Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޙީ

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026 | އާދީއްތަ 03:55

މި ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން އިތުރުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އާދައިގެ މުވައްޒަފުންގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރަމުންދާކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި. ޔޫރަޕްގެ ފެންވަރުގެ ބޭސް ގެނައުމަށް ވީ ވައުދު ފުއްދިފައި ނުވާއިރު، ބޭސް އެތެރެކުރާ ކުންފުނިތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުންދާކަން އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2026 | އާދީއްތަ 03:55
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ރާއްޖެ އެމްވީ

މި ސަރުކާރުގެ އަސްލު މައްސަލައަކީ އިސްރާފު ބޮޑުވުމާއި ކޮރަޕްޝަނާއި ވައްކަން އިތުރުވެގެން ދިއުން ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސް އެޅިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، އެއްކޮޅުން މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަމަށް ކިޔަމުންދާއިރު، ހަގީގަތުގައި މުސާރަތައް ވަނީ އިތުރަށް ކުޑަވެފައި ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާއަކަށް ބަލާއިރުވެސް ޖުމުލަކޮށް މުވައްޒަފުންގެ މުސާރަ އިތުރަށް ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ޑޮލަރުގެ އަގުވެސް އެތައް ގުނައެއް މައްޗަށް ގޮސްފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން އެތައް ޚިދުމަތް ހޯދަން ޖެހޭއިރު، އެކަމުގެ ސަބަބުންވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ބޮންޑާ ވިދާޅުވީ، ހަގީގަތުގައި ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ މުޅި ޚަރަދު ބޮޑުވެގެންދާ ކަމަށާއި، އޭގެ އަސަރު މި ކުރަނީ އާދައިގެ މުވައްޒަފުންނަށް ކަމަށެވެ.

މި ސަރުކާރުގެ އަސްލު މައްސަލައަކީ އިސްރާފު ބޮޑުވުން، އަދި ކޮރަޕްޝަނާއި ވައްކަން އިތުރުވެގެން ދިއުމަކީވެސް މި ސަރުކާރުގެ ބޮޑު މައްސަލައެއް، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސް އެޅިގެންދޭ. ހަގީގަތުގައި ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ މުޅި ޚަރަދު ބޮޑުވެގެންދަނީ، އަދި އޭގެ އަސަރު މި ކުރަނީ އާދައިގެ މުވައްޒަފުންނަށް.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޭސްފަރުވާގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ސަރުކާރުން ވައުދުވެފައި އޮތީ ޔޫރަޕް ކޮލިޓީގެ ބޭސް ގެންނާނެކަމަށް ކަމަށާއި، އެއީ މެނިފެސްޓޯގައިވެސް ހިމެނޭކަމެއް ކަމަށެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރުވެގެންދާއިރު އެ ވިދާޅުވި ގޮތަށް ޔޫރަޕުންނާއި ދުބާއީއިން ބޭހެއް ނުގެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ބޭސް އެތެރެކުރަމުން ދިޔައީ ބަންގްލަދޭޝް ބަޔަކު މެދުވެރިކޮށް ކަމަށާއި، ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދޭތީ އެކަން އޮތީ މެދުކެނޑިފައި ކަމަށެވެ. ދެން އަނެއްކާވެސް ބޭސް ގެންނަން ފެށީ އިންޑިއާ ކުންފުންޏަކުން ކަމަށާއި، ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދީގެން އެކަންތައް ހުއްޓިއްޖެ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން ހުއްޓުވަން ޖެހޭކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމަކުރަން ޖެހޭކަމަށް ބޮންޑާ ވަނީ ފާހަގަކުރައްވާފައެވެ.

އިބްރާހިމް ރަޝީދުބޮންޑާމާފަންނު ހުޅަނގު ދާއިރާރާއްޖެ ޓީވީކަރަޕްޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް