Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފެއިލްވެފައިވާ ސިއްހީ ނިޒާމު

ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!

7 ޖުލައި 2026 | އަންގާރަ 11:22

އަޙްސަނާގެ މި ވޭނީ އަޑަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތް ފަޅައިގެންދާނެ ފަދަ ހިތްދަތި އަޑެއް. ސިއްހީ ނިޒާމުގެ އިހުމާލުން މީހާ ނުކުޅެދުންތެރި ކޮށްލުމަށްފަހު، ދިރިއުޅެން ބޭނުންވާ އަސާސީ ބޭސްފަރުވާއަށް ސަލާމްޖަހަން ޖެއްސުމަކީ އިންސާނިއްޔަތުކަމުގެ ކޮން އުސޫލެއްތޯއެވެ؟ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަގުތަށް އަޙްސަނާގެ ހާލަތު ބަލައި، އޭނާއަށް ބޭނުންވާ ވެލްފެއަރ އެހީތެރިކަން ދާއިމީގޮތެއްގައި ހަމަޖައްސައިދޭންޖެހޭ. މިއަދު އަޙްސަނާ އެދެނީ ސަދަގާތަކަށް ނޫނެވެ، އޭނާ ގެ ހައްގަށެވެ!

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 11:22
"ކްރޯންސް ޑިޒީޒް"  އާ ހަނގުރާމަކުރަމުންދާ، އަދި ސިއްހީ ނިޒާމުގެ ފަރުވާކުޑަކަމުގެ ސަބަބުން މިއަދު އުމުރުދުވަހުގެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާންޖެހިފައިވާ އަޙްސަނާ ރަޝީދު

"ކްރޯންސް ޑިޒީޒް" އާ ހަނގުރާމަކުރަމުންދާ، އަދި ސިއްހީ ނިޒާމުގެ ފަރުވާކުޑަކަމުގެ ސަބަބުން މިއަދު އުމުރުދުވަހުގެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާންޖެހިފައިވާ އަޙްސަނާ ރަޝީދު | ރައީސް އޮފީސް

ހިތްދަތިކަމާއި ކަރުނައިން ފުރިގެންވާ މި އަސަރުގަދަ އިލްތިމާސްއަކީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިންނާއި ވެލްފެއަރ ނިޒާމުގެ ތެރެއިން ބޭކާރުވެ، މާޔޫސްވެފައިވާ ދިވެހި އަންހެނެއްގެ ހިތުގެ ރިހުމެވެ. މިއީ "ކްރޯންސް ޑިޒީޒް"  އާ ހަނގުރާމަކުރަމުންދާ، އަދި ސިއްހީ ނިޒާމުގެ ފަރުވާކުޑަކަމުގެ ސަބަބުން މިއަދު އުމުރުދުވަހުގެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާންޖެހިފައިވާ އަޙްސަނާ ރަޝީދުގެ އަޑެވެ.

"އަޅުގަނޑު މި ލިޔަން ޖެހުނީ ނުލިޔެ ވާން ނެތިގެންނެވެ." މިއީ ހަމައެކަނި ފޭސްބުކް ޕޯސްޓެއްގެ ފެށުމެއް ނޫނެވެ. މިއީ ސިއްހީ ނިޒާމުގެ ފަރުވާކުޑަކަމާއި، ދައުލަތުގެ ވެލްފެއަރ ނިޒާމުގެ ރަހުމެއްނެތް އުސޫލުތަކުގެ ސަބަބުން ފުރާނަ ސަލާމަތްކުރަން ތެޅިފޮޅެމުންދާ ދިވެހި ރައްޔިތެއްގެ ހިތުގެ އެންމެ ފުންމިނުން ނިކުތް މަޖުބޫރު އާހެކެވެ. ކްރޯންސް ޑިޒީޒް އާ ހަނގުރާމަކުރަމުންދާ އަޙްސަނާ ރަޝީދުގެ ހާލަތަކީ މިއަދު މުޅި ގައުމު ރޮއްވާލާފަދަ ހިތްދަތި ހާލަތެކެވެ.

އަޙްސަނާއަކީ ގޮހޮރުގެ ބޮޑު ސާޖަރީއަކަށްފަހު، "ކޮލޮސްޓޮމީ ބޭގް" ނުވަތަ ބޭރުން ގުޅާފައިވާ ކޮތަޅަކާ ނުލައި ދިރިއުޅުމުގެ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫނެވެ. މިއީ އޭނާ ގެ ދިރިއުޅުމުގެ އަސާސީ ބޭނުމެކެވެ. ނަމަވެސް، ކުރިން އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ކަވަރުކޮށްދެމުން އައި މި އެހީ، މިހާރު ވަނީ ޖެހިޖެހިގެން ދެ ބުރު މަތިން ރިޖެކްޓް ކޮށްފަ އެވެ.

"ކޮން ގޮތަކުން ބަލާފަތޯ ރިޖެކްޓް ކުރަނީ؟ ހާލަތު ހުރީ ހަމަ އެއް ގޮތަކަށް. ކުރީގަ މީ ދެބުރު މަތިން އަޅުގަނޑަށް ކަވަރ ކޮށްދިން އެއްޗެއް،" ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ސުވާލު އުފައްދަމުން އަޙްސަނާ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި އޭނާއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެތައް ބަޔަކަށް މިއަދު މިފަދަ ރަހުމެއްނެތް "ރިޖެކްޓް މެސެޖް" ތައް ދަނީ ލިބެމުންނެވެ.

ބޭސް ސިޓީއަކަށް 12 ފަހަރު: ބަލިމީހާ އިތުރަށް ބަލިކޮށްލައިފި!

އަޙްސަނާ ކިޔައިދިން ގޮތުގައި، ގަވާއިދުން އަބަދަށް ބޭނުންކުރަންޖެހޭ ފުރާނައާ ގުޅިފައިވާ ބޭސްތަކާއި އިންޖެކްޝަންތައް ހޯދުމަކީ މިއަދު ބޮޑު ވޭނެކެވެ. ޑޮކްޓަރުގެ ސިޓީއާއެކު ލީ ނަމަވެސް، އެއް ބޭސް ސިޓީއެއް 10 ނުވަތަ 12 ފަހަރު ލާންޖެހެ އެވެ.

"ބޭހާ އެއްޗެހި ލިބެއޭ ކިޔާފަ ބަލި މީހާ އިތުރަށް ބަލި ކުރާވަރު އެބަކުރޭ. ބަލީގެ ސަބަބުން ޑިޕްރެޝަން ހުރިއިރު، އިތުރަށް މީހާ ޕްރެޝަރަށް ގޮސް، މި ނޫން ހުރިހާ ކަމެއް އެބަވޭ އެހީ ހޯދަންށާ ބޭސް ބޭރުން ގެންނަން ބޭސް ސިޓީ ލުމާ ދޭތެރޭ،" ނަފްސާނީ ގޮތުން ލިބެމުންދާ އަނިޔާތައް ހިއްސާކުރަމުން އޭނާ ބުންޏެވެ.

ސިއްހީ ނިޒާމުގެ ބޮޑު އިހުމާލު: "ގޮހޮރު ގިރިފަ އޮއްވާ މިކޮޅުން ނުފެނުނު!"

އަޙްސަނާ މިއަދު އުމުރުދުވަހުގެ ނުކުޅެދުންތެރި އިންސާނަކަށް ބަދަލުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ބިރުވެރި އިހުމާލަކުންނެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކުން އަހަރު ދުވަސް ވަންދެން ހެދި ސްކޭންތަކުންނާއި، ސީޓީ ސްކޭން އަދި އެމްއާރްއައި އިން އޭނާ ގެ ގޮހޮރުގެ ބައެއް ގިރި، ހަލާކުވަމުންދިޔަކަން ހޯދިފައެއް ނުވެ އެވެ.

އެންމެ ފަހުން ކެތްނުވެގެން ބޭރަށް ގޮސް، ހަމަ އެ ސްކޭންތައް ހެދުމާއެކު، ގޮހޮރުގެ އެބައި އޮތީ ގިރިފައިކަން އެނގި، ފުރާނަ ސަލާމަތްކުރަން ވަގުތުން ސާޖަރީކޮށް ގޮހޮރުގެ އެއްބައި ނަގަން ޖެހުނެވެ. މިއީ މިއަދު އަޅުގަނޑުމެން ލަދުގަންނަންޖެހޭ ފަދަ ބޮޑު އިހުމާލެކެވެ.

"މިކަމާ ގުޅިގެން އެތައް އެހެން ކޮމްޕްލިކޭޝަނެއް ދިމާވި. މިކަމުގައި، މިހާލަތުގައި އުޅެން ޖެހުމުން ޒިންމާ ނަގާނީ ކާކު ތޯ؟ ނުވަތަ ކޮންބައެއްގެ އިހުމާލެއް ތޯ މިއީ؟ އަދިވެސް ގަނަތެޅެން ޖެހެނީ އަޅުގަނޑު. އުމުރު ދުވަހު ނުކުޅެދޭ ފަރާތަކަށް ވެސް ވެއްޖެ،" އިންސާފަށް އެދި ރޮމުން އަޙްސަނާ ސުވާލުކުރެ އެވެ.

ރައީސްއާ ބައްދަލުވި، ނަމަވެސް ހައްލެއް ނުލިބުނު!

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމަށްވެސް އަޙްސަނާ ދިޔަ އެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުންނާއި، ލިބުނު ވަގުތުކޮޅު މަދުކަމުން ދެއްކުނީ ވާހަކައިގެ އެއްބަ އެވެ. މާލީ ތަނަވަސްކަމެއް ނެތް އަޙްސަނާ އަކީ ބަލީގެ ސަބަބުން ގަވާއިދުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހެކެވެ. މިއީ އަމިއްލަ ޖީބުން ކުރެވޭނެ ޚަރަދުތަކެއް ނޫނެވެ.

"ބެސިކް ނެސެސިޓީ (އަސާސީ ބޭނުންތަކަށް) އަށް އަޅުގަނޑަށް އޮތީ ސަލާމް ޖެހުންތޯ؟" މިއީ އަޙްސަނާ މުޅި ދައުލަތާއި، ރައީސުލްޖުމްހޫރިއްޔާއާއި، ސިއްހީ ވުޒާރާއަށް ކުރާ ހިތްދަތި ސުވާލެކެވެ.

އަޙްސަނާގެ މި ވޭނީ އަޑަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތް ކަނޑައިގެންދާނެ ފަދަ ހިތްދަތި އަޑެކެވެ. ސިއްހީ ނިޒާމުގެ އިހުމާލުން މީހާ ނުކުޅެދުންތެރި ކޮށްލުމަށްފަހު، ދިރިއުޅެން ބޭނުންވާ އަސާސީ ބޭސްފަރުވާއަށް ސަލާމްޖަހަން ޖެއްސުމަކީ އިންސާނިއްޔަތުކަމުގެ ކޮން އުސޫލެއްތޯ އެވެ؟ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަގުތަށް އަޙްސަނާގެ ހާލަތު ބަލައި، އޭނާއަށް ބޭނުންވާ ވެލްފެއަރ އެހީތެރިކަން ދާއިމީގޮތެއްގައި ހަމަޖައްސައިދޭންޖެހެ އެވެ. މިއަދު އަޙްސަނާ އެދެނީ ސަދަގާތަކަށް ނޫނެވެ، އޭނާ ގެ ހައްގަށެވެ!

އަޙްސަނާ ރަޝީދުކްރޯންސް ޑިޒީޒްއާސަންދަބޭސް ނުލިބުންސިއްހީ ޚިދުމަތް

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
06 މެއި 2026

ކުރިން ބޭސް ނުލިބިގެން އުޅުނީ ރައްޔިތުންނަށް، މިހާރު ބޭސް ނުލިބެނީ ސަރުކާރަށް

06 މެއި 2026
ކުރިން ބޭސް ނުލިބިގެން އުޅުނީ ރައްޔިތުންނަށް، މިހާރު ބޭސް ނުލިބެނީ ސަރުކާރަށް
08 ޖެނުއަރީ 2026

2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް

08 ޖެނުއަރީ 2026
2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް
07 ޖެނުއަރީ 2026

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

07 ޖެނުއަރީ 2026
ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި
06 ޖެނުއަރީ 2026

ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވޭ: އޮޑިޓް

06 ޖެނުއަރީ 2026
ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވޭ: އޮޑިޓް
31 ޑިސެމްބަރު 2025

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ
26 ޑިސެމްބަރު 2025

މިއަދުގެ ހާލަތަކީ އަސާސީ ބޭސް ހޯދަން ބޭނުންވާ މީހާ ވެސް މެންބަރު ކައިރިއަށް ގޮސް ސަލާން ޖަހަން ޖެހުން: މާރިޔާ

26 ޑިސެމްބަރު 2025
މިއަދުގެ ހާލަތަކީ އަސާސީ ބޭސް ހޯދަން ބޭނުންވާ މީހާ ވެސް މެންބަރު ކައިރިއަށް ގޮސް ސަލާން ޖަހަން ޖެހުން: މާރިޔާ
22 ޑިސެމްބަރު 2025

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް
07 ޑިސެމްބަރު 2025

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް
04 ޑިސެމްބަރު 2025

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް