Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން-އިންޑިއާ

ޕާކިސްތާނުގެ ފެން ކޯރުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި

ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، އިންޑިއާއިން ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ "އިންޑަސް ވޯޓާ ޓްރީޓީ" އަށް އަމަލުކުރުން މެދުކަނޑާލައި، ޕާކިސްތާނަށް ފެން ދޫކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައި. މި ނިންމުމާ ގުޅިގެން ޕާކިސްތާނުން ބުނަމުންދަނީ އިންޑިއާއިން ފެން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ގައުމީ ސަލާމަތަށް ނުރައްކާކުރާ ނަމަ، އަސްކަރީ ފިޔަވަޅު އަޅައި ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމަށް.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 15:32
އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ، އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ބަންޑިޕޯރާގެ ގުރޭޒް ވާދީގައި، ކޯރު ކައިރީގައި ބަޔަކު އިށީނދެގެން

އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ، އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ބަންޑިޕޯރާގެ ގުރޭޒް ވާދީގައި، ކޯރު ކައިރީގައި ބަޔަކު އިށީނދެގެން | ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ފެން ކޯރުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި އެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ކޯރުތަކާ ބެހޭ މުހިންމު މުއާހަދާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ފެނުގެ ރައްކާތެރިކަމަށް ނުރައްކާވާ ކަމަށް އިހުސާސް ކުރެވޭ ނަމަ އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހިދާނެ ކަމަށެވެ.

ކަޝްމީރުގައި އާންމުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެން، ދެ ގައުމުން ހިއްސާކުރާ ކޯރުތައް ބޭނުންކުރާނެ ގޮތް ބަޔާންކުރާ 66 އަހަރުވީ "އިންޑަސް ވޯޓާ ޓްރީޓީ" އަށް އަމަލުކުރުން މެދުކަނޑާލާފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޕާކިސްތާނުން ބުނަމުންދާއިރު، އިންޑިއާއިން ބުނަމުންދަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުން ހުއްޓުވުމުން ނޫނީ އެ މުއާހަދާއަށް އަމަލު ނުކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު އާސިފް ޚަވާޖާ ވިދާޅުވީ، ކޯރުތަކުން ފެން ދައުރުވާ މިންވަރަށް ހުރަސް އެޅުމަށް އިންޑިއާއިން "ކަންބޮޑުވާ ފަދަ ބާރުމިނެއްގައި" މަސައްކަތް ކުރާ ކަމުގެ ހަރުދަނާ ހެކި ލިބިއްޖެ ނަމަ، އަސްކަރީ ފިޔަވަޅު އެޅުމަށް ގައުމުން ފަސް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިހުސާސް ކުރެވޭ ހިނދު، އަދި ފެނަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތުގެ މުހިންމު ބައެއް ކަމަށްވާތީ، އިންޑިއާއާ ދެކޮޅަށް ހަނގުރާމައަށް ދާނަން،" އޭރީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޚަވާޖާ ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ މޭ މަހު ހަތަރު ދުވަހުގެ މުއްދަތަށް ހިނގި ކުރު ކުރިމަތިލުމަށްފަހު، އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ޚާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިންޑިއާގެ ވޯޓާ ރިސޯސަސް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވީ، ޕާކިސްތާނަށް "ފެން ތިއްކެއްވެސް" ދޫނުކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސަރުކާރަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އިންޑަސް ވޯޓާ ޓްރީޓީއާ ބެހޭގޮތުން ސީ.އާރު ޕަޓޭލް މިދިޔަ ހަފުތާގައި ވިދާޅުވީ، އެ މުއާހަދާ އަދިވެސް އެބައޮތް ކަމަށާއި، ނަމަވެސް އެއަށް އަމަލުކުރުން މިވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށެވެ.

މި މަހުގެ ކުރީކޮޅު އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް ޕާކިސްތާނުން މުޅިން ހުއްޓާލަންދެން އެ މުއާހަދާ އޮންނާނީ މެދުކަނޑާލާފައި ކަމަށެވެ. މި މުއާހަދާއަކީ އިންޑަސް ކޯރުގެ ސަރަހައްދުގައިވާ ހަ ކޯރެއް ބޭނުންކުރުން ކޮންޓްރޯލް ކުރާ އެއްބަސްވުމެކެވެ. މި ކޯރުތައް އުފެދެނީ އިންޑިއާގައި ކަމަށް ވިޔަސް، މީގެ ތެރެއިން ގިނަ ކޯރުތައް ދައުރުވަނީ ޕާކިސްތާނުގެ ތެރެއިންނެވެ. ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ހުޅަނގު ފަރާތުގެ ތިން ކޯރު ކަމަށްވާ އިންޑަސް، ޖޭލަމް އަދި ޗެނާބް ކޯރުގެ ފެން ޕާކިސްތާނަށް ލިބޭއިރު، އިރުމަތީ ފަރާތުގެ ތިން ކޯރު ކަމަށްވާ ރާވީ، ބިއާސް އަދި ސަތުލޭޖް ކޯރުގެ ފެން ކޮންޓްރޯލް ކުރަނީ އިންޑިއާއިންނެވެ.

އިންޑަސް ކޯރުގެ ސަރަހައްދުން ލިބޭ ފެނަކީ ޕާކިސްތާނަށް ވަރަށް މުހިންމު އެއްޗެކެވެ. އެއީ ދަނޑުވެރިކަމަށާއި، ބޯފެނުގެ ގޮތުގައާއި، ފެނުން ކަރަންޓު އުފެއްދުމަށް އެތައް މިލިއަން ބަޔަކު ބަރާސާވާ ވަސީލަތެކެވެ. ޕާކިސްތާނުގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ދަނޑުވެރިކަމުގެ ދާއިރާ މުޅިން ކަހަލަ ގޮތަކަށް ބަރާސާވަނީ މި ކޯރުތަކުން އަންނަ ފެނަށެވެ. މި މުއާހަދާގެ ދަށުން އިންޑިއާއިން އަހަރަކު ގާތްގަނޑަކަށް 43 މިލިއަން އޭކަރ-ފީޓްގެ ފެން ޕާކިސްތާނަށް ދޫކުރަން ޖެހެ އެވެ. މިއީ ޕާކިސްތާނަށް ބޭނުންވާ ފެނުގެ ވަސީލަތްތަކުގެ 80 އިންސައްތަ އެވެ. މި އެއްބަސްވުމުގެ ދަށުން ހުޅަނގު ކޯރުތަކުން ކަރަންޓު އުފެއްދުން ފަދަ ކަންކަމަށް އިންޑިއާއަށް މަދު ހައްގުތަކެއް ލިބިދީފައިވީ ނަމަވެސް، ކޯރުގެ ފެން ދައުރުވާ މިންވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޕާކިސްތާނަށް ފެން ލިބުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ކުރުން އިންޑިއާއަށް މަނާކުރެ އެވެ.

ޕާކިސްތާނުން މި މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ވެސް ހުށަހަޅާފައިވާއިރު، އެ ގައުމުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން ދަނީ ފެނުގެ ބާރުވެރިކަން ހޯދުމަށްޓަކައި ކޯރުތަކުގައި މަދުވެގެން 17 މަޝްރޫއެއް ހިންގަމުންނެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާގު ދާރު ވަނީ އިންޑިއާއިން އިންޑަސް ވޯޓާ ޓްރީޓީއާ ކަނޑައެޅިގެން ޚިލާފުވަމުންދާ މައްސަލަ ސަމާލުކަމަށް ގެނައުމަށް އދ. އަށް ގޮވާލައްވާފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސިޔާސީ މުޝީރު ރާނާ ސަނާއުﷲ މިދިޔަ ބުރާސްފަތި ދުވަހު ސެނެޓުގައި ވިދާޅުވީ، އިންޑިއާގެ މި މަޝްރޫއުތައް ނިމުމުން، ޗެނާބް ކޯރުން ދައުރުވާ ފެން 60 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ހުއްޓުވުމުގެ ގާބިލުކަން އިންޑިއާއަށް ލިބޭނެ ކަމަށެވެ.

"އިންޑިއާއިން ބޭނުންވަނީ ފެނަކީ ޕާކިސްތާނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރަކަށް ހަދަން. އަޅުގަނޑުމެންގެ ދަނޑުތަކަށް ފެން ބޭނުންވާ ކޮންމެ ފަހަރަކު ފެން ހުއްޓުވާނެ، އަދި ފެން ބޭނުން ނުވާ ވަގުތުތަކުގައި ކުއްލިއަކަށް ފެން ދޫކޮށްލައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ދީފާނެ،" އޭނާ ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫ.އެން.އެޗް.އާރު.ސީ) ގައި ޕާކިސްތާނަށް ފާޑުކިޔައި، އިންޑަސް ވޯޓާ ޓްރީޓީއަކީ މިހާރުގެ ހާލަތާ ނުގުޅޭ ބާވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެފަ އެވެ.

ޔޫ.އެން.އެޗް.އާރު.ސީ ގެ 62 ވަނަ ސެޝަނުގައި ވާހަކަ ދައްކަވަމުން، އދ. އަށް ކަނޑައަޅާފައި ހުންނަ އިންޑިއާގެ މިޝަންގެ ފަސްޓް ސެކްރެޓަރީ އަނޫޕަމާ ސިންގް ވަނީ ޕާކިސްތާނުން ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ބައިނަލްއަގުވާމީ މައިދާނަށް ގެންދިއުމަށް އިސްލާމްއާބާދުން ކުރާ މަސައްކަތްތަކަށް އޭނާ ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑަސް ވޯޓާ ޓްރީޓީއާ މެދު އިންޑިއާގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. އަދި ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައި ޓެރަރިޒަމް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ގައުމަކުން، އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއްގެ ފައިދާ ހޯދަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުތަކުގެ ތަފްސީލަށް ނުގޮސް، އިންޑިއާއިން ފެބްރުއަރީ މަހުގެ ކުރީކޮޅު ބުނެފައިވަނީ އެ ގައުމުގެ އެތެރޭގައި ހިންގާ ކޮންމެ ތަރައްގީގެ މަޝްރޫއަކީ އަމިއްލަ ނިންމުންތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށެވެ.

ޕާކިސްތާން-އިންޑިއާއިންޑަސް ވޯޓާ ޓްރީޓީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި

ޕާކިސްތާންގެ ސަރުކާރުން ބުނެފައި ވަނީ، އެ ނިންމުން ނިންމީ ބްންގްލަދޭޝް ކްރިކެޓު ބޯޑާއި، ސްރީ ލަންކާ އާއި، އެކުވެރި ޢަރަބި އިމާރާތް އަދި އެހެނިހެން ޤައުމު ތަކުގެ އެދުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް. މީގެ އިތުރުން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވެސް ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރަށް ގުޅުއްވައި، އެ ޤައުމުގެ ނިންމުން ބަދަލު ކުރެއްވުމަށް އެެދިވަޑައިގެންފައި.

11 ފެބުރުއަރީ 2026
ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި
01 ފެބުރުއަރީ 2026

ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގައި ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 92 ހަނގުރާމަވެރިންނާއި 15 ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނާއި 18 އާންމުން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވޭ. ބަލޮޗިސްތާން ލިބަރޭޝަން އާމީން ތުހުމަތުކުރަނީ އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެތަނުގެ ރައްޔިތުންނަށް ނުލިބޭ ގޮތަށް މަރުކަޒީ ސަރުކާރުން ބޭނުން ކުރާ ކަމަށް.

01 ފެބުރުއަރީ 2026
ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

އަންގާރަ ދުވަހު މެންދުރު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ ގައި މަދުވެގެން 12 މީހުން ވަނީ މަރުވެފައި.

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު