Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ. މުއިއްޒު

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިތުރުވެފަ. ސަރުކާރުން ވީ ވައުދުތައް ނުފުއްދުމާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމުގެ އިތުރުން، ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ހުރެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ޖޫން 2026 | އާދީއްތަ 11:34
ނޭޝަންޗެޓް: އެޕިސޯޑް 2 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

ނޭޝަންޗެޓް: އެޕިސޯޑް 2 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. | ރައީސް އޮފީސް

ބާޒާރު މަތީގައި ތަންކޮޅެއް އަޑުގަދަވެގެން ގާތްކޮށްލީމެވެ. އެއްޗެހީގެ އަގު ބޮޑުވީއެވެ. އެއްޗެހި ވިއްކަން ގޮޅީގައި އިން ބޭބެ ބުނި އަގު ކަސްޓަމަރަށް ބޮޑުވީއެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް، ހާދަ އަގުބޮޑޭ ބުނެލެވުނީއެވެ. އަޑު ގަދަވެގެން މިއުޅެނީ އެކަމާއެވެ. އަގުބޮޑުވިގޮތް އެބޭބެ ކިޔައިދޭން ފެށުމުންނެވެ. ބޭބެވެސް ދެއްކީ އެއް ވާހަކައެވެ. ކަސްޓަމަރު ވެސް ދެއްކީ ދެވަނަ ދެވާހަކައެއް ނޫނެވެ. ހަމައެވާހަކައެވެ. އެދެމީހުން ވެސް ދެއްކީ މީހާރު ކަންހުރިގޮތުގެ ވާހަކައެވެ. ރުޅިއައިސްގެނެއް ނޫނެވެ. ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވާހަކަ އާއި އެކަން އެހެންވާން މެދުވެރިވާ ސަބަބުގެ ވާހަކައެވެ. އެކަންކަމާއި ގުޅިފައި ހުރި އެހެން ކަންކަމުގެ ވާހަކައެވެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ ވާހަކައެވެ.

މޮޅު ދެ އިގްތިސޯދީ މާހިރުންހެން އެދެމީހުން އެދެއްކި ވާހަކައިިގެ ތެރެއަށް އެހެން މީހުންވެސްވަދެ ބައިވެރިވަމުން ދިޔައެވެ. ވިޔަފާރިކުރަން އަންނަ މީހުންނާއި ތަކެތި ވިއްކާން ތިބޭ މީހުންނެވެ. އެންމެން ވެސް ހަމަ އެއް މައުޟޫއަކަށެވެ. ހުރިހާ ވާހަކައެއް ވެސް ގޮސް ނިމެނީ މުއިއްޒާ ހަމައަށެވެ. ޖެހެނީ ސަރުކާރުގައެވެ. ސަރުކާރަށް ކަންކަން ނުކުރެވޭ ވާހަކައެވެ. ދެއްކި ވާހަކަ އާއި އަމަލާ ދިމާ ނުވާ ވާހަކައެވެ. އެއްވެސް ވައުދެއް ނުފުދޭ ވާހަކަ އާއި ހައްދަވައިގެން ކަމެއް ކުރެވޭތީ ނުފެންނަ ވާހަކައެވެ.

އެއްބަޔަކު ބުނީ ގެނެވުނީ ގޯސް ބަދަލެއް ކަމަށެވެ. އޭގެ ތެރެއިން މީހަކު ބުންޏެވެ. އެރަށުގައި ކުރީ ސަރުކާރުން ފަށާފައިހުރި ކަންކަން ނިކަން ބާރަށް ނިންމާނަމޭ މުއިއްޒު ވިދާޅުވިއެވެ. އެކަމަކު އެއިން ކަމެއް ކުރާތަނެއް ނުފެނެއެވެ.

އެހެންމީހަކު ބުންޏެވެ. އެރަށުގައި އެއްކަމެއް ކުރަން ދެ ފަހަރަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެކަމަކު އަދިވެސް ގާބުރިއެއް އުވަހަންޖެއް ހިސާބު ވެސް ބާއްވާ ނުލައެވެ. އެކަމަކު އެންމެފަހުން ވަޑައިގެންފައި ވެސް ދެއްކެވީ އަނެއްކާ ވެސް ހަމައެތަން ހަދާ ވާހަކަ ކަމަށެވެ.

އެކަމަށް ބާރުދެމުން ތަންކޮޅެއް ދުރުގައި ހުރި މީހަކު ބުންޏެވެ. ނޫނޭ ކަންކަން އެބަކުރެއެވެ. ނާ ފަހެ ކަންކަމަށް މީހުން އެބަނަގައެވެ. އެވަރަށް މީހުން ލާނީ ކަންކަން ކުރާން ތާއެވެ. ޖެއްސުމުގެ ރާގަކަށް އެބޭ އެބުނެލި ވާހަކަ ނިންމާލީ އެހެން މީހެކެވެ. އޭނާ ބުންޏެވެ. އާން މީހުން ލައެވެ. އެކަމަކު އެވެރިން ލަނީ ވިނަ ނޮޅާށެވެ. އެއްކޮޅުން ވިނަ ނޮޅާ ނިމޭއިރު އަނެއްކާ އޮންނަނީ ނޮޅި ހިސާބުގައި ވިނަފަޅައި، ނޮޅަން ޖެހިފައެވެ. މަހަށް ދިޔަ މީހުންނަށް ވަޒީފާ ދިނީމާ މަހަށް ދިއުން ހުއްޓާލާފައި އެވެރިން އެތިބެނީ ވިނަ ނޮޅާލަ ނޮޅާލައެވެ. އެކަމަކު އެއިން ތަނެއްގައި އިތުރަށް ކަމެއް ކުރާތީއެއް ނުފެނެއެވެ.

ފާޑަކަށް ކެއްސާލާފައި ދެން ހުރި މީހާ ޖެހީ "މަރުތޭލުން ސީދާ ބޮލުގައެވެ". އޭނާ ބުންޏެވެ. މީކީ އެއްކަމެއް ވެސް ވާނެ ބައެއް ނޫނެވެ. މަވެސް މީ މީނާ ގެންނަން ވޯޓު ދިން މީހަކީމެވެ. އެކަމަކު މިހާރު ގެނެވުނު މޮޔަ ހީވެއެވެ. މިއައީ ބޭސް ސިޓީއަކަށް ބޭހެއް ނުލިބިގެން މުޅި މާލޭގައި ދުއްވާފައެވެ. ލިބޭނެ ގޮތެއް ނުވިއެވެ. ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓެއް ލިބެނީ މީހާ ރަނގަޅުވާ ފަހުން ނޫނީ ގަދަ ނުވެ މަރުވާ ފަހުންނެވެ. އެބުނާ ބެންކޮކް އާސަންދަ ވެސް ލިބެނީ ވަިކބަޔަކަށޯލައެވެ. އޭނާ އަމުނާލީ އޭނާގެ ހާލަތެވެ.

ކޮންމެއަކަސް މިއީ މިއަދު މުޅި ރާއްޖެއިން އިވޭ އަޑުތަކެވެ. ބާޒާރުމަތިން މިވާހަކަ ތަންކޮޅެއް ތަފާތުކޮށް އިވުނަސް މިވާހަކަ ނުދައްކާ ތަނެއް ނެތެވެ. ރަށްރަށުގެ ހޮޅުއަށިއަތަކުގައެވެ. މަގު ކުނި ކަހަން ނުކުންނަ އަންހެންވެރިންނެވެ. މަސްއޮޑި އަތިރީގައެވެ. ޒުވާނުން ޓިކްޓޮކާއި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައެވެ.

ހަގީގަތަކީ ދައުރު ދެބަޔަށް އެޅިގެން ދިޔައިރު އެއްވެސް ކަމެއް ނުވުމެވެ. ވާން އުޅޭތަން ވެސް ނުފެނުމެވެ. އެއަށްވުރެ ބޮޑަށް މީހުންގެ ހާލަތު ގޯސްވުމެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި އަނގަޔާ އަތާ ދިމާ ނުވާ ހިދސާބަށް ހާލަތު ދިޔައީއެވެ. މީހުންގެ މުސާރަތައް އެއާ އެއްވަރަށް ބޮޑު ނުވެ ހާސްކަން އިތުރުވީއެވެ. ބިލްތައް އަތް ނުފޯރާ ފަށަށް މައްޗަށް ދިއުމުގެ ބޮލުގެ ރިހުމެވެ. ފާސްކުރާ ބޮޑު ބަޖެޓްތައް ހުސްވެއެވެ. އެކަމަކު އާއްމު ރައްޔިތުންގެ ހާލަތަކަށް އެއިން މަންފާއެއް ނެތެވެ. އެކަމަކު ސަރުކާރާއި މުއިއްޒު ދަނީ އަދިވެސް ވައުދުމައްޗަށް އިތުރު ވައުދުތައް ވަމުންނެވެ.

ޑރ. މުއިއްޒުޑޮލަރުބެންކޮކް އާސަންދަމާލެ

އިތުރަށް ކިޔާލަން

27 ޖޫން 2026

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އޮތް އެމްޕީއެލްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާއާ ގުޅިގެން، ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި. ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ވެއްޓުނު ކޮންޓޭނަރުތަކުގެ އަދަދާއި މިކަން މެދުވެރިވި ސަބަބު ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުން. ކޮންޓޭނަރުތައް އޮޔާދާތީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށްޓަކައި ފަރުވާތެރިވުމަށް ފުލުހުން ވަނީ އެދިފަ.

27 ޖޫން 2026
ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

މާލޭގެ ޓީ-ޖެޓީ ސަރަހައްދުން ތިން ދުވަހުގެ ތެރޭގައި 46 ޓަނުގެ ކުނި ނަގައި، މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކޮށްފި. މި މަސައްކަތް ބައްލަވާލެއްވުމަށްފަހު މޭޔަރު އާދަމް އާޒިމް ވަނީ އާންމު ތަންތަނަށް ކުނި ނޭޅުމަށް އިލްތިމާސްކުރައްވައި، ކުނި އަޅާ ފަރާތްތައް ރިޕޯޓްކުރުމަށް އެދިވަޑައިގެންފަ. ޓީ-ޖެޓީގެ އިތުރުން ކާނިވާ ސަރަހައްދާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު އަންނަނީ ކުރަމުން.

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
27 ޖޫން 2026

ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު

ޑޮލަރުގެ އަގު އުފުލުމާއި އެމްޕީއެލްގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވެއްޖެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަމްރު ފާހަގަކުރެއްވި ގޮތުގައި، މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ސަރުކާރުގެ ނާގާބިލުކަމުން. އާމްދަނީ އިތުރުނުވެ ހަރަދުތައް ބޮޑުވުމަކީ އާންމު ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވި.

27 ޖޫން 2026
ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައި. ރާއްޖޭގެ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ މި ޕާޓީން ދެ ފަހަރެއްގެ މަތިން ވެރިކަން ކޮށްފައިވާއިރު، އަބަދުވެސް ވަކާލާތު ކުރަނީ ޑިމޮކްރަސީއާއި ރައްޔިތުންގެ ޙައްގުތައް ހިމާޔަތްކުރުމަށް. 2005 ވަނަ އަހަރު އުފެދުނު މި ޕާޓީގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން.

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

ސަރުކާރުގެ ކުންފުނިތަކުން ފަންނީ މުވައްޒަފުން ވަކިކޮށް، ސިޔާސީ ބޭނުމަށް އާ މުވައްޒަފުން އިތުރުކުރަމުންދާތީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި. ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާތީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ގޮށްމުށުގެ ބާރު ބޭނުންކޮށްގެން ޤާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވި. ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ޤާބިލުކަން ނެތި، ޚުދުމުހުތާރުކޮށް ވެރިކަން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވި.

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު