Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސް ނުލިބުން

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026 | އާދީއްތަ 11:30

ރާއްޖޭގައި ބޭހުގެ އަގު ބޮޑުކޮށް، ނާޖާއިޒު ފައިދާ ނަގަމުންދާ "ބޭސް މާފިއާ" ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ. މި މައްސަލަ ހައްލުކުރުމަށް "ސްޓޭޓް ފާމާ" ކުންފުނި އުފައްދައި، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި. ނަމަވެސް މީގެ ކުރިން ވެސް މި މައްސަލަ ހައްލުކުރުމަށް އެކި ތާރީޚުތައް ދެއްވާފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖުލައި 2026 | އާދީއްތަ 11:30
އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި، މިއަދާ ހަމައަށް އެކަން ދޮގު ކުރެއްވުމަށްފަހު އެންމެ ފަހުން ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި، މިއަދާ ހަމައަށް އެކަން ދޮގު ކުރެއްވުމަށްފަހު އެންމެ ފަހުން ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި | ރާއްޖެއެމްވީ

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.  

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ކަޑައްތު ކުރަމުން ދަނީ ބޭސް ލިބުމުގައި ދަތި ދުވަސްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ބޭހުގެ މާފިއާ އެއް ކަމަށެވެ. އަދި ބޭހުގެ ދަތިކަން އައީ، ބޭހުގެ މާފިއާ ސަރުކާރުން ހުއްޓުވުމުގެ ސަބަބުން ބޭސް އެތެރެ ކުރާ ފަރާތްތަކުން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރަމުން ދިޔަ ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެމްއާރުޕީ ތަންފީޒުކުރީ، މެކްސިމަމް ރީޓެއިލް ޕްރައިސްއެއް ކަނޑައެޅީ، އެނގިލައްވާތޯ އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ގޮތުގައި ނޫނީއާ މި އާސަންދައިގެ ތެރެއިން މާފުކުރައްވާ އާސަންދައިގެ ތެރެއިން ބޭހުގެ ބައެއް ބާވަތްތަކަށް 2000 ޕަސަންޓަށް ވުރެ ބޮޑު ޕްރޮފިޓްއެއް ބައެއް ބޭސްތަކުން އަމިއްލަ ފަރާތްތަކުން ނަގަމުން ދިޔައީ
ރައީސް މުއިއްޒު

ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސްޓޭޓް ފަރމާގެ ނަމުގައި ކުންފުންޏެއް އުފައްދައި މިހާރު ދަނީ ފަހަރަކު މަރުހަލާއެއް ނިމި ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ދަނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް ބޭހުގެ މައްސަލަ ހައްލު ކުރުމަށް އެކި ޑެޑްލައިންތައް ދެއްވާފައިވެ އެވެ. 

އެގޮތުން 2024 ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބޭހުގެ މާފިއާ ކޮންޓްރޯލްކޮށް ބޭހުގެ ދަތިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން 24 ފެބްރުއަރީ 2025 ގައި އަސާސީ ހުރިހާ ބޭހެއް އެ އަހަރުގެ މާޗް 15 އާއި ހަމައަށް ދާއިރު ގެންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ރައީސް ދެއްވި ޑެޑްލައިން ހަމަވިއިރު ވެސް ބޭހުގެ ދަތިކަމަށް ހައްލެއް ހޯދައިދެއްވާފަ އެއް ނުވެ އެވެ.

މިހުރިހާ ޑެޑްލައިންތަކެއް ދެއްވުމަށްފަހު އަނެއްކާ ވެސް 2026 ވަނަ އަހަރު މެއި 24 ގައި "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރިއަށް އޮތް 2 މަސް ތެރޭގައި ބޭސް ނުލިބުމުގެ މައްސަލައަށް ހައްލެ ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމިނިވަން ދުވަސްބޭސް ނުލިބުންސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް

އިތުރަށް ކިޔާލަން

26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް