Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

ޝަރީފް ވިދާޅުވީ، މި ވޯޓުގެ ސަބަބުން ހިނގަހިނގާ އޮތް ދައުރަކާ ކުޅުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، ވޯޓު ނަގަން އުޅެނީވެސް ރައްޔިތުންނަށް އޮޅުންއަރާނެ ގޮތަށް ކަމަށް. އަދި އެކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަންޖެހޭކަމަށްވެސް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 03:51
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެ ވޯޓު ދިނުމުގެ މާނައަކީ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނޫނެކޭ ބުނުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދީފައިވާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދިން ކަމެއްވެސް ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުރިހާ ރައްޔިތުންވެސް ނޫނެކޭ ބުނުމަށް އެދޭކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ އެކީގައި މި ބޭއްވޭ ފެންނަ ނުފެންނަ ވޯޓު، އެ ވޯޓުގައި ހަގީގަތުގައި އަޅުގަނޑުމެންގެ ތެރެއިން ހުރިހާ ރައްޔިތުންވެސް ނޫނެކޭ އެބަ ބުނަންޖެހޭ، ސަބަބަކީ އަޅުގަނޑުމެން މިވީހާތަނަށް ތަޖުރިބާ ކުރީ، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި އެއްވެސް ކަމެއް ނެތް، ރައްޔިތުންނަށް ކޮށްދީފައި ހުރި ލާބައެއް މަންފާއެއް އެއްވެސް ކަމެއް ނެތް
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން އިތުރަށް ދެމިގެން ނުދާނެ ގޮތަކަށް ވޯޓު ދޭން ޖެހޭކަމަށެވެ. އަދި ވިދާޅުވީ، އެ ވޯޓަށް ނޫނެކޭ ބުނުމުގެ މާނައަކީ ރައީސް މުއިއްޒުގެ ވެރިކަމަށް ނޫނެކޭ ބުނުން ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މި ވޯޓުގެ ސަބަބުން ހިނގަހިނގާ އޮތް ދައުރަކާ ކުޅުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، ވޯޓު ނަގަން އުޅެނީވެސް ރައްޔިތުންނަށް އޮޅުންއަރާނެ ގޮތަށް ކަމަށެވެ. އަދި އެކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަރީފްރެފަރަންޑަމް ބިލުމުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

14 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

12 މާރިޗު 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު