Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، އަތޮޅުތެރޭގައި އެއްވެސް ހަރަކާތެއް ހިންގާފައި ނުވާތީ އެކަމަށް އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަން މިނިސްޓަރު ހީނާ ވަލީދު ހާމަކުރައްވައިފި. މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި ސަރުކާރުން އެއްވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް. މިކަމާ ގުޅިގެން ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 05:48
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މަޖިލީހަށް ހާޒިރުކުރުން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މަޖިލީހަށް ހާޒިރުކުރުން | މަޖިލިސް

މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގައި ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އަތޮޅުތެރޭގައި މިނިވަން ދުވަހުގެ ޙަރަކާތްތަކަށް އެންމެ ރުފިޔާއެއްވެސް ސަރުކާރުން ޚަރަދުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރުމުންނެވެ. އެގޮތުން ހީނާ ހާޒިރުކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

މެމްބަރު މުޙައްމަދު އިބްރާހިމް ކުރައްވާ ސުވާލަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މިދިޔަ އަހަރު އެ މިނިސްޓްރީން ހިންގާފައިވާ ހަރަކާތްތަކަށް ޖުމުލަ ޚަރަދުކުރެއްވި ގޮތާއި ހިނގި ޚަރަދުތަކުގެ ތަފްސީލު ސާފުކޮށްދިނުމަށް އެދޭ ސުވާލެކެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ޖުމުލަ ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލެ ފިޔަވައި އަތޮޅުތެރޭގައި އެއްވެސް ވަރަކަށް ސަރުކާރުން ޙަރަކާތެއް ހިންގާފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ސަރުކާރުން ޙަރަކާތެއް ހިންގާފައި ނުވާތީ، އަތޮޅުތެރޭގައި މިނިވަން ދުވަސް ފާހަގަކުރުމަށް އެއްވެސް ޚަރަދެއް ހިނގާފައެއް ނުވާނެ ކަމަށެވެ.

މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ޖުމުލަ ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ، މާލެ ފިޔަވައި އަތޮޅު ތެރޭގައި އެއްވެސް ވަރަކަށް ސަރުކާރުން ޙަރަކާތެއް ހިންގާފައެއް ނުވޭ، އެހެންވީމާ އަތޮޅު ތެރޭގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް އެއްވެސް ޚަރަދެއް ހިނގާފައެއް ނުވާނެ
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

މިނިސްޓަރުގެ މި ވާހަކަފުޅުން ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންނަށް ސަމާލުކަން ނުދޭކަން ހާމަވެފައިވާއިރު، މިއީ ސަރުކާރުން މާލެއާ އަތޮޅު ތެރެއާ ދެމެދު ގެންގުޅެމުންދާ ތަފާތުކުރުމުގެ ސިޔާސަތަށް ބާރު ލިބިގެންދާ ވާހަކައެކެވެ.

މާލެހީނާ ވަލީދު ބްރާހިމް މުހައްމަދު20 ވަނަ ރައްޔިތުންގެ މަޖިލީސްމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްމިނިވަންކަމުގެ 60 އަހަރު

އިތުރަށް ކިޔާލަން

30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު