Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

ރާއްޖޭގައި ގާނޫނުތައް ގިނަ ނަމަވެސް، އެ ގާނޫނުތައް ތަންފީޒުކުރުމުގައި މުއައްސަސާތަކާއި ވެރިން އިހުލާސްތެރި ނޫންކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަރަށް ބޮޑު. ރައްޔިތުންގެ މަޖިލީހުން ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަންފާއަށް އިސްކަންދޭއިރު، ބިދޭސީންގެ މައްސަލަ ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގައި ގާނޫނު ތަންފީޒު ނުކުރެވޭކަން ފާހަގަކުރެވޭ. އެހެންކަމުން ގައުމުގެ ހާލަތު އިސްލާހުކުރުމަށް މިއަދު ބޭނުންވަނީ އިތުރު ގާނޫނުތަކެއް ހެދުމުގެ ބަދަލުގައި، ހުރި ގާނޫނުތައް ވަކި ފަރާތަކަށް ނުޖެހި ތަންފީޒުކުރާނެ ހިތްވަރު ހުރި ވެރިން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 13:06
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. | މަޖިލިސް

ދިވެހިރާއްޖެއަކީ ނިސްބަތުން ބަލާއިރު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެންމެ ގިނަ ގާނޫނުތަކާއި ގަވާއިދުތައް ލިޔެވިފައިވާ އެއް ގައުމެވެ. ކޮންމެ ކަމަކަށް ޚާއްސަ ގާނޫނެއް، ކޮންމެ މައްސަލައަކަށް ހައްލެއް ކަރުދާހުގައި އޮވޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ނަމަވެސް މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިހާ ގިނަ ގާނޫނުތަކެއް ހުރެމެ، ގައުމުގެ ކަންކަން އިސްލާހު ނުވަނީ ކީއްވެގެންތޯ އެވެ؟ ޖަވާބަކީ ވަރަށް ސާފެވެ. މި ގައުމުގައި މަދުވަނީ ގާނޫނުތަކެއް ނޫނެވެ. މަދުވަނީ އެ ގާނޫނުތައް ނަގަހައްޓައި، ވަކި މީހަކަށް ބެލުމެއް ނެތި ތަންފީޒު ކުރާނެ އިހުލާސްތެރި ވެރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އާއި ހަގީގީ ހާލަތަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މައިގަނޑު ދެ ޒިންމާއަކީ ގާނޫނު ހެދުމާއި، ސަރުކާރުން ގާނޫނުތައް ތަންފީޒުކުރާ މިންވަރު ބަލައި ޒިންމާދާރު ކުރުވުމެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކަށްވުރެ ބޮޑަށް އިސްކަންދެނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށެވެ.

މަޖިލީހުގެ ބަހުސްތަކަށް ބަލާއިރު، ގިނަ ފަހަރަށް ފެންނަނީ ބިލްތަކުގެ ފެންވަރާއި އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި، އެއް މެންބަރަކު އަނެއް މެންބަރަކަށް ފުރައްސާރަ ކުރުމާއި ޒާތީ ވާހަކަ ދައްކަވާ މަންޒަރެވެ. ސިޔާސީ މަންފާއަކަށްޓަކައި މުޅިން ނުގުޅޭ ވާހަކަތައް ދައްކައި، ގައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާ މަންޒަރެވެ.

ރާއްޖޭގެ ގާނޫނުތަކަކީ ވިޔަފާރި އުސޫލުން ވިއްކާ އެއްޗަކަށް ވާނަމަ، އެންމެ ބޮޑު އަގު ލިބޭނެ އެކައްޗަކީ ރާއްޖޭގެ ގާނޫނު ފޮތްތައް ކަމަށް ވެސް ހުދު މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ސަބަބަކީ އެ ގާނޫނުތަކަކީ ބޭނުން ނުކޮށް އާލަތްތަކެއްގެ ގޮތުގައި ހުރި އެއްޗެހި ކަމަށްވާތީ އެވެ. ގާނޫނުތަކުގެ ބޭނުން ނުކުރެވެނީ ތަންފީޒީ މަރުހަލާގައި ތިއްބެވި ބޭފުޅުންގެ ކޮރަޕްޝަނާއި ނުފޫޒުގެ ސަބަބުންނެވެ. ގާނޫނު ހަދަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ނުވަތަ ވަކި ބަޔަކު ސަލާމަތްވާނެ ގޮތަށް ކަމަށް ވެސް މެންބަރުން ތުހުމަތު ކުރައްވަ އެވެ. 

މީގެ އިތުރުން ގާނޫނު ތަންފީޒު ކުރުމުގެ ދޯހަޅިކަން ހުރި މިންވަރު ގައުމުގެ ހުރިހާ ދިމާލަކުން ފެންނާނެ އެވެ.

އެގޮތުން ގާނޫނު ތަންފީޒު ނުވާކަމުގެ އެންމެ ސާދާ މިސާލަކީ ބިދޭސީންގެ މައްސަލަ އެވެ. ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީން ތިބުން ގާނޫނުން މަނާކޮށްފައި އޮތް ނަމަވެސް، މާލޭގެ ކޮންމެ ފިހާރައަކަށް ބަލާލި ކަމުގައިވިޔަސް ފެންނަނީ ބިދޭސީ ސޭޓުންނެވެ. ހަމައެހެންމެ، އާންމު ތަންތަނުގައި ސިނގިރޭޓް ބުއިމާއި ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފައި އޮތް ނަމަވެސް، އެކަން ކުރަނީ ހާމަކަން ބޮޑު ގޮތެއްގަ އެވެ. ނަމަވެސް މި ފަދަ މައްސަލަތަކާ ދެކޮޅަށް ނުކުންނާނެ މުއައްސަސާއެއް ވެރިއެއް ނެތެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ގައުމުގައި ހަމައެކަނި ހަރުދަނާކޮށް ތަންފީޒު ކުރެވެނީ ޓްރެފިކް ގާނޫނެވެ. ސައިކަލުގެ ލައިސެންސް އޮތްތޯ ބެލުމާއި ޖޫރިމަނާ ކުރުމުގައި ފުލުހުން ވަރަށް ހަރަކާތްތެރި އެވެ. ނަމަވެސް ގައުމުގެ އިގްތިސާދާއި، އިޖުތިމާއީ އަދާލަތާއި، ބޮޑެތި ވައްކަންތަކާ ގުޅޭ ގާނޫނުތައް ތަންފީޒު ކުރުމުގައި ފެންނަނީ ފަސްޖެހޭ މަންޒަރެވެ.

ކަންމިހެން އޮތްއިރު، ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އިތުރު ގާނޫނުތަކެއް ހެދުމުގެ ބަދަލުގައި މިއަދު ބޭނުންވަނީ ހުރި ގާނޫނުތައް ތަންފީޒު ކުރާނެ ހިތްވަރު ހުރި ވެރިންނެވެ. މުއައްސަސާތައް ބާރުވެރިކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ، އިހުލާސްތެރިކަމާއެކު ގައުމަށް ޚިދުމަތް ކުރާނެ ބޭފުޅުން މަގާމުތަކަށް އައުމެވެ. ގާނޫނަކީ ހަމައެކަނި ފޮތެއްގައި ލިޔެފައި އޮންނަ އެއްޗަކަށް ވާހާ ހިނދަކު، ގައުމަށް ލިބޭނެ ހަގީގީ ކުރިއެރުމެއް ނެތެވެ. ގައުމު ސަލާމަތް ކުރެވޭނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކޮށް، އަމާނާތްތެރިކަމާއެކު ގާނޫނު ތަންފީޒު ކުރާނެ ވެރިންތަކެއް ތިބެގެންނުންތޯ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީކަރަޕްޝަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026
 ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

17 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު