރިވަރުން ހިމެނޭ

28 ޖޫން 2026
ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ
27 ޖޫން 2026

ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ގުޅުން ކަނޑާލައިފި

މި ނިންމުމަކީ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުރުކީނާ ފާސޯއިން ބުނާއިރު، ފަރަންސޭސިވިލާތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެއީ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށް ބުނެފައި. 2022 ވަނަ އަހަރު ބުރުކީނާ ފާސޯގެ ވެރިކަމަށް އަސްކަރިއްޔާއިން އަތްގަދަކުރި ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުގައި ތިބި ފަރަންސޭސި ސިފައިން ވެސް ވަނީ މީގެ ކުރިން ބޭރުކޮށްފައި.

27 ޖޫން 2026
ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ގުޅުން ކަނޑާލައިފި
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައި. "ހީޓް ޑޯމް" އެއްގެ ސަބަބުން ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، މީގެ ނުރައްކާ ކުޑަކުރުމަށްޓަކައި ބައެއް ގައުމުތަކުގައި ރެޑް އެލާޓް ނެރެ ސްކޫލްތަކާއި ދަތުރުފަތުރުގެ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައި.

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އަގު ހެޔޮކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. ސިއްހީ ސަބަބުތަކަށްޓަކައި ގެނައި މި ބަދަލު އުވާލުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާ ހޯދިކަމަށް ބުނުމަކީ ބޮޑު ޖޯކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ.

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

ހުޅަނގު ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ފްރާންސްގެ ބޮޑު ސަރަހައްދަކަށް "ރެޑް އެލާޓް" ނެރެ، ބައެއް ތާރީޚީ ބިނާތައް ބަންދުކޮށްފައިވާއިރު، ހޫނާ ގުޅުންހުރި އެކި ހާދިސާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައި. މޫސުމީ ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް މި ހޫނު ރާޅު ފެތުރެމުންދާތީ، ޖަންގަލިތަކުގައި އަލިފާން ރޯވުމާއި ފެނަށް ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމާބެހޭ އިދާރާތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން.

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު