Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހާލު ކިހިނެއް

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާކަމަށް ލ. ގަމުގެ ތަޖުރިބާކާރު ދަނޑުވެރިއަކު ވަނީ ބުނެފައި. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން އޭނާ ފާހަގަކުރި ގޮތުގައި، ރައްޔިތުންނަށް އޮޅުވާލުމާއި ކޮރަޕްޝަންގެ އަމަލުތައް އިތުރުވުމުގެ ސަބަބުން ސަރުކާރަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2026 | ހޮނިހިރު 12:25
ލ. ގަމުން ވާހަކަދެއްކި ތަޖުރިބާކާރު ދަނޑުވެރިއެއް

ލ. ގަމުން ވާހަކަދެއްކި ތަޖުރިބާކާރު ދަނޑުވެރިއެއް | ރާއްޖެ އެމްވީ

 

ރާއްޖެޓީވީން ގެނެސްދޭ "ހާލުކިހިނެއް" ޕްރޮގްރާމަށް ލ. ގަމުން ވާހަކަދެއްކި ތަޖުރިބާކާރު ދަނޑުވެރިއަކު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ދަނޑުވެރިން މިއަދު ތިބީ ވަރަށް ބޮޑު މާލީ ދަތިކަމެއްގެ ތެރޭގައިކަން ހާމަކޮށްފައެވެ. ދަނޑުވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށްފައިވާ އެ ދަނޑުވެރިޔާ ބުނި ގޮތުގައި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތީގެ އަގުތައް އަތްނުފޯރާ ހިސާބަށް އުފުލުމުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ، ކުރިން 50 ރުފިޔާއަށް ލިބެން ހުރި ގެރިގުއި ބަސްތާއެއްގެ އަގު މިހާރު 115 ރުފިޔާއާއި 125 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައިވާ ކަމަށެވެ. އަދި ކުރިން 175 ރުފިޔާއަށް ގަންނަން ލިބުނު ބައެއް ސާމާނުތަކުގެ އަގު މިހާރު 900 ރުފިޔާއަށް އަރާފައިވާއިރު، 75 ރުފިޔާއަށް ލިބުނު ތަކެތީގެ އަގު މިހާރު ހުރީ 375 ރުފިޔާގައި ކަމަށް އޭނާ ފާހަގަކުރިއެވެ. މި ބަދަލުތަކުގެ ސަބަބުން ދަނޑުވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން އެ ދަނޑުވެރިޔާ ބުނީ، ރައީސް މުއިއްޒާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެގޮތުން އެއްފަހަރު ދައްކަވާ ވާހަކަފުޅެއް އަނެއް ފަހަރު ދައްކަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރުން ކުރާހާވެސް ކަމަކީ ރައްޔިތުން ވާވެއްދުން ކަމަށް އޭނާ ތުހުމަތުކުރިއެވެ. ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގެނައި މި ސަރުކާރަށް ދެން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެކޭ ރައީސް މުއިއްޒެކޭ ނެތް ހަމަ ތަފާތެއް، އެއް ފަހަރު ދައްކާ ވާހަކައެއް އަނެއް ފަހަރު ދައްކަން އެނގެނީއެއް ނޫން، ރައްޔިތުން ވާވެއްދުން ކުރާހާވެސް ކަމަކީ ހަމަ. އަޅުގަނޑު ދެން ދުވަހަކުވެސް ރައީސް ޑރ މުޙައްމަދު މުއިއްޒަކަށް ތާއީދެއް ނުކުރާނަން،   
ލ. ގަމުން ވާހަކަދެއްކި ތަޖުރިބާކާރު ދަނޑުވެރިއެއް

މީގެ އިތުރުން، ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އޭނާ ބުނީ، ވަކިން ޚާއްސަކޮށް ނިކަމެތި ރައްޔިތުން އުޅެންޖެހިފައިވަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސްވެރިންގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރަމުން އޭނާ ބުނީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށާއި، ވައްކަން ކުރާ މީހުންގެ މަގާމު ބަދަލުކޮށްލުމަށްފަހު އަނެއްކާވެސް އައު މީހަކު އެ މަގާމަށް އައްޔަންކުރުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން ނުކުރާ ކަމަށެވެ.

ލ. ގަމުގެ މި ދަނޑުވެރިޔާގެ ވާހަކަތަކުން އެނގިގެންދަނީ، ރާއްޖޭގެ ދަނޑުވެރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ކުޑަވެ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ މިންވަރެވެ. އަދި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާމެދު ރައްޔިތުން މިއަދު މާޔޫސްވެފައި ތިބި މިންވަރު މި ރައްޔިތުންގެ ވާހަކައިން ދަނީ ހާމަވަމުންނެވެ.

ރާއްޖެ ޓީވީގަންޑރ. މުޙައްމަދު މުޢިއްޒުޑޮނަލްޑް ޓްރަމްޕްމެރިކަލްޗަރކަރަޕްޝަން

އިތުރަށް ކިޔާލަން

20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
19 ޖޫން 2026

އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ

19 ޖޫން 2026
އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު