Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!

21 އޯގަސްޓު 2026 | ހުކުރު 14:20

ސިއްހީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައެޅި ނަމަވެސް، އަމަލީ ގޮތުން އެކަށީގެންވާ ޚަރަދުތަކެއް ނުކުރުމުގެ ސަބަބުން ރަށްރަށުގެ ސިއްހީ މަޝްރޫއުތައް ވަނީ ހުއްޓިފައި. މީގެ އިތުރުން، ރާއްޖެއިން އަސާސީ ބޭސް ހުސްވެ، ބޭސްފަރުވާގެ ނިޒާމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވަނީ ވެއްޓިފައި. އެހެންކަމުން، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އޯގަސްޓު 2026 | ހުކުރު 14:20
އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި

އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު މިއަދު ވެއްޓިފައިވާ ނުރައްކާތެރި އަދި ނިކަމެތި ހާލަތަކީ، ސަރުކާރުން ކަރުދާހުގައި ދައްކާ ބޮޑެތި އަދަދުތަކާއި އަމަލީ މައިދާނުން ފެންނަ ހަގީގަތާ ދެމެދު އޮތް ބޮޑު ފަރަގު ރަނގަޅަށް ހާމަކޮށްދޭ ކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދޭނެ ދާއިރާ ކަމަށް ވިދާޅުވެ ރައްޔިތުން ގުނބޯ ހައްދަން ކިތަންމެ މަސައްކަތެއް ވެސް ކުރެވިދާނެ އެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމާއި، ކޮންމެ ރަށަކުން ފެންވަރު ރަނގަޅު ސީއްހީ ޚިދުމަތް ލިބޭނެ ކަމަށް ވައުދުވުމާއެކު ޔޫރަޕުން ބޭސް ގެނަަސްދޭނެ ކަމުގެ ހުވަފެންތައް ރައްޔިތުންނަށް ދައްކަމުން ދިޔަ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު މުޅީން ގެއްލިއްޖެ އެވެ. ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ މީހުން އަދިވެސް ހަމަ ދަނީ އެވެ. ރަށްރަށުގައި ސިއްހީ މަރުކަޒުތައް ހުރި ނަމަވެސް ޕެނަޑޯލްގުޅައެއްހާ މިންވަރު ވެސް ނުލިބެ އެވެ. ޔޫރަޕުން ގެންނާނެ ކަމަށް ބުނި ބޭސް ކެއި ދިވެހި ރައްޔިތަކު އަދި ނެތެވެ. 

2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ފާސްކުރީ ރިކޯޑު ބަޖެޓެކެވެ. މި ރިކޯޑު ބަޖެޓުގައި ސަރުކާރުން ސިއްހީ ދާއިރާއަށް އެކަނި 8.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ބުނެ ބޮޑެތި މީޑީާ ކެމްޕޭންތަކާއި އިއުލާންތައް ކުރި އެވެ. އޭރު ހީވީ ދެންމެ ދެންމެ މުޅި ސިއްހީ ދާއިރާ އަށް ބަހާރު މޫސުން އައީ ހެންނެވެ. ހުރިހާ މައްސަލައެއް ހައްލުވީ އޭ ވެސް އޭރު ހިތަށް އެރި އެވެ. 

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި ޚަރަދުކުރުމަށް ބަލާއިރު ސިއްހީ ދާއިރާ އޮތީ އެންމެ ފުލުގަ އެވެ. ދައުލަތުގެ ޖުމްލަ ޚަރަދު 24.5 ބިލިއަން ރުފިޔާއިން މައްޗަށް އަރައި، ބަޖެޓުގެ ދަރަނި ބޮޑުވަމުންދާއިރު, ސިޔާސީ އެކި ބޭނުންތަކަށް ފައިސާ އޮއްސަމުންދާއިރު ރައްޔިތުންގެ ފުރާނައާ ސީދާ ގުޅިފައިވާ އަސާސީ ސިއްހީ ޚިދުމަތްތަކަށާއި ހޮސްޕިޓަލްތަކަށް ކުރާ ޚަރަދު އޮތީ މުޅިންހެން ހުއްޓިފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ކެޕިޓަލް ބަޖެޓުން ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޮޑެތި އަދަދުތައް ކަނޑައަޅާފައި އޮތް ނަމަވެސް، އޭގެ އަމަލީ މަސައްކަތް ހިނގާފައިވާ ގޮތް ނަންބަރުތަކުން އޮތީ ފެންނާށެވެ.

އަހަރު ނިމެން ބާކީ އޮތީ 4 މަހެވެ. 8.8 ބިލިއަން ރުފިޔާ ސިއްހީ ދާއިރާ އަށް ކަނޑައަޅާ މީޑިއާ ހެޑްލައިންތައް ހެދި އިރު ސިއްހީ އަދި އުމްރާނީ ތަރައްގީ އަށް ކަނޑައެޅި ކެޕިޓަލް ބަޖެޓުން މިހާތަނަށް ޚަރަދު ކޮށްފައި ވަނީ އެންމެ 232 މިލިއަން ރުފިޔާ އެވެ. މިއިން ސާބިތުވަނީ ބަޖެޓު ފޮތުގައި ބޮޑެތި އަދަދުތައް ލިޔެގެން ދައްކަނީ ހަމައެކަނި ރައްޔިތުންގެ ލޮލުގައި އަޅުވާލާ އަނދުނެއް ކަމެވެ.

މިއަދުވެސް އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ބަލިމީހަކަށް އެކަށީގެންވާ އެނދެއް ނުވަތަ އެމަރޖެންސީ ފަރުވާދޭނެ ރަނގަޅު ނިޒާމެއް ނެތްއިރު، ޕީއެސްއައިޕީ ފައިސާ ދޫނުކުރުމުގެ ސަބަބުން އެ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް، މިއަދު ދިވެހި ރައްޔިތުން ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ހަގީގަތަކީ ރާއްޖެ އިން އަސާސީ ބޭސްތައް ހުސްވެ، ރައްޔިތުން ބޭސް ސިޓީ ހިފައިގެން ފާމަސީ އިން ފާމަސީ އަށް ދުވަންޖެހުމެވެ. އާންމު ބަލިތަކަށް ބޭނުންވާ ބޭސްތަކާއި، ހަކުރުބަލި، ޕްރެޝަރު އަދި ނަފްސާނީ ބަލިތަކަށް ބޭނުންވާ މުހިންމު ބޭސްތައް އެސްޓީއޯ ފާމަސީތަކުންނާއި އާންމު ފާމަސީތަކުން ލިބެން ނެތުމުން، ކޮންމެ ދުވަހަކު އާންމު ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު, ބައިނަލްއަގްވާމީ މައިދާނުންނާއި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުން ވެސް ވަނީ ދިވެހިރާއްޖޭ ގައި އަސާސީ ބޭސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކޮށްފަ އެވެ.

ސަރުކާރުން ބޭހުގެ މައްސަލަ ހައްލުކުރުމަށް ކުންފުނިތައް އުފައްދައި, "މެޑިކަލް މެފިއާ" ގެ ވާހަކަ ދެއްކި ނަމަވެސް, ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބި، އާންމު ރައްޔިތުންގެ އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކޮށްގެން ނޫނީ ބޭސް ނުލިބޭ ހާލަތަކަށް ކަންކަން ވަނީ ގޮސްފަ އެވެ. 2026 ވަނަ އަހަރުގެ ބަޖެޓަކީ ކަރުދާހުގައި ހިތްގައިމު އަދަދުތަކެއް ލިޔެވިފައިވާ އެއްޗެއް ކަމުގައިވީ ނަމަވެސް، އަމަލީ ގޮތުން ބަލާއިރު ސިއްހީ ދާއިރާގެ ލައިފްލައިން ވަނީ ފެލެޓް ވެފަ އެވެ. މުޅި ނިޒާމު ފެއިލްވެ، ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖެހި، ރައްޔިތުންނަށް ބޭސްފަރުވާގެ އަސާސީ ޚިދުމަތްތައް ވެސް ނުދެވި، ސަރުކާރުން މިވަނީ މުޅި ސިއްހީ ނިޒާމު ވަޅުލާފަ އެވެ. 

ޞިއްޙީ ނިޒާމުބޭސް ނުލިބުންމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!

21 އޯގަސްޓު 2026
މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
18 އޯގަސްޓު 2026

ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި

18 އޯގަސްޓު 2026
ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

18 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

17 އޯގަސްޓު 2026
ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް