Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ

މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅު ހިއްކުމުގައި ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ، މުޅި މާލެ އަތޮޅު ދެކުނުބުރީގެ ފަރުތަކަށް ކިސަޑުގެ އަސަރުކޮށް ތަޣައްޔަރުވަމުންދާ މަންޒަރު ފެންނަ ފޮޓޯތަކަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހިމާޔަތްކޮށްފައިވާ ތަންތަނަށާއި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އޮތްއިރު، ރަސްމާލޭގެ އިތުރުން ސަރުކާރުން ހިންގާ އެހެން ބައެއް މަޝްރޫއުތަކުގައި ވެސް ތިމާވެށީގެ އުސޫލުތަކަށް އަމަލުނުކުރާކަން ވަނީ ފާހަގަކުރެވިފައި.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 10:35
މާލެ އަތޮޅު ދެކުނު ބުރީގެ ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައި.

މާލެ އަތޮޅު ދެކުނު ބުރީގެ ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައި. | ސްކްރީން އިމޭޖް

ރަސްމާލެ ނަމުގައި ރަށެއް ހެދުމަށް ފުށިދިއްގަރު ފަޅު ހިއްކަމުން ދިއުމުގެ ސަބަބުން މުޅި މާލެ އަތޮޅު ދެކުނުބުރި ކިސަޑުން ތަޣައްޔަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމު ވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުން ކޮށްގެން މި ފަރު ހިއްކަމުން ގެންދިއުމުގައި ތިމާވެށީގެ ގޮތުން އަޅަން ޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މީސް މީޑިއާ ގައި ގިނަ ބަޔަކު ގެންދަނީ ފާޅު ކުރަމުންނެވެ. އެ ގޮތުން ސަރުކާރުން އެ ސަރަހައްދު ހިއްކަމުން ދިއުމުގައި ކިސަޑު ކޮންޓްރޯލް ކުރުމަށް އާއްމު ގޮތެއްގައި މިފަދަ މަޝްރޫއުތައް ހިންގާއިރު އަޅާފައި ހުންނަ އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނުވާކަން ފާހަގަ ކުރެވެ އެވެ.

އާންމު ވެފައިވާ އޭރިއަލް ފޮޓޯ ތަކުން ފެންނަ ގޮތުގައި، އަތޮޅުގެ މެދުތެރޭގެ ފަރުތަކުގެ މައްޗަށާއި، އަތޮޅުގެ ހުޅަނގު ބިތުގެ ފަރުތަކުގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ކިސަޑު ފެތުރިފަ އެވެ. އަދި އަތޮޅުގެ ހުޅަނގުފަރާތު މައި ފަރުގެ ބޭރުން ބޮޑު ސަރަހައްދަކަށް ކިސަޑުތައް ފެތުރިގެން ގޮސްފައިވާތަން ފެނެ އެވެ.

މާލެ އަތޮޅު ދެކުނު ބުރިއަކީ ފަތުރުވެރިކަމުގައި މަގްބޫލު ރިސޯޓު ތަކާއި ގެސްޓް ހައުސްތައް ހުރި ސަރަހައްދަކަށް ވުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަގުބޫލު ރާޅު ޕޮއިންޓްތަކާއި ޑައިވްސައިޓްތައް ހުރި އަތޮޅެއް ކަން ފާހަގަ ކުރެވެ އެވެ.

ފަތުރުވެރިކަމުގެ މައްޗަށް ގައުމުގެ އިގްތިސާދު ބިނާވެފައިވާ އިރު ހުސްވި އަހަރު ފަތުރުވެރިކަމުން 5.4 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވެ އެވެ.

ސަރުކާރުން މިހާރު ވަނީ އަންނަ އަހަރަކީ ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ފަރުތަކަކީ ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމާއި އެންވެރި ކަމަށް އެންމެ މުހިންމު މާހައުލުތަކަށް ވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމުގައި ގުދުރަތީ ގޮތުން އޮތް އެންމެ މުހިންމު އައްޑަނަ އެވެ.

ތިމާވެށީގެ ޚާއްސަ ސިފަތަކެއް ލިބިފައިވުމުގެ ސަބަބުން މާލެ އަތޮޅު ދެކުނުބުރީގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް އޮންނަ އިރު އެތަންތަނުގެ މައްޗަށް ވެސް ކިސަޑު ފެތުރިފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މާލެ އަތޮޅު ދެކުނު ބުރީގައި ކިސަޑު ފެތުރޭ ސަރަހައްދުތަކުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ މުހިންމު ދެ ސަރަހައްދު ހިމެނޭ އިރު އެތަންތަން ހިމާޔަތް ކޮށްފައިވަނީ އެތަންތަނުގައި އެކުލެވިފައިވާ މުރަކާ އާއި ދިރޭތަކެތީގެ މުއްސަނދި ކަމުގެ ސަބަބުން ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ރަސްމީ ވެބްސައިޓްގައިވެ އެވެ. 

  • ގުރައިދޫ ކަނޑުއޮޅި: މިއީ އޮއިގަދަ، އެހެންނަމަވެސް މުރަކައާއި، ފަރުގެ އެކި ދިރުންތަކުން މުއްސަނދިވެފައިވާ މަޝްހޫރު ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ތަފާތު ބާވަތްތަކުގެ މުރަކައާއި "ސްޕޮންޖް" ފަދަ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ތަނެކެވެ.
  • އެނބޫދޫ ކަނޑުއޮޅި: މިއީ ދިރުންހުރި، ދުޅަހެޔޮ މުރަކައިގެ ނިޒާމަކަށް މަޝްހޫރުވެފައިވާ ކަނޑުއޮޅިއެކެވެ.

ތިމާވެށީގެ އާދަޔާ ޚިލާފު ސިފަތަކެއް ލިބިފައިވާ މި ދެ ސަރަހައްދަކީ ވެސް ހިއްކަމުން ގެންދާ ފުށިދިއްގަރު ފަޅާއި ވަރަށް ގާތުގައި އޮތް ދެ ސަރަހައްދުކަން ފާހަގަ ކުރެވެ އެވެ.

މާލެ އަތޮޅުގެ އެކި ކަނޑުއޮޅިތަކަކީ ކަނޑުއަޑީގެ މުއްސަނދި ދިރުންތަކާއި ފަރުތަކުގެ ނިޒާމަށް ޚާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމުގައި ތިމާވެށީގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ސޯޝަލް މީޑިއާ ގައި އާންމުވެފައިވާ ފޮޓޯތަކުން ކޮންނަ ބޯޓު ދަތުރުކުރަމުންދާ މަގުގައި ވެސް ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައިވާ މަންޒަރު ފެނެ އެވެ.

ރަސްމާލޭގެ އިތުރުން ރައީސް މުއިއްޒުގެ ސަރުކާރުން ބިން ހިއްކުން ކުރިއަށް ގެންދާ އެހެން ބައެއް ރަށްރަށުގައި ވެސް ބިން ހިއްކުން ކުރިއަށް ގެންދަނީ ތިމާވެށީގެ ގޮތުން އަޅަން ޖެހޭ ރައްކައުތެރި ކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތިކަން ފާހަގަ ކުރެވެ އެވެ.

ސެޓެލައިޓް އިމޭޖުތަކުން ފެންނަ ގޮތުގައި ހއ. ދިއްދޫ ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުން ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައިވާ މަންޒަރު ހާމަވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރާއްޖޭގެ ތިމާވެށީގެ ރައްކައުތެރި ކަމަށް ހެދިފައިވާ މުހިންމު ބައެއް ގަވައިދުތަކަށް އެތައް ބަދަލެއް ގެނެސް ތިމާވެށި ރައްކައުތެރި ކުރުމަށް ކުރިން އަމަލު ކުރަމުން އައި ހަރުދަނާ އުސޫލުތަކަށް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

އެ ގޮތުން ތަރައްގީގެ މަޝްރޫއު ތަކުގެ ސަަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ހަދަން ޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ހެދުމުގައި އަމަލު ކުރަމުން އައި ހަރުދަނާ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ބަދަލުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ތިމާވެއްޓަށް ބޮޑެތި ގެއްލުންވެދާނެ ފަދަ މަޝްރޫއުތައް އީއައިއޭ ރިޕޯޓު ހުށަވެސް ނާޅާ ފަށާފައިވާކަން ފާހަގަ ކުރެވެ އެވެ.

ރަސްމާލެފުށިދިއްގަރު ފަޅުހއ. ދިއްދޫއީއައިއޭމުއިއްޒު ސަރުކާރުއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

03 ފެބުރުއަރީ 2026
އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

02 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

01 ފެބުރުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު